31 މެއި

May 31, 2017 6
ލަންކާގައި ހާލުގައިޖެހުނު މީހުންނަށް ރާއްޖޭން އެހީ ދީފި

ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖެއިން ދޭ ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނަޔަކައާ މިއަދު ހަވާލުކޮށްފި އެވެ.

30 މެއި

May 30, 2017 10
ފައިސާގެ އެހީ ދެއްވުމަށް މިނިސްޓަރު އާސިމް ލަންކާއަށް

ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖޭގެ ފަރާތުން ފައިސާގެ އެހީއެއް ދެއްވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން ޚާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރުު ޑރ. މުހައްމަދު އާސިމް މިއަދު ލަންކާ އަށް ވަޑައިގެންފި އެވެ.

24 މެއި

May 24, 2017 24
ޔޫރަޕުން ވިސާ ހޯދުމުގައި ލުއި ގޮތެއް ހޯދަނީ

އީޔޫގެ ގައުމުތަކަށް އެކްސްޕޯޓް އިތުރު ކުރުމަށާއި ވިޔަފާރިވެރިންނަށް ހުރި ފަހި ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި

23 މެއި

May 23, 2017 18
ރާއްޖެ އާއި އީޔޫއާ ދެމެދު މަޝްވަރާތައް ފަށައިފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުގެ ސަފީރުން ހިމެނޭ ވަފުދާއެކު، ދިވެހި ސަރުކާރުގެ އިސްވެރިން ބާއްވާ ތިންވަނަ މަޝްވަރާ ބައްދަލުވުން މިއަދު ފަށައިފި އެވެ.

13 މެއި

May 13, 2017 38
ބޮބަށް ތާއީދުކޮށް ފޮރިން މިނިސްޓްރީން ޓްވީޓްކޮށްފި!

މޯލްޑިވިއަން އައިޑޮލްގެ ގަދަ ތިން ބައިވެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ތަސްނީމް (ބޮބް) އަށް ތާއީދުކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ޓްވީޓެއްކޮށްފި އެވެ.

25 އެޕްރީލް

April 25, 2017 5
މިނިސްޓަރު އާސިމް، ނަވާޒް ޝަރީފާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފާ މިއަދު ބައްދަލުކުރައްވައިފި އެވެ.

17 އެޕްރީލް

April 17, 2017 15
ސަފީރުންނާއެކު އިންވެސްޓްމަންޓްތަކާ ގުޅޭ މަޝްވަރާ ކުރަނީ

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށާއި އިންވެސްޓްމަންޓްތައް ގެނެވޭނެ ގޮތްތަކާ ގުޅޭ ގޮތުން، ބޭރުގެ ގައުމުތަކަށް އައްޔަންކޮށްފައިވާ ދިވެހި ސަފީރުންނާއެކު މަޝްވަރާ ކުރުމަށް ފޮރިން މިނިސްޓްރީން ނިންމައިފި އެވެ.

12 އެޕްރީލް

April 12, 2017 12
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންފި

ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައި އޮތް ދަނޑިވަޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ.ސުބްރަމަންޔަމް ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

28 މާޗް

March 28, 2017 31
ވޯޓުގެ ކަންކަން ދިޔައީ އިންސާފުވެރިކަމާ އެކު: ސަރުކާރު

ރަައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވޯޓުގެ ކަންކަން ދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

19 މާޗް

March 19, 2017 74
ރަސްގެފާނުގެ ޗުއްޓީ އަށް ގެނައި އެއްޗެހި ގެންދަނީ!

އެއް ދުވަހުގެ ރަސްމީ ދަތުރުފުޅާ އެކު ފަސް ދުވަހުގެ ޗުއްޓީ އަކަށް ރާއްޖެ ވަޑައިގަތުމަށް ނިންމެވި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަތުރުފުޅަށް ރާއްޖެ އަށް ގެނައި ގިނަ އަދަދެއްގެ ސާމާނު އަނބުރާ ސައޫދީ އަރަބިއްޔާ އަށް ގެންދަން ފަށައިފި އެވެ.

