ތާރީހީ އީދު މިސްކިތުގެ ރީތިކަން ގެއްލިފައި
މާލެ: ޑިސެމްބަރު 14، 2021: މާފަންނު ހަނދުވަރީ ހިނގުމުގައި ހުންނަ އީދު މިސްކިތަކީ 186 އަހަރު ވީ މިސްކިތެކެވެ. ތާރީހީ ލިޔުންތަކުން ބުނާ ގޮތުން މި މިސްކިތް ބިނާ ކުރެއްވީ އަލް ސުލްތާން މުހައްމަދު މުއިން އިސްކަންދަރު ކަޅު ސުއްދު ކައްތިރި ބަވަނަ މަހާރަދުންނެވެ. ހިރިގަލުންނާއި ހައިވަކަރުން ހަދާފައިވާ މި މިސްކިތަކީ ދިވެހިންގެ ގަލު ވަޑާމުގެ ފަންނު ފުރިހަމައަށް ދައްކުވައިދޭ މިސްކިތެކެވެ. އެ ޒަމާނުގައި މުޅިން ވެސް އީދު ނަމާދުކޮށް އުޅެނީ މި މިސްކިތުގަ އެވެ. ނަމަވެސް ފަހުން ޖާގަ އިތުރު ކުރުމަށް ހަދާފައިވާ ތަންތަނާއި ހިޔާ ލިބޭ ގޮތަށް ވަށައިގެން ޖަހާފައިވާ ޓިނުތަކާ ހުރެ މި މިސްކިތުގެ އަސްލު ވަނީ ގެއްލިފަ އެވެ. މި މިސްކިތަކީ ކިޔަވާ ކުދިންނާއި ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްންނަށް ވެސް އެ މިސްކިތް ފެނި، މިސްކިތުގެ ތާރީހު ފަސޭހައިން ހޯދޭނެ ގޮތަށް ފެންނަން ހުންނަން ޖެހޭނެ ތާރީޚީ ބިނާއެކެވެ؛ -- ފޮޓޯތައް: ފަޔާޒު މޫސާ / މިހާރު
ޑިސެމްބަރު 14، 2021-- އީދު މިސްކިތް ބިނާކުރި ޒަމާނުގައި އިރުއުތުރުން މިސްކިތް ފެންނަ މަންޒަރު (މަތީގައި) އަދި މިހާރު ޖާގަ އިތުރުކުރުމަށް ފަހުން ހެދި ސަރަހައްދު (ތިރީގައި). މި ސަރަހައްދުގެ ސަބަބުން މިސްކިތުގެ މިސްކިތުގެ އަސްލު މަންޒަރު ވަނީ ފޮރުވިފައި -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޑިސެމްބަރު 14، 2021: އީދު މިސްކިތުގައި ޖާގަ އިތުރުކުރުމަށް، ފަހުން ހަދާފައިވާ ބައި އިތުރުކުރުމުން މިސްކިތު ގޯތިތެރެ ފެންނަ ގޮތް، އާސާރީ މިސްކިތުގެ ބައި ވަނީ ފޮރުވިފައި -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޑިސެމްބަރު 14، 2021: އީދު މިސްކިތުގެ ޖާގަ އިތުރުކުރުމަށް ފަހުން ހަދައިފައިވާ ބަޔާއި ކުރިން ހުރި މިސްކިތް އެއްވެފައި: ވަރަށް ގިނަ ބަޔަކު ބުނާ ގޮތުން، ތާރީހީ އެ މިސްކިތުގެ ރީތިކަން މިހާރު ވަނީ ގެއްލިފައި -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ޑިސެމްބަރު 14، 2021: އީދު މިސްކިތުގެ ތާރީހީ ބައި، އަދި ޖާގަ އިތުރުކުރުމަށް، ފަހުން ހަދާފައިވާ ބައި ހިޔާކޮށް ޓައިލްސް ޖަހައިފައިވާ ބައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޑިސެމްބަރު 14، 2021: އީދު މިސްކިތު ގޯތިތެރޭގައި ފަހުން އިތުރުކޮށްފައިވާ ވުލޫކުރާ ސަރަހައްދު: ކުރިން މި މިސްކިތުގައި ވުލޫކުރަން ހުންނަނީ ވަޅެއް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޑިސެމްބަރު 14، 2021-- ދެ ގަރުނުވާން ކައިރިވެފައިވާ އީދު މިސްކިތުގެ އެތެރެ، ހިރިގަލުންނާއި ހައިވަކަރުން ދިވެހިންގެ މަސައްކަތްތެރިންގެ ހުނަރު ކިތަންމެހާވެސް ރަގަޅަކަށް ފެންނަން ހުރޭ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ޑިސެމްބަރު 14، 2021: އީދު މިސްކިތުގައި