ފޮޓޯގެލަރީ / ވޯލްޑް ކަޕް 2022

އާޖެންޓީނާގެ ސަޕޯޓަރުންނަށް ބޮޑު އުފަލެއް

ފަޔާޒް މޫސާ

19 ޑިސެމްބަރ 2022

މާލެ - ޑިސެމްބަރު 18، 2022: ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސާއި އާޖެންޓީނާ ކުޅުނު މެޗު ބެލުމަށް ދެ ޓީމުގެ ސަޕޯޓަރުން މާލޭގެ އެކި ސަރަހައްދުތަކަށް ޖަމާވި. ދިވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ވަރަށް ގިނަ ބިދޭސީންގެ އެންމެ މަގުބޫލު ކްލަބަކީ އާޖެންޓީނާ އާއި އެ ޓީމުގެ މެސީ. ހާއްސަކޮށް ބަންގްލަދޭޝްގެ ސަޕޯޓަރުން ފާހަގަކުރެވޭ. އާޓީފިޝަލް ބީޗު ސަރަހައްދުގައި ހުރި ބޮޑު ސްކްރީން ކައިރި އަށް މިރޭގެ މެޗު ބަލަން ގިނަ ބަޔަކު އެއްވީ އާޖެންޓީނާގެ ޖާޒީ ލައިގެން އެ ގައުމުގެ ދިދަތަކާއެކު. ފައިނަލް މެޗު ނިމި، އާޖެންޓީނާ މި އަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރުމާއެކު އެ ސަރަހައްދުގައި ވަރަށް ގަދަ އަށް އެ ކަން ފާހަގަކުރި. ނޫކުލައިގެ ސްމޯކް އަރުވައި ދިވެހިންނާއި ބިދޭސީން އެއްކޮށް ވަނީ މަޖީދީ މަގުން އުފާފާޅުކުރަމުން ހިނގާފައި މާފަންނު ސޯޝަލް ސެންޓަރު ސަރަހައްދާ ހިސާބަށް ގޮސްފައި. ވަރަށް ދަންވަންދެން ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ އާޖެންޓީނާގެ ކާމިޔާބު ފާހަގަކޮށްފައި.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން މާލޭގައި އެތައް ސަތޭކަ ބަޔަކު އުފާފާޅުކުރަނީ: މިރޭގެ ސެލެބްރޭޝަންގައި ދިވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންގެ ހަރަކާތްތައް ވަކިން ފާހަގަކޮށްލެވޭ.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

އާޖެންޓީނާ އިން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅިގެން މާލޭގައި އެތައް ސަތޭކަ ބަޔަކު އުފާފާޅުކުރަނީ: މި ހަރަކާތުގައި ދިވެހިންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީން ވެސް ބައިވެރިވި. ބިދޭސީންގެ ތެރެއިން ވަކިން ފާހަގަ ކުރެވެނީ ބަންގްލަދޭޝްގެ ސަޕޯޓަރުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅިގެން މާލޭގައި ބިދޭސީން އުފާފާޅުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގަތަރުގައި ބޭއްވި ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރުމާ ގުޅިގެން މާލޭގެ މަޖީދީމަގުގައި ކުރިއަށް ގެންދިޔަ އުފާފާޅުކުރުމުގެ ހަރަކާތުގައި ކުޑަކުއްޖަކު ބައިވެރިވަނީ: މިރޭގެ ސެލެބްރޭޝަންގައި ވަރަށް ކުޑަކުދިން ވެސް މާލޭގެ މަގުތަކުން ފެނުނު.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން މާލޭގައި ތިބޭ އެ ޓީމުގެ ސަޕޯޓަރުން ސްމޯކް އަރުވައި އުފާފާޅުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވޯލްޑް ކަޕް މުބާރަތް ތިން ވަނަ ފަހަރަށް ކާމިޔާބު ކުރި އާޖެންޓީނާ އަށް ވޯލްޑް ކަޕް ތަށި ދޭން ތައްޔާރު ވާއިރު، މާލޭގެ އާޓީފިޝަލް ބީޗު ސަރަަހައްދުގައި ބޮޑު ސްކްރީނުން މެޗު ބަލަން ޖަމާވި މީހުން ފޯނުން އެ މަންޒަރުގެ ފޮޓޯ ނަގަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލަން އާޓިފިޝަލް ބީޗް ސަރަހައްދަށް ޖަމާވި އާޖެންޓީނާ އަށް ސްޕޯޓުކުރާ ބަންގްލަދޭޝްގެ ބަޔަކު ފޯނުން ގްރޫޕް ފޮޓޯއެއް ނަގަން ތައްޔާރުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ފްރާންސް ކޮޅަށް އާޖެންޓީނާ އިން ގޯލެއް ޖެހުމުން، އާޓިފިޝަލް ބީޗު ސަރަހައްދަށް މެޗުބަލަން ޖަމާވި މީހުން އާޖެންޓީނާގެ ދިދައާއެކު އުފާފާޅުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި އާޖެންޓީނާ އިން ގޯލް ޖެހުމުން މީހުން އުފާފާޅުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފްރާންސަށް ސަޕޯޓުކުރާ ދިވެހި ކުޑަކުދިންތަކެއް މިރޭ އާޓިފިޝަލް ބީޗުގައި ފޮޓޯއަަކަށް ތައްޔާރު ވެގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލަން އާޓިފިޝަލް ބީޗް ސަރަހައްދަށް ޖަމާވި ބައެއް މީހުން: މި އަހަރުގެ ވޯލްޑް ކަޕްގައި އެންމެ ފޯރި ނެގި އެއް ސަރަހައްދަކީ މިއީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ދިވެހިންނާއި ބިދޭސީން އާޓިފިޝަލް ބީޗު ސަރަހައްދުގައި ގައި މިރޭގެ ފައިނަލް މެޗު ބަލަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިރޭ ކުޅުނު ވޯލްކަޕް ފައިނަލް މެޗު އާޓިފިޝަލް ބީޗުގެ ބޮޑު ސްކްރީންގައި ބަލަނީ: އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ބަލިކޮށް މި އަހަރު ވޯލްޑްކަޕް ކާމިޔާބު ކުރީ އާޖެންޓީނާ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވޯލްޑްކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ސަޕޯޓަރުން އާޓިފިޝަލް ބީޗު ސަރަހައްދުގައި ފްރާންސް-އާޖެންޓީނާގެ ފައިނަލް މެޗު ބަލަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި އަހަރުގެ ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާ އުފުލައިލުމުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ބަންގްލަދޭޝްގެ ސަޕޯޓަރުން އެ ކަން ފާހަގަކޮށް ފޯރި ނަގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އާޓިފިޝަލް ބީޗު ސަރަހައްދުގައި އާޖެންޓީނާގެ ސަޕޯޓަރުން މެޗު ބަލަނީ: ދިވެހިންގެ އިތުރުނަ އެތައް ސަތޭކަ ބިދޭސީންނެއް ވެސް ވަނީ އެ ސަރަހައްދުގައި މެޗު ބަލައި، އާޖެންޓީނާގެ ކާމިޔާބީގައި ބައިވެރިވެފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އާޖެންޓީނާ އިން ފްރާންސް ކޮޅަށް ލަނޑު ޖެހުމުން އެ ޓީމު ސަޕޯޓަރުން އުފާފާޅުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އާޖެންޓީނާ އަށް ސަޕޯޓުކުރާ މީހުން އެ ޓީމުގެ ދިދަ ވިހުރުވަނީ: އާޖެންޓީނާ އާއި ފްރާންސްގެ ފައިނަލް މެޗު ބަލަން އެތައް ސަތޭކަ ބަޔަކު އާޓިފިޝަލް ބީޗް ސަރަހައްދަށް ޖަމާވެ ފޯރި ނެގި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އާޓިފިޝަލް ބީޗު ސަރަހައްދުގައި އާޖެންޓީނާގެ ސަޕޯޓަރަކު މެޗު ބަލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިރޭ ކުޅުނު ވޯލްޑްކަޕް ފައިނަލް މެޗު ބަލަން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިން އާޖެންޓީނާ ޖާޒީ ލައިގެން އާޓިފިޝަލް ބީޗް ސަރަަހައްދުގައި މެޗު ބަލަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފްރާންސާއި އާޖެންޓީނާ ކުޅުނު މި އަހަރުގެ ވޯލްޑްކަޕް ފައިނަލް މެޗު ބަލަން މާލޭގެ އާޓިފިޝަލް ބީޗަށް މީހުން ޖަމާވެފައި: މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ ސަޕޯޓަރުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފްރާންސާއި އާޖެންޓީނާ ކުޅުނު މި އަހަރުގެ ވޯލްޑްކަޕް ފައިނަލް މެޗު ބަލަން މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދަށް ދިޔަ އާޖެންޓީނާގެ ބަންގްލަދޭޝްގެ ސަޕޯޓަރަކު އާޖެޓީނާގެ ޖާޒީ ދައްކާލަނީ: ބަންގްލަދޭޝްގެ މީހުންނަށް އެންމެ ކަމުދަނީ އާޖެންޓީނާ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2024 Mihaaru · Terms and Conditions · Privacy Policy