22 ފެބުރުއަރީ

February 22, 2017 8
ތިން އެމްބަސީއަކުން ގަވާއިދާ ޚިލާފަށް ފައިސާ ހޭދަކުރި

އެކި ގައުމުތަކުގައި ހުންނަ ރާއްޖޭގެ ތިން އެމްބަސީއަކުން މާލިއްޔަތު ގަވާއިދާ ޚިލާފަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

14 ފެބުރުއަރީ

February 14, 2017 13
ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް

ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަކީ ސިޔާސީ މަގާމެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.

07 ފެބުރުއަރީ

February 07, 2017 25
ހީނާ ވަލީދު ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމަކަށް

ޓީވީއެމްގައި 17 އަހަރު ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު މިދިޔަ ބުރާސްފަތިދުވަހު އެ ތަނުން އިސްތިއުފާދެއްވި ހީނާ ވަލީދު ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަންކުރައްވައިފި އެވެ.

06 ފެބުރުއަރީ

February 06, 2017 2
ރާއްޖެ-ލަންކާ ކޮމިޝަން ބައްދަލުވުން މި ހަފުތާގައި

ރާއްޖެ އާއި ސްރީލަންކާއިން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ ތިން ވަނަ ބައްދަލުވުން މި ހަފުތާގެ ތެރޭގައި ރާއްޖޭގައި ބާއްވަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

03 ފެބުރުއަރީ

February 03, 2017 3
ފިނޭންސާއި ފޮރިން އަށް ޕީއެސް އިން ހޯދަނީ

ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

19 ޖެނުއަރީ

January 19, 2017 7
ރޮހިންޔާ މުސްލިމުންގެ ހައްގުގައި އުއްމަތް ތެދުވާންޖެެހޭ

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް މުސްލިމު އުއްމަތް ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެ އިން މިއަދު ގޮވާލައިފި އެވެ.

January 19, 2017 63
ބައެއް މީހުން ދެކެނީ ޖޯންއަށް ބަޔަކު ލަނޑުދިނީ ކަމަށް

ޕާސްޕޯޓު ނެތި ހުޅުމާލޭގައި ދިރިއުޅޭތީ އަދަބު ލިބޭނެ ކަން، އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖޯން ސޭފާޓް އަށް މާ ކުރިން ވެސް އެނގެ އެވެ. އެހެންވެ އެހީއަށް އެދި މުއައްސަސާތަކަށް ވެސް...

05 ޖެނުއަރީ

January 05, 2017 1
ފޮރިން މިނިސްޓަރު އާސިމް ފުރަތަމަ ފަހަރަށް ޗައިނާ އަށް

ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ޗައިނާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި އިއްޔެ އެ ގައުމަށް ވަޑައިގެންފި އެވެ.

20 ޑިސެމްބަރ

December 20, 2016 9
ރަޝިޔާ ސަފީރު އަވަހާރަކޮށްލުން ރާއްޖޭން ކުށްވެރިކޮށްފި

ރަޝިޔާ އިން ތުރުކީ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަންދުރޭ ކަރްލޯފް ހަށިކޮޅަށް އެ ގައުމުގެ ފުލުހަކު ބަޑި ޖަހާ އަވަހާރަކޮށްލުމާ ގުޅިގެން އެކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

24 ނޮވެމްބަރ

November 24, 2016 6
ލަންކާގައި ދެ ދިވެހިން މަރުވިކަން އަދިވެސް ޔަގީން ނުވޭ

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ފިރިހެނަކާއި އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު އެކްސިޑެންޓުވެގެން މަރުވެފައިވާ ކަމަށް ބުނިތާ ދެ ހަފުތާ ވާން ގާތްވި އިރު ވެސް އެއީ ހިނގި ކަމެއްކަން ކަމާ ބެހޭ ރަސްމީ އިދާރާތަކަށް ކަށަވަރެއް ނުވެ އެވެ.

17 ނޮވެމްބަރ

November 17, 2016 22
ލަންކާގައި ދެ ދިވެހިން މަރުވިތޯ ސުވާލު އުފެދިއްޖެ

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ފިރިހެނަކާ އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު މިދިޔަ އާދިއްތަ ދުވަހު އެކްސިޑެންޓުވެގެން މަރުވި ކަމަށް ފެތުރުނު ހަބަރާ މެދު ޝައްކުތައް އުފެދިއްޖެ އެވެ.