އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތު
މާލެ - އޮކްޓޫބަރު 31، 2024: މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މި އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު. މި ރަސްމިއްޔާތުގައި ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗުގެ 22 ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައި. މި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު. މެލޭޝިޔާގެ ކެބަންސާން ޔުނިވާސިޓީއާ ގުޅިގެން އެމްއެންޔޫގައި ޑޮކްޓަރުކަން ކިޔަވައިދޭން ފެށީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު. މެޑިސިންގެ އިތުރުން އެހެން ކޯސްތަކާއެކު އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޖުމްލަ 311 ދަރިވަރަކު ދަސްވެނިވެ ސެޓްފިކެޓް ހާސިލް ކުރާނެ. -- ފޮޓޯތައް: ރައީސް އޮފީސް
އެމްއެންޔޫއިން ދަސްވެނިވި ދަރިވަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސެޓްފިކެޓް ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް
އެމްއެންޔޫއިން ދަސްވެނިވި ދަރިވަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސެޓްފިކެޓް ދެއްވަނީ: މެޑިސިންގެ ފުރަތަމަ ބެޗުގެ 22 ދަރިވަރުން ވަނީ ދަސްވެނިވެފައި --- ފޮޓޯ: ރައީސް އޮފީސް
ދަސްވެނިވި ދަރިވަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސެޓްފިކެޓް ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް
އެމްއެންޔޫއިން ދަސްވެނިވި ދަރިވަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސެޓްފިކެޓް ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް
އެމްއެންޔޫއިން ހިންގި ޝަރީއާ ކޯހުން އެއްވަނަ ލިބުނު ދަރިވަރަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިނާމު ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް
އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް
އެމްއެންޔޫއިން ދަސްވެނިވި ދަރިވަރަކަށް ސެޓްފިކެޓް ދެނީ --- ފޮޓޯ: ރައީސް އޮފީސް
ދަސްވެނިވި ދަރިވަރަކަށް ސެޓްފިކެޓް ދެނީ: މި އަހަރު ޖުމްލަ 311 ދަރިވަރަކު ވަނީ ދަސްވެނިވެފައި --- ފޮޓޯ: ރައީސް އޮފީސް
އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިއަހަރު ދަސްވެނިވި ދަރިވަރުން ބައިވެރިވަނީ -- ފޮޓޯ: ރައީސް އޮފީސް
އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ: ރައީސް އޮފީސް
އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބެލެނިވެރިން ބައިވެރިވަނީ --- ފޮޓޯ: ރައީސް އޮފީސް
އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ޔުނިވަސިޓީގެ ޗާންސެލާ ޑރ. މަހްމޫދު ޝައުގީ ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް
އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޔުނިވަސިޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް