ފޮޓޯގެލަރީ / ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް ފޯރި ބޮޑު ސްކްރީންތަކަށް

ފަޔާޒް މޫސާ

21 ނޮވެމްބަރ 2022

މާލެ - ނޮވެމްބަރު 20، 2022: ގަތަރުގައި ފެށި ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ބޮޑު ސްކްރީން ބަހައްޓައިގެން ބެލުމުގެ އިންތިޒާމުތައް ސަރުކާާރުގެ ކަމާގުޅޭ އިދާރާ އާއި އަމިއްލަ އެކި ފަރާތްތަކުން ވެސް ވަނީ ހަމަޖައްސައިދީފައި. މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗު، ގަތަރާ އިކުއެޑޯގެ ކުޅުން ބަލަން ސްކްރީންތައް ކައިރިގައި ވަރަށް ގިނަ ބަޔަކު ޖަމާވި. އޭގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވަރަށް ގިނަ ކަން ވެސް ފާހަގަކުރެވުނު. ވޯލްޑް ކަޕް މެޗު ބެލުމަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ވަނީ މެޗު ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި. ހުޅުމާލޭގައި މެޗުތައް ދައްކަނީ 40 ފޫޓު 20 ފޫޓުގެ ބޮޑު ސްކްރީނަކުން. ސްޓެލްކޯ އިން އެޗްޑީސީ އަށް ބަހައްޓައިގެން އެ ލެޑް ސްކްރީނުން މެޗު ބަލަން ގިނަ ބަޔަކު ދިޔައިރު، އެއީ ރާއްޖޭގައި ބެހެއްޓި އެންމެ ބޮޑު ސްކްރީން.---ފޮޓޯތައް؛ ފަޔާޒު މޫސާ| މިހާރު

މާލޭގެ އާޓީފިޝަލް ބީޗުގައި ބަހައްޓާފައިވާ ބޮޑު ސްކްރީނުން ވޯލްޑް ކަޕް މެޗު ބަލަން ދާ މީހުން އިށީންނަން ބަހައްޓާފައިވާ ސިޑިބަރި ފުރިގައި: ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް ރާއްޖޭގައި ވެސް ވަނީ ގިނަ އިންތިޒާމުތަކެއް ހަމަޖައްސާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާލޭގެ އާޓީފިޝަލް ބީޗުގައި ބަހައްޓާފައިވާ ބޮޑު ސްކްރީނުން މެޗު ބެލުމަށް ބަޔަކު ޖަމާވެފައި: ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް ރާއްޖޭގައި ވެސް ވަނީ ގިނަ އިންތިޒާމުތަކެއް ހަމަޖައްސާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ބިދޭސީން ސޯޝަލް ސެންޓަރުގައި އިކުއެޑޯއާ-ގަތަރުގެ މެޗު ބަލަނީ: އެ ތަނުގައި ހުރި ގޮނޑިތައް ފުރިގެން ގިނަބަޔަކު ކޮޅަށް ވެސް ތިބި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އިކުއެޑޯއާ އާއި ގަތަރުގެ ކުޅުން، ސޯޝަލް ސެންޓަރުގެ ބޮޑު ސްކްރީނުން ބަޔަކު ބަލަނީ: މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ވޯލްޑް ކަޕްގެ މެޗުތައް ބަލަން ސްކްރީންތައް ބަހައްޓާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާފަންނު ބިސްބުރު ސަރަހައްދުގައި ބަޔަކު ސްކްރީން އަޅުވައިގެން ވޯލްޑްކަޕް މެޗު ބަލަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އިކުއެޑޯއާ އާއި ގަތަރުގެ ކުޅުން ބަލަން ޕީޓްރަޕް ޕާކް ސަރަހައްދަށް ބަޔަކު ޖަމާވެފައި: އެ މެޗު 0-2 އިން ކާމިޔާބުކުރީ އިކުއެޑޯއާ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާލޭގެ އާޓީފިޝަލް ބީޗުގައި ބަހައްޓާފައިވާ ބޮޑު ސްކްރީނުން މެޗު ބެލުމަށް ބަޔަކު ޖަމާވެފައި: ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް ރާއްޖޭގައި ވެސް ވަނީ ގިނަ އިންތިޒާމުތަކެއް ހަމަޖައްސާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2024 Mihaaru · Terms and Conditions · Privacy Policy