ޖާގަ އިތުރުކުރުމަށް ފަހުން ހަދާފައިވާ ބައި ހިޔާކޮށް ޓައިލްސް ޖަހާފައި: ބައެއް މީހުން ބުނާ ގޮތުން ތާރީހީ މިފަދަ ބިނާތައް ޒަމާނީ ތަރައްގީއާ އެކުވެގެން ނުވާނެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޑިސެމްބަރު 14، 2021: ދެ ގަރުނު ވާން ކައިރިވެފައިވާ އީދު މިސްކިތުގެ އެތެރެ: ހިރިގަލާއި ހައިވަކަރުން ބިނާކޮށްފައިވާ މި މިސްކިތަކީ ރީތި މަސައްކަތްތަކެއް ހުރި ބިނާއެއް. އެކަމަކު މިހާރު އަންނަ ބަދަލުތަކާ އެކު އެ ރީތިކަން ދދަނި ގެއްލެމުން -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޑިސެމްބަރު 14، 2021: އީދު މިސްކިތުގެ އެތެރެ، މި މިސްކިތަކީ ހިރިގަލުންނާއި ހައިވަކަރުން ބިނާކުރި ދިވެހި އާސާރީ ބިނާއެއް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޑިސެމްބަރު 14، 2021: އީދު މިސްކިތް ބިނާކުރި އިރު މަތިވަޑާން ހިފެހެއްޓުމަށް ހިރިގަލުގައި ކަނޑާނަގައިގެން ހަދާފައިވާ ތަނބެއް: މީގެ ހަތަރު ތަނބު މިސްކިތުގައި ހުންނައިރު ޖާގައިތުރުކުރަން ހަދާފައިވާ މިސްކިތު ގޯތީގެ ސަބަބުން މި ތަނުގެ އަސްލުވަނީ ފޮރުވިފައި .- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޑިސެމްބަރު 14، 2021: އީދު މިސްކިތުގައި ޖާގަ އިތުރުކުރުމަށް ފަހުން ހަދައިފައިވާ ބައި ސާފުކުރުމުގެ މަސައްކަތް ކުރަނީ: މީ ކުރިން ދޮންވެލި އަޅައި ރީތިކޮށްފައި އޮންނަ ބައެއް- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޑިސެމްބަރު 14، 2021: އީދު މިސްކިތުގެ ބޭރު: ހިރިގަލުން ބިނާކުރި މި މިސްކިތު ގޯތީގައި ޖާގަ އިތުރުކުރަން ހަދާފައިވާ ސަރަހައްދެއް ހުރުމުން މިހާރު މި ފާރުތައް ބޭނުންކުރަނީ ހަތިމް ބަހައްޓަން -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޑިސެމްބަރު 14، 2021-- އީދު މިސްކިތުގައި ޖާގަ އިތުރުކުރުމަށް ފަހުން ހެދި ބައި ހިޔާކޮށް ޓައިލްސް ޖަހާފައި: ކުރިން މި ސަރަހައްދަކީ ދޮންވެލި އަޅައިފައި އޮންނަ ސަރަހައްދެއް، އިތުރުކޮށްފައިވާ މި ސަރަހައްދުގެ ސަބަބުން އީދު މިސްކިތުގެ އަސްލު ވަނީ ގެއްލިފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޑިސެމްބަރު 14، 2021-- އީދު މިސްކިތުގެ މިމްބަރު: ހިރިގަލުން ހަފާދައިވާ މި މިމްބަރު ހެދި ކަމަށް ތާރީހީ ލިޔެކިޔުންތަކުން ދައްކަނީ 1917 ވަނަ އަހަރު -- ފޮޓޯ: ފަޔާޒު މޫސާ /މިހާރު
ޑިސެމްބަރު 14، 2021-- އީދު މިސްކިތުގެ މަތިވަޑާންގަނޑު. ހައިވަކަރުން ހަދާފައިވާ މި ތަނުގައި ޑިޒައިންކޮށްފައިވާ ބައެއް ކުރެހުންތައް މިހާރު ހުރީ ގެއްލިގެން ގޮސްފައި-- ފޮޓޯ: ފަޔާޒު މޫސާ /މިހާރު
ޑިސެމްބަރު 14، 2021-- އީދު މިސްކިތުގައި ޖާގަ އިތުރުކުރުމަށް، ފަހުން ހަދާފައިވާ ބައި ހިޔާކޮށް ޓައިލްސް ޖަހާފައި: ކުރިން މި ސަރަހައްދަކީ ދޮންވެލި އަޅައިފަ އޮންނަ ސަރަހައްދެއް-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު