ހަތަރު އަހަރަށް ފަހު ސްކޫލް ކުދިން ޑިސެމްބަރުގައި ބޮޑު ޗުއްޓީއަށް
މާލެ، ހުޅުމާލެ: ޑިސެމްބަރު 25، 2025: މާލެ އާއި އަތޮޅުތަކުގެ ހުރިހާ ސްކޫލެއްގައި ވެސް ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ރިޕޯޓް ފޮތް ދިނުމަށް ފަހު ދަރިވަރުންނަށް މިއަދުން ފެށިގެން ވަނީ އަހަރީ ޗުއްޓީ ދީފައި: ކުރިން އޮންނަ ގޮތަށް، ދަރިވަރުންނަށް ޑިސެމްބަރުގައި ބޮޑު ޗުއްޓީ މި ލިބުނީ ހަތަރު އަހަރަށް ފަހު. އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީ 27 ގައި.--- ފޮޓޯތައް: ނިޝާން އަލީ އަދި ފަޔާޒު މޫސާ | މިހާރު
އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް ރިޕޯޓް ފޯމު ބަލަނީ: އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭނީ އަންނަ ޖެނުއަރީ 27 ގައި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް ރިޕޯޓް ފޯމު ބަލަނީ: އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭނީ އަންނަ ޖެނުއަރީ 27ގައި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ހިރިޔާ ސްކޫލްގެ ދަރިވަރުންތަކެއް ރިޕޯޓް ފޯމު ބަލަނީ: ދަރިވަރުންނަށް ޑިސެމްބަރުގައި ބޮޑު ޗުއްޓީ މި ލިބުނީ ހަތަރު އަހަރު ފަހުން.--- ފޮޓޯ: ނިޝާން އަލީ | މިހާރު
މި އަހަރުގެ އޭޕްރީލް މަހު ފެށި ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ހުޅުމާލޭގެ ޣާޒީ ސްކޫލުގެ ދަރިވަރަކު ރިޕޯޓު ފޮތް ހިފައިގެން ބެލެނިވެރިޔާ އެކު ދަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި އަހަރުގެ އޭޕްރީލް މަހު ފެށި ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ހުޅުމާލޭގެ ސަލާހުއްދީން ސްކޫލު ދަރިވަރަކު ރިޕޯޓު ފޮތް ހިފައިގެން ބެލެނިވެރިޔާ އެކު ދަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި އަހަރުގެ އޭޕްރީލް މަހު ފެށި ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، އަމީނިއްޔާ ސްކޫލު ކުދިންތަކެއް ރިޕޯޓު ފޮތް ހިފައިގެން ސްކޫލުން ނިކުންނަން ދަނީ.--- ނިޝާން އަލީ | މިހާރު
ކާމިލް ދީދީ ސްކޫލްގެ ދަރިވަރުން ރިޕޯޓު ފޮތާ ހަވާލުވުމަށް ފަހު، ފްރޭމެއް ހިފައިގެން ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ 2 ގެ ކާމީލް ދީދީ ސްކޫލްގެ ދަރިވަރަކު ރިޕޯޓު ފޮތް ހިފައިގެން ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ 2 ގެ ކާމީލް ދީދީ ސްކޫލްގެ ދަރިވަރަކު ރިޕޯޓު ފޮތް ހިފައިގެން ސްކޫލުން ނިކުންނަން ދަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް ރިޕޯޓު ފޯމާ އެކު ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ނިޝާން އަލީ | މިހާރު
މި އަހަރުގެ އޭޕްރީލް މަހު ފެށި ދިރާސީ އަހަރުގެ ކިޔެވުން ނިންމައި އަމީނިއްޔާ ސްކޫލް ދަރިވަރަކާ އެ ސްކޫލްގެ އިސް ވެރިއަކު ރިޕޯޓް ފޯމު ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
މި އަހަރުގެ އޭޕްރީލް މަހު ފެށި ދިރާސީ އަހަރުގެ ކިޔެވުން ނިންމައި އިސްކަންދަރު ސްކޫލް ދަރިވަރަކާ އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުކުރީ ރިޕޯޓު ފޯމު ހަވާލު ކޮށްދެއްވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ހުޅުމާލޭގެ ޣާޒީ ސްކޫލްގެ ދަރިވަރެއްގެ ބެލެނިވެރިޔާ ސްކޫލް ބޭރުގައި ރިޕޯޓް ފޯމު ބަލަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި އަހަރުގެ އޭޕްރީލް މަހު ފެށި ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ހުޅުމާލޭގެ ޣާޒީ ސްކޫލްގެ ދަރިވަރަކު ރިޕޯޓު ފޮތް ހިފައިގެން ބެލެނިވެރިއަކާ އެކު ދަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ 2 ގައި ހުންނަ ކާމިލް ދީދީ ސްކޫލްގެ ދަރިވަރުން ރިޕޯޓް ފޯމު ބަލާ ސްކޫލަށް ވަންނަން ތައްޔާރު ވެގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު