ފޮޓޯގެލަރީ / ސްކޫލް

މާލެ ސަރަހައްދުގެ ސްކޫލުތައް ހުޅުވުމުގެ ތައްޔާރީތައް

އަހުމަދު އަވްޝަން އިލްޔާސް

30 ޖޫން 2020

މާލެ: ޖޫން 30، 2020- ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށްޓަކައި ތިން މަސް ދުވަހަށް ފަހު، ރާއްޖޭގެ ސްކޫލްތައް މާދަމާ ހުޅުވާނެ. ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑު ނުވައަކުން ފެށިގެން މައްޗަށް. ބަލީގެ ނުރައްކަލެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑަކަށް ވެސް ކިޔަވައިދޭނެ. މާލެ ސަރަހައްދުގައި ފުރަތަމަ ކިޔަވައިދޭން ފަށާނީ ގްރޭޑު ނުވައަކުން ފެށިގެން މަތީގެ ކުލާސްތަކަށް. ސްކޫލުތަކުގައި ކިޔަވައިދޭން އަލުން ފަށާއިރު، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަޅާފައި. އޭގެ ތެރޭގައި ސޯޝަލް ޑިސްޓެންސިންގެ އުސޫލުތަކާއި އަތްދޮވުމާއި މާސްކް އެޅުން ފަދަ ކަންކަމަށް ބޮޑު ސަމާލުކަމެއް ކޮންމެ ސްކޫލަކުން ވެސް ދޭނެ.---ފޮޓޯތައް: އަހުމަދު އަވްޝަން/މިހާރު

މާލެ: ޖޫން 30، 2020- އިމާދުއްދީން ސްކޫލްގެ ކުލާހެއްގައި، ކުދިން އިށީނދެގެން ތިބޭއިރު ސޯޝަލް ޑިސްޓެންސިން ބެހެއްޓޭ ގޮތަށް މޭޒުތަކާއި ގޮނޑިތައް އަތުރާފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ސްކޫލްތެރޭގައި މި ދުވަސްވަރު އުޅޭއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަައި ސޯޝަލް ޑިސްޓެންސިން ބަހައްޓަން ޖެހޭ ގޮތް ދައްކައި ދިނުމަށް ހިރިޔާ ސްކޫލްގެ ބިންމަތީގައި މާކް ކޮށްފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ސްކޫލްތެރޭގައި މި ދުވަސްވަރު އުޅޭއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަައި ސޯޝަލް ޑިސްޓެންސިން ބަހައްޓަން ޖެހޭ ގޮތް ދައްކައި ދިނުމަށް ހިރިޔާ ސްކޫލްގެ ކްލާސްރޫމްތަކެއް ކައިރިން ބިންމަތީގައި މާކް ކޮށްފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސޯޝަލް ޑިސްޓެންސިން ބެހެއްޓުމާއި ސާފުތާހިރުކަމަށް ސަމާލުވުމަށް ހަނދާންކޮށްދީ، ހިރިޔާ ސްކޫލުގައި ކުރަހާފައިވާ މަންޒަރެއް.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

