ރައީސް ރިޔާސީ ކެމްޕެއިނަށް ހުވަދު އަތޮޅުގައި
ހުވަދު އަތޮޅު - އޮގަސްޓް 8، 2023: ގއ. އާއި ގދ. ގެ ރަށްތަކަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެއްޓެވި ކެމްޕެއިންގެ ދަތުރުފުޅުގެ ބައެއް މަންޒަރުތައް: މިއަދު ވަނީ އެ އަތޮޅުގެ ހަ ރަށަކަށް ވަޑައިގެން ބައެއް ޕްރޮޖެކްޓުތައް އިފްތިތާހު ކޮށްދެއްވައި ސަޕޯޓަރުންނާ ބައްދަލު ކުރައްވާފައި. މި ދަތުރުފުޅުގައި ރައީސް އިބްރާހިމް ސޯލިހާ އެކު، އެ މަނިކުފާނުގެ ރަނިންމޭޓް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި އެމްޑީއޭގެ ނައިބު ރައީސުން ބައިވެރިވެވަޑައިގަންނަވާ.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގދ. ހޯނޑެއްދޫން މަރުހަބާ ކިޔަން ނުކުތް މީހުންނާ އެ މަނިކުފާނު ސަލާން ކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ ގައްދު އަށް ވަޑައިގެން ބޭއްވި ކެމްޕެއިން ޖަލްސާގައި އެ ރަށުގެ ބައެއް ޒުވާނުން ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ ގައްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ގައްދޫގައި ބޭއްވި ޖަލްސާގައި އެމްޑީއޭގެ ނައިބު ރައީސް އާއިޝަތު ރަފިއްޔާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމު ސޯލިހު ގދ ގައްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ގައްދޫގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. އަރިހުގައި ރަނިންމޭޓް މުހައްމަދު އަސްލަމާއި އަދާލަތު ޕާޓިގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިނަށް ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ފިޔޯރީ އަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމން ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ގދ. ފިޔޯރީ އަށް ވަޑައިގަންނަވާތީ މަރުހަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް މީހުން ޖަމާވެފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިނަށް ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ފިޔޯރީގައި: އަރިހުގައި ރަނިންމޭޓް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ފިޔޯރީ އަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ގދ. ރަތަފަންދު އަށް ވަޑައިގަތުމުން އެ މަނިކުފާނާ އެކު، އެ ރަށުގެ ޒުވާން އަންހެނަކު ސެލްފީއެއް ނަގަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ކެމްޕެއިނަށް ގދ. ރަތަފަންދު އަށް ލޯންޗުކޮޅުގައި ވަޑައިގަންނަވަނީ: އެ ރަށުގެ ފެނަކައިގެ އާ އޮފީސް އެ މަނިކުފާނު ހުޅުއްވައި ދެއްވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ގދ. ރަތަފަންދު އަށް ވަޑައިގަންނަވާތީ މަރުހަބާ ކިޔަން ބަނދަރު ސަރަހައްދަށް ޖަމާވި ކުޑަކުދިންތަކެއް ކުޅެނީ.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ގދ. ނަޑެއްލާ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ބައިވެރިވި ޒުވާން އަންހެނަކު ގައުމީ ދިދަ އާއި އެމްޑީޕީގެ ދިދަ ދެމެދު މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ގދ. ހޯނޑެއްދު އަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެ މަނިކުފާނަށް ތާއީދު ކުރާ މީހަކު ކުއްޖަކު ގޮވައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް ގދ. ނަޑެއްލާ އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަން އެ ޕާޓީގެ ދިދަ ހިފައިގެން ބަނދަރުމަތީގައި ހުރި އުމުރުން ދުވަސްވީ މީހެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. އާއި ގދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ހޯނޑެއްދު އަށް ވަޑައިގަތުމުން އެ ރަށުގެ ކުޑަކުއްޖަކު އެ މަނިކުފާނަށް މަރުހަބާ ކިޔަން ސަލާން ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު މަޑަވެލީގެ ފެނުގެ ނިޒާމުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅު ފެށުމަށްޓަކައި ކެމްޕެއިން ޓީމާ އެކު ގދ. ކާޑެއްދޫ އެއާޕޯޓްގައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު