ފަޔާޒް މޫސާ
22 އޯގަސްޓް 2022
މާލެ - އޮގަސްޓް 21، 2022: ހުކުރު ދުވަހު ފެށި ކޮންގްރެސްގައި އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ރޭ ވަނީ ނިންމާލައިފަ އެވެ. ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެ ޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ކޮންގްރެސް ނިންމާލުމަށް ބޭއްވި ކުޑަ ރަސްމިއްޔާތަށްފަހު ސަގާފީ ހަރަކާތާއެކު ރޭގަނޑުގެ ކެއުމެއް ވަނީ ބާއްވައިފަ އެވެ، ކޮންގްރެސްގެ ބައިވެރިންނާ އެކު މި ކެއުމުގައި ދެ ރައީސް ވެސް ބައިވެރިވި އެވެ. -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ނިންމާލުމުގެ ރަސްމިއްޔާތުގައި ބޭއްވި ފަރިއްކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ސަގާފީ ހަރަކާތާއެކު ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށް ފަހު ބޭއްވި ބޮޑުބެރުގެ ހަރަކާތް، ސަރުކާރުގެ ބައެއް މިނިސްޓަރުން ބައްލަވާލައްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ނިންމާލުމުގެ ރަސްމިއްޔާތުގައި ކުރިއަށް ދިޔަ ބޮޑުބެރުގެ ހަރަކާތް ޕާޓީގެ ދެ ރައީސް ބައްލަވާލައްވަނީ، އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޯނުން އެ ހަރަކާތުގެ ވީޑިއޯއެއް ނަންގަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާ
އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ނިންމާލުމުގެ ރަސްމިއްޔާތުގައި ބޮޑުބެރުގެ ހަރަކާތެއް ކުރިއަށް ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ނިންމާލުމުގެ ރަސްމިއްޔާތުގައި ދިވެހި ސަގާފީ ހަރަކާތެއް ކުރިއަށް ގެންދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ނިންމާލުމުގެ ރަސްމިއްޔާތުގައި ބޭއްވި ފަރިއްކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ސަގާފީ ހަރަކާތާއެކު ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ 4ވަނަ ކޮންގްރެސް ނިންމާލުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިޔާތުގައި ދިވެހި ސަގާފީ ހަރަކާތެއް ކުރިއަށް ގެންދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ނިންމުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސާ ވާހަކަ ދައްކަވަނީ -- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު
ކޮންގްރެސްގައި ބައިވެރިވި އެ ޕާޓީގެ އެކި މަގާމުތަކުގެ ބޭފުޅުން، ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަދި ގައުމީ މަޖިލީހުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ 4ވަނަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ އަދި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވާލައްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަޑައިގަތުމުން، އެމްޑީޕީ ޗެއާޕާސަން މަރުހަބާ ދަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy