"އާ ޖޯޝާއެކީ ކުރިއަށް" އެމްޑީޕީ ޖަގަހަ ޖަލްސާ
މާލެ - ސެޕްޓެމްބަރު 12، 2023: އެމްޑީޕީގެ މައްޗަށް އިދިކޮޅު ޕީއެންސީން ކުރި ހޯދި ރިޔަސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓަށް ފަހު އެމްޑީޕީއިން މާލޭގައި ބޭއްވި ފުރަތަމަ ޖަގަހަ ޖަލްސާ ވަނީ ރޭ ދަނޑިކޮށީ ޖަގަހައިގައި ބާއްވާފައި. އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީގެ ކެމްޕެއިން ފެށުމަށް "އާ ޖޯޝާއެކީ ކުރިއަށް" ނަމުގައި ބޭއްވި މި ޖަގަހަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރަނިންމޭޓް އަސްލަމް އިތުރުން ގިނަ އަދަދައެއްގެ މީހުން ވަނީ ބައިވެރިވެފަ. ފުރަތަމަ ބުރުގައި ނާކާމިޔާބީއާ ކުރިމަތިވާން ކެމްޕޭންގައި ހެދުނު ގޯސްތައް ދެނެގަނެވިއްޖެ ކަމަށާއި ހިތްވަރާ އެކު އެންމެން އެކުގައި 17 ދުވަހުން ނަތީޖާ ބޮޑުތަނުން އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވި -- ފޮޓޯތައް؛ ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ބުރުގެ ކެމްޕެއިން ފެށުމަށް މާލޭގައި ބޭއްވި ފުރަަތަމަ ޖަގަހަ ޖަލްސާއަށް ފަހު ސަޕޯޓަރަކާއެކު ސެލްފީއެއް ނަގަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ބުރުގެ ކެމްޕެއިން ފެށުމަށް މާލޭގައި ބޭއްވި ފުރަަތަމަ ޖަގަހަ ޖަލްސާއަށް ފަހު ސަޕޯޓަރުންނާ ސަލާންކުރައްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އާ ޖޯޝާއެކީ ކުރިއަށް ނަމުގައި ރޭ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އެމްޑީޕީގެ ސަޕޯޓަރުން ޖަގަހަ ބޭރުގައި، އަތުން އެމްޑީޕީގެ ކެންޑިޑޭޓް ނަންބަރު 3 ދައްކާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ދަނޑިކޮށީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރަނިންމޭޓް މުހައްމަދު އަސްލަމް ރޭ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ދަނޑިކޮށީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ދަނޑިކޮށީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ދެވަނަ ބުރަށް ކެމްޕެއިން ފެށުމަށް ދަނޑިކޮށީ ޖަގަހައިގައި ބޭއްވި ޖަލްސާ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފަސްޓްލޭޑީ ފަޒްނާ އަހުމަދު އާ އެންވާރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އިންތިހާބުގެ ފުރަތަމަ ބުރައްފަހު ރޭ އެމްޑީޕީއިން ބޭއްވި ޖަގަހަ ޖަލްސާގައި ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ދަނޑިކޮށީ ޖަގަހައިގެ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ސަޕޯޓަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީއިން ދެވަނަ ބުރުގެ ކެމްޕެއިން ފެށުމަށް މާލޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އާ ޖޯޝާއެކީ ކުރިއަށް" ނަމުގައި ދެވަނަ ބުރުގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވަނީ، އަރިހުގައި ޗެއާޕާސަން ފައްޔާޒު އާ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ އަނބިކަބަލުން ފަޒްނާ އަހުމަދު ރޭ ދަނޑިކޮށީ ޖަގަހައިގައި ބޭއްވި ޖަގަހަ ޖަލްސާއަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާންކުރައްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ދަނޑިކޮށީ ޖަގަހައިގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރޭގެ ޖަލްސާއަށްފަހު ރައީސް، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: ވިދާޅުވީ ފޯކަސް އޮތީ ކެމްޕެއިނަށް ކަމަށް - ފޮޓޯ: އެމްޑީޕީ