ޖުޑީޝަލް އަހަރު ފެށުން
މާލެ - ފެބްރުއަރީ 9، 2023: ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާ: މި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އުއްތަމަ ފަނޑޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ނައިބު ރައީސް ފައިސަލް ނަސީމާއި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އިތުރުން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވި. އަދި ކުރިން ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި ބައެއް ވަކީލުން ވެސް ވަނީ ބައިވެރިވެވަޑައިގެންނެވި. ޝަރަފްވެރިކަމާ އެކު ފަނޑިޔާރުކަމުން ރިޓަޔާވި ބޭފުޅުންނަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ އާއި މެޑެލް ވެސް މި ޖަލްސާގައި އެރުވި. ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ޝަރުއީ ދާއިރާ އަށް އާންމުންގެ އިތުބާރު ލިބެމުން އަންނަ ކަމަށް.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާ: ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވި ބޭފުޅުންނަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ އާއި މެޑަލް މި ޖަލްސާގައި އެރުވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޖުޑިޝަލް އަހަރު ފެށުމަށް ބޭއްވި ޖަލްސާއަށް ފަހު، އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ސަލާމް ކުރައްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޖުޑީޝަލް އަހަރު ފެށުމަށް ބޭއްވި ޖަލްސާ، ނިންމާލުމަށް ގައުމީ ސަލާމަށް ތެދުވެވަޑައިގެން، ގައުމީ ސަލާން ވިދާޅުވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޝަރުއީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަގުވަޒަންކުރުމުގެ ހަނދާނީ ފިލާ ދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޖުޑީޝަލް އަހަރު ފެށުމަށް ބޭއްވި ޖަލްސާގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވާހަކަފުޅު ދައްކަވަނީ: ފަނޑިޔާރުންގެ މަގްސަދަކަށް ވާން ޖެހޭނީ ގާނޫނާއި އާންމު މަސްލަހަތު ހިމާޔަތްކުރުން ކަމަށް ވިދާޅުވި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވި ފަނޑިޔާރަކަށް އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ އާއި މެޑަލް ދެއްވަނީ، އެ ބޭފުޅުންނަށް ފިލާ އާއި މެޑަލް ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން .--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޝަރަފްވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވި ފަނޑިޔާރަކަށް އަގުވަޒަންކުރުމުގެ ފިލާ އާއި މެޑެލް ދެއްވުމަށް ފަހު، އޭނާއާ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވާހަކަފުޅު ދައްކަވާލައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވި ފަނޑިޔާރަކަށް އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ އާއި މެޑަލް ދެއްވަނީ، އެ ބޭފުޅުންނަށް ފިލާ އާއި މެޑަލް ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން .--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް އަހަރު ރަސްމީކޮށް ފައްޓަވައި ދެއްވާއިރު، އަރިހުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ނައިބު ރައީސް ފައިސަލް ނަސީމް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޖުޑީޝަލް އަހަރު ފެށުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ނައިބު ރައީސް ފައިސަލް ނަސީމާއި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އަދި އެ ކޮމިޝަންގެ މެމްބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން (ކ-ވ) ސުއޫދު، މަހާޒް އަދި އަޒްމިރަލްދާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަލީ ރަޝީދު ހުސެއިން (ކ) އާއި ހުސްނުއްސުއޫދު، ޖުޑީޝަލް އަހަރު ފެށުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ބައެއް ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ބައެއް ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ބައެއް ވަކީލުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޕްރިޒްންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅާއި ރާއްޖޭގައި ތިއްބަވާ ބޭރު ގައުުމުތަކުގެ ބައެއް ސަފީރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު