ފޮޓޯގެލަރީ / ބަންގްލަދޭޝް ފުޓްބޯޅަ ޓީމް

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗު

ފަޔާޒް މޫސާ

25 މާޗް 2022

މާލެ - މާޗް 24، 2022: ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގައި ރާއްޖޭގެ ހަސަން ރާއިފް އަހްމަދު (ހަންނަ) އާއި އިބްރާހިމް މަހްދީ ހުސައިން ކާމިޔާބުކޮށް ދިން ލަނޑުތަކާ އެކު، 2-0 އިން މެޗު ކާމިޔާބުކުރީ ރާއްޖެ. ނޮވެމްބަރު މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް ވަނީ ރާއްޖެ ބަލިކޮށްފައި. -- ފޮޓޯތައް: ފަޔާޒު މޫސާ / މިހާރު

އެކުވެރިކަމުގެ މެޗުގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު: މި މެޗު 2-0 އިން ރާއްޖެ ވަނީ ބްންގްލަދޭޝް ބަލިކޮށްފައި. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ލަނޑު ޖެހުމަށް ފަހު ހަސަން ރާއިފް އަހްމަދު (ހަންނަ) އުފާފާޅުކުރަނީ، މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑު -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ރާއްޖޭގެ ދެވަނަ ލަނޑު ޖަހައިދިން އިބްރާހިމް މަހްދީ ހުސައިން ބަންގްލަދޭޝް ކުޅުންތެރިޔާ ކައިރިން ބޯޅަ ހިފައިގެން ދެވޭތޯ މަސައްކަތްކުރަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ދެ ވަނަ ހާފްގައި ކުޅެން ނިކުމެ މޮޅު ކުޅުމެއް ކުޅުނު އަބްދުﷲ ޔާމީން (ޔާން) ބަންގްލަދޭޝްގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ބަންގްލަދޭޝް ޓީމުން ފޮނުވާލި ބޯޅައެއް ރާއްޖޭ ކުޅުންތެރިޔާ ބޮލުންޖަހާ ކުރިއަށް ފޮނުވާލަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މިރޭ މެޗުގައި ބަންގްލަދޭޝް ހާފްތެރެއިން ފޮނުވާލި ބޯޅައެއް ރާއްޖޭ ކުޅުންތެރިޔެއްގެ އަތުގަ ޖެހެނީ، މި މެޗު 2-0 ލަނޑުން ކާމިޔާބުކުރީ ރާއްޖެ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ބަންގްލަދޭޝް ކުޅުންތެރިޔާ އަތުން ބޯޅަ ހޯދުމަށް ނާއިޒް ހަސަން (ދާދު) މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ރާއްޖޭގެ ހަސަން ރާއިފް އަހްމަދު (ހަންނަ) ބަންގްލަދޭޝް ކުޅުންތެރިޔާ ކައިރިން ބޯޅަ ނައްޓާލުމަށް ފަހު ކުރިއަށް ފޮނުވާލަން މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ރާއްޖޭގެ ހަސަން ރާއިފް އަހްމަދު (ހަންނަ) ބަންގްލަދޭޝް ކުޅުންތެރިޔާ ކައިރިން ބޯޅަ ހިފައިގެން ކުރިއަށް ދެވޭތޯ މަސައްކަތްކުރާއިރު، މިރޭ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީވެސް ހަންނަ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ދިވެހި ގައުމީ ފުޓުބޯޅަ ޓީމު، ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު ބެލުމަށް ދަނޑަށް ވަން ދިވެހި ސަޕޯޓަރުން -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ބަންގްލަދޭޝްގެ ސަޕޯޓަރުން މޫނުގައި ކުލަ ޖައްސައިގެން އެ ޓީމަށް ސަޕޯޓްކުރުމަށް ގަލޮޅުދަނޑުގައި، މިރޭގެ މެޗު ބެލުމަށް ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ ރައްޔިތުން ވަދެފަ ވާއިރު، ދިވެހި ސަޕޯޓަރުންގެ އަދަދު ވަރަށް މަދު -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ރާއްޖެއާ ބަންގްލަދޭޝް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗު ބެލުމަށް ބަންގްލަދޭޝް ސަޕޯޓަރުން ގަލޮޅުދަނޑުގައި އެ ޓީމަށް ސަޕޯޓުކުރަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ގައުމީ ޓީމު ކުޅުންތެރިން ގައުމީ ސަލާމަށް ހުއްޓިލައިގެން: މިރޭ މެޗުގައި ރާއްޖެ ވަނީ 2-0 އިން ބަންގްލަދޭޝް ބަލިކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2024 Mihaaru · Terms and Conditions · Privacy Policy