ކޮވިޑާ ދެކޮޅަށް އަންހެނުންގެ ހިތްވަރު
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް މި އަހަރު ފާހަގަކުރަމުން އަންނައިރު ރާއްޖެ މިއޮތީ ކޮވިޑްގެ ނުރައްކާތެރި ހާލަތެއްގައި. މިދިޔަ އަހަރުގެ މިހާ ހިސާބުން ފެށިގެން މިއަދާ ހަމައަށް އައިއިރު، މި ނުރައްކާތެރި ވަބާ ރާއްޖެ އިން ފިލުވާލައި، އެ ބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހިތްވަރުގަދަ އަންހެން ބޭފުޅުންތަކެއް ވަނީ ހަރަކާތްތެރިވެ ވަޑައިގެންފައި. މިއީ އޭގެ ތެރެއިން ބައެއް ބޭފުޅުން --. ފޮޓޯ: ނިޝާން އަލީ/ އަވްޝަން އިލްޔާސް
ކޮވިޑާ ދެކޮޅަށް އަންހެނުން --. ފޮޓޯ: ނިޝާން އަލީ
ކޮވިޑް ބަލިމީހަކަށް ކާ އެއްޗެހި ހިފައިގެން އަންހެން ނަރުހަކު ދަނީ: ކޮވިޑަށް ހާއްސަކޮށްގެން ހުޅުމާލޭގައި ގާއިމްކުރި ހެލްތު ފެސިލިޓީޒްގައި ގިނަ ބަޔަކަށް ފަރުވާ ދިން --ފޮޓޯ: ނިޝާން އަލީ/މިހާރު
ކްރިޓިކަލް ކެއާ އަށް ޑޮކްޓަރުންނާއި ނަރުހުން ތަމްރީން ކުރުމަށް އައިޖީއެމްއެޗުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން ސިއްހީ ދާއިރާގެ މީހުންގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) ބޭނުންކުރާނެ ގޮތް، އެ ހޮސްޕިޓަލްގެ އައިސީޔޫގައި މަސައްކަތް ކުރާ އަންހެން ނަރުހަކު ދަސްކޮށްދެނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ކޮވިޑް ތެރޭގައި މާލޭގެ އެކި ސަރަހައްދުގައި ކުރި މުޒާހަރާ ހުއްޓުވަން ބައިވެރިވި އަންހެން ފުލުހެއް: ކޮވިޑްގެ ރައްކާތެރި ކަމަށް ޓަކައި ފުލުހުން އަންނަނީ މާލެ ތެރެ ފޯރިމަރަމުން --. ފޮޓޯ:ނިޝާން އަލީ/މިހާރު
މާލެ ލޮކްޑައުންގައި އޮތް އިރު، އައިޖީއެމްއެޗްގެ އަންހެން ނަރުހަކު ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ލައިގެން: ބައެއް މީހުން ސިފަކޮށްފައިވާ ގޮތުގައި، މިހާ ބަރު ޕީޕީއީއެއް ލައިގެން ދުވާލުދާ ހަތަރުދަމު އުޅުމަކީ ވަރަށް ބޮޑު ވޭނެއް .---ފޮޓޯ: އަވްޝަން އަލްޔާސް/މިހާރު
ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދޭން ހާއްސަކޮށްފައިވާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އަންހެން ސިއްހީ ހިދުމަތްތެރިން މަސައްކަތުގައި: ނަރުހުންނާއި ޑޮކްޓަރުންގެ ބުރަ އަދި އިހުލާސްތެރި މަސައްކަތްތަކެއް ވަނީ ފެނިގެން ގޮސްފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
ކޮވިޑް ބޮޑު ބަންދަށް ފަހު ދަރިވަރުން ސްކޫލަށް ދިއުމުން އަމީނިއްޔާ ސްކޫލުގެ އަންހެން ޓީޗަރަކު ދަރިވަރުން އަތަށް ސެނެޓައިޒާ އަޅައިދެނީ--.ފޮޓޯ: ނިޝާން އަލީ/މިހާރު
ޑރ. ނަޒްލާ ރަފީގް: ޑރ. ނަޒްލާ އަކީ ކޮވިޑާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ އެންމެ އިސް ބޭފުޅާ. އަދި ކޮވިޑާ ދެކޮޅަށް އާންމުން ހޭލުންތެރި ކުރުވުމަށް ޓަކައި ޑރ. ނަޒްލާ އަދާކުރައްވާފައި ވަނީ ނަމޫނާ ރޯލެއް ---ފޮޓޯ: ނިޝާން އަލީ/މިހާރު
ޑރ. ނަޒްލާ މުސްތަފާ: ޑރ. ނަޒްލާ އަކީ ކޮވިޑްގައި އާންމުންގެ ކުރިމަތިން ފެނުނު އެންމެ އާންމު އެއް މޫނު. އޭނާ ވަނީ ކޮވިޑުން ސަލާމަތް ވުމަށް ޓަކައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމާއި އާންމުން ހޭލުންތެރި ކުރުވުމަށް ޓަކައި ވަރަށް ގިނަ މައުލޫމާތުތައް ހާމަކުރައްވައިފައި. ---ފޮޓޯ: ނިޝާން އަލީ/މިހާރު
އައިޖީއެމްއެޗް އަންހެން ނަރުހަކު ކޮވިޑް-19 އިން ރައްކާތެރިވާން ޖަހާ ކޮވިޝީލްޑް ވެކްސިން ޑޯޒެއް ދައްކާލަނީ: ވެކްސިން ދިނުމާއި އޭގެ އިދާރީ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ވަރަށް ބޮޑު--. ފޮޓޯ: ނިޝާން އަލީ
މާލެ ލޮކްޑައުންގައި އޮތް އިރު، ރެޑްވޭވްގެ އަންހެން މުވައްޒަފުން މާލޭގެ ގެތަކަށް ބޭނުންވާ ޑެލިވަރީ އޯޑަރު ނަގަނީ: ވަރަށް ގިނަ ފިހާރަތަކުގައި އެ ދުވަސްވަރު ހިދުމަތް ދެމުން އައީ ވަރަށް ބޮޑު ރިސްކެއްގައި .---ފޮޓޯ: ނިޝާން އަލީ/މިހާރު
މާލެ ލޮކްޑައުންގައި އޮތް އިރު، އައިޖީއެމްއެޗްގެ އަންހެން ނަރުހަކު މަގުމަތިން ދާ މީހުން ހުއްޓުވައި ކޮވިޑް ސާމްޕަލް ނަގަނީ: ސާމްޕަލް ނެގުމާއި ޓެސްޓް ކުރުމުގައި އަންހެނުންގެ ދައުރު ވަރަށް ބޮޑު .---ފޮޓޯ: އަވްޝަން އަލްޔާސް/މިހާރު
މާލެ ލޮކްޑައުންގައި އޮތް އިރު، ވެމްކޯގެ އަންހެން މުވައްޒަފަކު މާލެ މަގުމަތި ކުނިކަހަނީ: މުޅި މާލެ ލޮކްޑައުންކޮށްފައި އޮތް އިރު ވެސް މާލެ ތެރެ ސާފުކޮށް ބެލެހެއްޓީ އެ މީހުން ---ފޮޓޯ: އަވްޝަން އިލްޔާސް/މިހާރު
ހުޅުމާލެ ލޮކްޑައުންގައި އޮތް އިރު، މަގުމަތިން ދާ މީހުން ހުއްޓުވައި ސުވާލު ކުރުމަށް އަންހެން ފުލުހަކު ހަރަކާތްތެރިވަނީ: ލޮކްޑައުން އާއި ކާފިއުގައި ވެސް ދިވެހި އަންހެން ފުލުހުން ދައްކަނީ ކެތްތެރި ކަމާއި ހިތްވަރު .-- ފޮޓޯ: ނިޝާން އަލީ/މިހާރު
ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ޖެހި އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރު ޑރ. ޝިރާނީ އަބްދުއްރަހީމް ވެކްސިން ޖެއްސެވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ--. ފޮޓޯ: އަވްޝަން އިލްޔާސް/މިހާރު
ރިސޯޓެއްގެ އަންހެން ރެޕަކު ޓޫރިސްޓުން ގޮވައިގެން އެއާޕޯޓުން ނުކުންނަން ދަނީ: ކޮވިޑްގެ އުނދަގޫ މަރުހަލާއަށް ފަހު ޓޫރިޒަމް އަނެއްކާވެސް ދިރި، އެއާޕޯޓުން ފެންނަނީ ބިޒީކޮށް އުޅޭ އެކި މުވައްޒަފުން --ފޮޓޯ:ނިޝާން އަލީ/މިހާރު
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.
ޑރ. ޝީނާ މޫސާ: އޭނާ އަކީ ކޮވިޑާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ޕްރޮޖެކްޝަންތައް ތައްޔާރުކޮށްދެއްވި ބޭފުޅާ. އަދި އެ ޕްރޮޖެކްޝަންތަކާ ބެހޭ ގޮތުން އާންމުންނާއި މީޑިއާ ހޭލުންތެރި ކުރުމަށް ޓަކައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައި