ފޮޓޯގެލަރީ / ސްކޫލް

ހުޅުމާލެ 2 ގެ އާ ސްކޫލްގެ މަސައްކަތްތައް

ފަޔާޒް މޫސާ

3 ޖުލައި 2025

ހުޅުމާލެ 2 - ޖުލައި 3، 2025: ހުޅުމާލެ 2 ގައި ސަރުކާރުން އިމާރާތް ކުރަމުން އަންނަ އާ ސްކޫލްގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވަނީ ބައްލަވާލައްވާފައި. މި ސްކޫލްގެ ނަމަކަށް ސަރުކާރުން ހަމަޖެއްސީ ޝަހީދު އަލީ ސްކޫލް. އެއީ އަލިރަސްގެފާނަށް ނިސްބަތްކޮށް ދީފައިވާ ނަމެއް. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްގެން ޑިސެމްބަރު 2023 ގައި ބިންގާ އެޅި މި ސްކޫލްގައި އަންނަ އަހަރުގެ ޖެނުއަރީ މަހު ކިޔަވައިދޭން ފަށަން ވަނީ ނިންމާފައި. ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭން ނިންމާފައިވާ މި ސްކޫލަކީ އެއްދަންފަޅި އަށް 1،500 ކުދިންނަށް ކިޔެވޭނެ ޖާގަ އޮތް ސްކޫލެއް. މިނިސްޓްރީން ބުނެފައިވާ ގޮތުން މި ސްކޫލުން ޖާގަ ބޭނުން ވެގެން މިހާރު ވެސް 500 އަށް ވުރެ ގިނަ ކުދިން ވަނީ ފޯމު ހުށަހަޅާފައި.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2 ގައި އަލަށް އިމާރާތްކުރަމުން އަންނަ ޝަހީދު އަލީ ސްކޫލް: ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭން ނިންމާފައިވާ މި ސްކޫލަކީ އެއްދަންފަޅިއަށް 1،500 ކުދިންނަށް ކިޔެވޭނެ ޖާގަ ގޮތް ސްކޫލެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ޝަހީދު އަލީ ސްކޫލްގެ މަސައްކަތްތައް އާރުސީސީން ކުރިއަށް ގެންދަނީ: މި އަހަރުގެ ނޮވެމްބަރު މަހަށް ހުރިހާ މަސައްކަތްތައް ނިންމާލަން ވަނީ އަމާޒު ހިފާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ހުޅުމާލޭ 2 ގައި ސަރުކާރުން އިމާރާތް ކުރަމުން އަންނަ އާ ސްކޫލްގެ މަސައްކަތަށް ބޭނުންވާ ގާތައް އާރުސީސީގެ މުވައްޒަފުން ތައްޔާރު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ހުޅުމާލެ 2 ގައި އަލަށް އިމާރާތްކުރަމުން އަންނަ އާ ސްކޫލް: ޝަހީދު އަލީ ސްކޫލްގެ ނަން ދީފައިވާ މި ސްކޫލްގެ ހުރިހާ މަސައްކަތެއް މި އަހަރުގެ ނޮވެމްބަރު މަހަށް ނިންމައި އަދި އަންނަ އަހަރުގެ ޖެނުއަރީ މަހު ކިޔަވައިދޭން ފަށާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ޝަހީދު އަލީ ސްކޫލްގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް އެ އިމާރާތުގެ ކޮންޓްރެކްޓަރު އާރުސީސީގެ މުވައްޒަފުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް ދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ ޝަހީދު އަލީ ސްކޫލް: މި ސްކޫލް ނިމޭއިރު މާލެ ސަރަހައްދުގައި ހުންނާނެ އެންމެ ބޮޑު ސްކޫލް ލައިބްރަރީގެ އިތުރުން އޮޑިޓޯރިއަމަކާއި ހޯލަކާއި ސްޓާފް ކެންޓީނެއް ވެސް ހުންނާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ޝަހީދު އަލީ ސްކޫލްގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް އެ އިމާރާތުގެ ކޮންޓްރެކްޓަރު އާރުސީސީގެ މުވައްޒަފުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް ދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލޭގައި ސަރުކާރުން އިމާރާތް ކުރަމުން އަންނަ ޝަހީދު އަލީ ސްކޫލްގެ އިމާރާތުގެ ލިފްޓް ހުންނަ ސަރަހައްދު: ޖުމުލަ 1،500 ކުދިންނަށް ކިޔެވޭނެ ޖާގަ ގޮތް މި ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމުގެ އިތުރުން 20 މީހުންގެ ޖާގައިގެ ތިން ލިފްޓް ހަރުކުރާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ޝަހީދު އަލީ ސްކޫލްގެ މަސައްކަތްތައް އާރުސީސީން ކުރިއަށް ގެންދަނީ: މި އަހަރުގެ ނޮވެމްބަރު މަހަށް ހުރިހާ މަސައްކަތްތައް ނިންމާލަން ވަނީ އަމާޒު ހިފާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ޝަހީދު އަލީ ސްކޫލްގެ މަސަކަތުގައި އުޅޭ އާރުސީސީގެ ބިދޭސީ މަސައްކަތްތެރިއަކު މަޑުކޮށްލައިގެން،: މި ސްކޫލުން ޖާގަ ހޯދަން މިހާތަނަށް 500 އަށް ވުރެ ގިނަ ކުދިން އެދިފައިވޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ޝަހީދު އަލީ ސްކޫލްގެ ކްލާސް ރޫމްއެއް: މި ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމް ހުންނާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ޝަހީދު އަލީ ސްކޫލްގެ މަސައްކަތްތައް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައްލަވާލައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ޝަހީދު އަލީ ސްކޫލްގެ މަސަކަތުގައި އުޅޭ އާރުސީސީގެ ބިދޭސީ މަސައްކަތްތެރިއަކު މަޑުކޮށްލައިގެން،: ޑިސެމްބަރު 2023 ގައި ބިން އެޅި މި ސްކޫލް އިމާރާތުގެ ކޮންޓްރެކްޓަރަކީ އާރުސީސީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ޝަހީދު އަލީ ސްކޫލްގެ މަސައްކަތްތައް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައްލަވާލައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ޝަހީދު އަލީ ސްކޫލްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ: މި ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ޝަހީދު އަލީ ސްކޫލްގެ ހޯލްގެ މަސައްކަތްތައް ކުރަން ތައްޔާރު ކޮށްފައި: މި ސްކޫލަށް ބޭނުންވާ ކަރަންޓް އުފައްދާނީ ސޯލާ ހަކަތައިން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ "ޝަހީދު އަލީ ސްކޫލް"ގެ ބައެއް ކްލާސް ރޫމްތައް: މި ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމް ހުންނާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy