ފޮޓޯގެލަރީ / ސްކޫލް

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުން

ފަޔާޒް މޫސާ

4 ސެޕްޓެމްބަރ 2022

ހުޅުމާލެ - ސެޕްޓެމްބަރު 4، 2022: ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ފުރަތަމަ ސްކޫލު ހުޅުވުން: ރާއްޖޭގެ ފުރަތަމަ އެޑިއުކޭޝަން މިނިސްޓަރު އަހުމަދު ކާމިލް ދީދީގެ ނަމަށް ހާއްސަ ކޮށްފައިވާ "އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލު" ހުޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމު. ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑު 6 އާ ހަމައަށް ކިޔަވައިދޭ ސްކޫލުން 824 ކުދިންނަށް ވަނީ ޖާގަ ދީފައި. މި ވަގުތު 47 ޓީޗަރުން އެ ތަނުގައި ކިޔަވައިދޭނެ.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ފުރަތަމަ ސްކޫލު "އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލު"ގެ ބޭރު: އެ ސްކޫލްގައި 800 އަށް ވުރެ ގިނަ ކުދިން ކިޔަވާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލު، ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ކިޔަވާ ކުއްޖަކު ފުރަތަމަ ދުވަހުގެ ކިޔެވުމަށް ދާން މިއަދު ތައްޔާރުވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކާމިލް ދީދީ ޕްރައިމަރީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތަށް، ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގަތުމުން އެ ސްކޫލުގެ ފަރާތުން އެ މަނިކުފާނަށް ހަނދާނީ ފިލައެއް އަރުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާމިލް ދީދީ ޕްރައުމަރީ ސްކޫލު ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ސްކޫލުގެ ކުދިންތަކެއް ގައުމީ ދިދަ ވިހުރުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލްގައި ކިޔަވައިދޭ ބައެއް ޓީޗަރުން: އެ ސްކޫލުގައި މިހާރު 47 ޓީޗަރުން ކިޔަވައިދޭނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ސްކޫލުގެ ބައެއް ކުދިން ބައިވެރިވަނީ: އެ ސްކޫލުގައި ކިޔަވައިދޭނީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑު 6 އާ ހަމައަށް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލު، ކާމިލް ދީދީ ޕްރައިމަރީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ނައިބު ރައީސް ފައިސަލް ނަސީމް، ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ރަސްމީކޮށް ހުޅުއްވައި ދެއްވާއިރު އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް، ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާމިލް ދީދީ ސްކޫލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ސްކޫލްގެ ޕްރިންސިޕަލް ފާތިމަތު ދީނާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގެ ކުދިން ސަގާފީ ނެށުމެށް ހުށަހަޅައިދެނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގެ ބޭންޑްގެ ކުދިން ގައުމީ ސަލާމަށް ރާގު ކުޅެނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާމިލް ދީދީ ސްކޫލުގައި ކިޔަވާ ބައެއް ކުދިން މިއަދު ނާސްތާ ނަގަނީ: 800 އަށް ވުރެ ގިނަ ކުދިން އެ ސްކޫލުގައި ކިޔަވާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާމިލް ދީދީ ސްކޫލްގައި ކިޔަވާ ކުއްޖަކު، އެ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، ކްލާސް ރޫމްގައި މަޑުކޮށްލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2024 Mihaaru · Terms and Conditions · Privacy Policy