މާލެ: ޖޫން 30، 2020- އިސްކަންދަރު ސްކޫލުގެ ތެރޭގައި ކުދިން އުޅޭއިރު، ސޯޝަލް ޑިސްޓެންސިން ބެހެއްޓުމަށްޓަކައި ޕޭވްމަންޓުމަތީގައި މާކްތައް ޖަހަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ޖަމާލުއްދީން ސްކޫލްގެ ދަރިވަރުން މާސްކު އެޅުމަށާއި ސާފުތާހިރުވެ ތިބުމަށް ހަނދާންކޮށްދޭ ސްޓިކާ ތައްކޮށްފައި-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ސްކޫލްތެރޭގައި މި ދުވަސްވަރު އުޅޭއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަައި ސޯޝަލް ޑިސްޓެންސިން ބަހައްޓަން ޖެހޭ ގޮތް ދައްކައި ދިނުމަށް އިމާދުއްދީން ސްކޫލްގެ ތެރެއިން ބިންމަތީގައި މާކް ކޮށްފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ޖަމާލުއްދީން ސްކޫލަށް ވެސް ކުދިން ވައްދާނީ ކޮންމެ ކުއްޖެއްގެ ވެސް ހުން ބެލުމަށް ފަހު: ހުން ބެލުމަށްޓަކައި ކޮންމެ ކުއްޖަކު ވެސް ހުއްޓިގެން ހުންނަން ޖެހެނީ އެ ސްކޫލްގެ ގޭޓު ކުރިމަތީގައި ކުރަހާފައި އެ ވާ ރީނދޫ ގޮޅީގެ ތެރޭގައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ކޮވިޑް-19 އާ ގުޅިގެން ކުއްޖެއްގެ ހާލު ގޯސްވެއްޖެ ނަމަ ފަރުވާ ދިނުމަށް ޖަމާލުއްދީން ސްކޫލުގައި ގާއިމް ކޮށްފައިވާ އައިސޮލޭޝަން ރޫމް: ކޮންމެ ސްކޫލެއްގައި ވެސް މި ދުވަސްވަރު އައިސޮލޭޝަން ރޫމެއް ހުންނަން ޖެހޭ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ސްކޫލްތެރޭގައި މި ދުވަސްވަރު އުޅޭއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަައި ސޯޝަލް ޑިސްޓެންސިން ބަހައްޓަން ޖެހޭ ގޮތް ދައްކައި ދިނުމަށް ޖަމާލުއްދީން ސްކޫލްގެ ގޯތިތެރެއިން ބިންމަތީގައި މާކް ކޮށްފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މާލެ: ޖޫން 30، 2020- ޖަމާލުއްދީން ސްކޫލްގެ ކުލާހެއްގައި، ކުދިން އިށީނދެގެން ތިބޭއިރު ސޯޝަލް ޑިސްޓެންސިން ބެހެއްޓޭ ގޮތަށް މޭޒުތަކާއި ގޮނޑިތައް އަތުރާފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ސްކޫލްތެރޭގައި މި ދުވަސްވަރު އުޅޭއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަައި ސޯޝަލް ޑިސްޓެންސިން ބަހައްޓަން ޖެހޭ ގޮތް ދައްކައި ދިނުމަށް އިމާދުއްދީން ސްކޫލަށް ކުދިން ވަންނަ ގޭޓު ކައިރިން ބިންމަތީގައި މާކް ކޮށްފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ސްކޫލްތެރޭގައި މި ދުވަސްވަރު އުޅޭއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަައި ސޯޝަލް ޑިސްޓެންސިން ބަހައްޓަން ޖެހޭ ގޮތް ދައްކައި ދިނުމަށް އިމާދުއްދީން ސްކޫލަށް ކުދިން ވަންނަ ގޭޓު ކައިރިން ބިންމަތީގައި މާކް ކޮށްފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އިމާދުއްދީން ސްކޫލްގެ ޓީޗަރުންތަކެއް، މާދަމާ އެ ސްކޫލްގައި ކިޔަވައިދޭން ފަށަންވާއިރަށް ކަންކަން ރޭވުމުގެ މަޝްވަރާއެއް މިއަދު ކުރިއަށް ގެންދަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އިމާދުއްދީން ސްކޫލްގެ ޓީޗަރުން ސްޓާފް ރޫމުން ބޭރުގައި ވަގުތު ހޭދަކުރުމަށްޓަކައި ތައްޔާރު ކޮށްފައިވާ މޭޒެއް: މި ދުވަސްވަރު ބައެއް ސްކޫލްތަކުން ޓީޗަރުންނަށް ހިތްވަރު ދެނީ ގިނަ ވަގުތު ބަންދު ތަންތަނުގައި ތިބުމަށް ވުރެ ބޮޑަށް މި ގޮތަށް ސްކޫލްތެރޭގައި ހުންނަ ތަންތަނުގައި މަޑުކޮށްގެން ތިބުމަށް.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ކޮވިޑް-19 އާ ގުޅިގެން ކުއްޖެއްގެ ހާލު ގޯސްވެއްޖެ ނަމަ ފަރުވާ ދިނުމަށް ތާޖުއްދީން ސްކޫލުގައި ގާއިމް ކޮށްފައިވާ އައިސޮލޭޝަން ރޫމް: ކޮންމެ ސްކޫލެއްގައި ވެސް މި ދުވަސްވަރު އައިސޮލޭޝަން ރޫމެއް ހުންނަން ޖެހޭ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ނިއު ނޯމަލްގައި ކިޔަވައިދިނުމަށް އިމާދުއްދީން ސްކޫލުގެ ތައްޔާރުވެފައި--- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ސްކޫލްތެރޭގައި މި ދުވަސްވަރު އުޅޭއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަައި ސޯޝަލް ޑިސްޓެންސިން ބަހައްޓަން ޖެހޭ ގޮތް ދައްކައި ދިނުމަށް ތާޖުއްދީން ސްކޫލްގެ ގޭޓު ކައިރިން ބިންމަތީގައި ސްޓިކާ ތައްކޮށްފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ސްކޫލްތެރޭގައި މި ދުވަސްވަރު އުޅޭއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަައި ސޯޝަލް ޑިސްޓެންސިން ބަހައްޓަން ޖެހޭ ގޮތް ދައްކައި ދިނުމަށް އިސްކަންދަރު ސްކޫލްގެ ކްލާސްރޫމްތަކެއް ކައިރިން ބިންމަތީގައި މާކް ކޮށްފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ސްކޫލްގަ އާއި ބޭރުތެރޭގައި މި ދުވަސްވަރު އުޅޭއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަބަދުވެސް މާސްކް އެޅުމަށް ހަނދާކޮށް ދިނުމުގެ ގޮތުން އިސްކަންދަރު ސްކޫލްގެ ކްލާސްރޫމެއްގެ ބޭރުގައި ސްޓިކާއެއް ތައްކޮށްފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ތާޖުއްދީން ސްކޫލުގެ ގޭޓާ ކައިރީގައި، ސޯޝަލް ޑިސްޓެންސިން ބެހެއްޓުމަށް ހަނދާންކޮށްދޭ ސްޓިކާ ތައްކޮށްފައި.-- ފޮޓޯ: އަހުމަދު އަވްޝަން.މިހާރު

މާލެ: ޖޫން 30، 2020- އަހުމަދިއްޔާ ސްކޫލްގެ ކުލާހެއްގައި، ކުދިން އިށީނދެގެން ތިބޭއިރު ސޯޝަލް ޑިސްޓެންސިން ބެހެއްޓޭ ގޮތަށް މޭޒުތަކާއި ގޮނޑިތައް އަތުރާފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މާލެ: ޖޫން 30، 2020- ތާޖުއްދީން ސްކޫލްގެ ކުލާހެއްގައި، ކުދިން އިށީނދެގެން ތިބޭއިރު ސޯޝަލް ޑިސްޓެންސިން ބެހެއްޓޭ ގޮތަށް މޭޒުތަކާއި ގޮނޑިތައް އަތުރާފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މާލެ: ޖޫން 30، 2020- އިސްކަންދަރު ސްކޫލަށް ކުދިންނާއި ބެލެނިވެރިން ވަންނައިރު، ސޯޝަލް ޑިސްޓެންސިން ބެހެއްޓުމަށްޓަކައި ޕޭވްމަންޓުމަތީގައި މާކްތައް ޖަހާފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy