ނިއުމަތުﷲ އިދުރީސް
10 ޖެނުއަރީ 2025
އެމެރިކާގެ ލޮސް އެންޖެލިސްގެ އެކި ހިސާބުތަކުގައި ރޯވެ އަނދަމުން ދާއިރު އަލިފާން ކޮންޓްރޯލްކުރެވޭނެ ގޮތެއް ނެތި ބިރުވެރިކަން ވަނީ ބޮޑުވެފައި. ގަދަ ވަޔާ އެކު އަދިވެސް ހާލަތު ގޯސްވާނެ ކަމަށް ބެލެވޭއިރު މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައި. އަގު ބޮޑު ގެދޮރާއި މުދާތައް ސަލާމަތްކުރެވޭނެ ގޮތެއް ނެތި ހާސްކަން ވަނީ ދަނީ ބޮޑުވަމުން.
ޖެނުއަރީ 9، 2025: ކެލިފޯނިއާގެ ލޮސް އެންޖެލިސް ކައުންޓީގެ އަލްޓަޑެނާ ސަރަހައްދުގައި ރޯވެ އަނދާފައިވާ ގެއެއް. ގަދަ ވަޔާ އެކު ހަލުވިކަމާ އެކު ފެތުރެމުންދާ އަލިފާނުގައި މިހާތަނަށް ވަނީ ހާހަކަށްވުރެ ގިނަ އިމާރާތް އަނދައި ބައެއް ނެއިބަހުޑްތައް އަޅިއަށް ވެފައި. -- ފޮޓޯ: އޭއެފްޕީ
ޖެނުއަރީ 9، 2025: ކެލިފޯނިއާގެ ލޮސް އެންޖެލިސް ކައުންޓީގެ އަލްޓަޑެނާ ސަރަހައްދުގައި ރޯވެ އަނދާފައިވާ ގެތައް ބަލަނީ. ގަދަ ވަޔާ އެކު ހަލުވިކަމާ އެކު ފެތުރެމުންދާ އަލިފާނުގައި މިހާތަނަށް ވަނީ ހާހަކަށްވުރެ ގިނަ އިމާރާތް އަނދައި ބައެއް ނެއިބަހުޑްތައް އަޅިއަށް ވެފައި. -- ފޮޓޯ: އޭއެފްޕީ
ޖެނުއަރީ 9، 2025: ކެލިފޯނިއާގެ ލޮސް އެންޖެލިސް ކައުންޓީގެ އަލްޓަޑެނާ ސަރަހައްދުގައި ރޯވެ އަނދާފައިވާ ގެތައް ބަލަނީ. ގަދަ ވަޔާ އެކު ހަލުވިކަމާ އެކު ފެތުރެމުންދާ އަލިފާނުގައި މިހާތަނަށް ވަނީ ހާހަކަށްވުރެ ގިނަ އިމާރާތް އަނދައި ބައެއް ނެއިބަހުޑްތައް އަޅިއަށް ވެފައި. -- ފޮޓޯ: އޭއެފްޕީ
ޖެނުއަރީ 8، 2025: ކެލިފޯނިއާގެ ލޮސް އެންޖެލިސް ކައުންޓީގެ އަލްޓަޑެނާ ސަރަހައްދުގައި ހުރި ބަނގުރާ ފިހާރައެއްގައި ރޯވެ އަނދާއިރު އަލިފާން ނިއްވާ މީހަކު ހިނގާފައި ދަނީ. ލޮސް އެންޖެލިސްގެ އެކި ހިސާބުތަކުގައި ރޯވި އަލިފާން ނިއްވާނުލެވި ފެތުރެމުން ދާއިރު މިހާތަނަށް ވަނީ ފަސް މީހަކު މަރުވެފައި. -- ފޮޓޯ: އޭއެފްޕީ
ޖެނުއަރީ 8، 2025 - ކެލިފޯނިއާގެ ލޮސް އެންޖެލިސް ކައުންޓީގެ އަލްޓަޑެނާ ސަރަހައްދުގައި ރޯވެފައިވާ އަލިފާން ބޭންކް އޮފް އެމެރިކާގެ އޮފީހަކަށް ފެތުރި އަނދަނީ. -- ފޮޓޯ: އޭއެފްޕީ
ޖެނުއަރީ 8، 2025- ކެލިފޯނިއާގެ ލޮސް އެންޖެލިސް ކައުންޓީގެ އަލްޓަޑެނާ ސަރަހައްދުގައި އަނދާފައިވާ ގެއެއްގެ ކައިރި ބަޔަކު މަޑުކޮށްލައިގެން. އެމެރިކާގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ކެލިފޯނިއާގެ ވަށައިގެން އަލިފާން ރޯވެ އަނދަމުން ދާއިރު 1،000 އަށް ވުރެ ގިނަ އިމާރާތް އަނދައި، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދާން ވަނީ މަޖުބޫރުވެފައި. -- ފޮޓޯ: އޭއެފްޕީ
ޖެނުއަރީ 8، 2025: ކެލިފޯނިއާގެ ލޮސް އެންޖެލިސް ކައުންޓީގެ އަލްޓަޑެނާ ސަރަހައްދުގައި ހުރި އެޕާޓްމަންޓް އިމާރާތެއް އަނދަމުން ދާއިރު އަލިފާން ނިއްވާ މީހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ. --ފޮޓޯ: އޭއެފްޕީ
ކެލިފޯނިއާ: ޖެނުއަރީ 8، 2025- އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖެލިސްގެ އަލްޓަޑެނާ ސަރަހައްދުގައި ހުރި ފިހާރައެއްގައި ރޯވެ އަނދަނީ. -- ފޮޓޯ: އޭއެފްޕީ
ކެލިފޯނިއާ: ޖެނުއަރީ 8، 2025- އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖެލިސްގެ އަލްޓަޑެނާ ސަރަހައްދުގައި ހުރި ފިހާރައެއްގައި ރޯވެ އަނދަމުން ދާއިރު ބަޔަކު އެ ސަރަހައްދުން ދުއްވާފައި ދަނީ. ގަދަ ވަޔާ އެކު އަލިފާން ދަނީ އެކި ހިސާބުތަކަށް ފެތުރެމުން. -- ފޮޓޯ: އޭއެފްޕީ
އެމެރިކާގެ ލޮސް އެންޖެލިސްގެ ގެއެއްގައި ރޯވެފައި: އެ ސިޓީގެ އެކި ހިސާބުގައި ދަނީ އަލިފާންގަނޑުތައް އަނދަމުން. -- ފޮޓޯ: އޭއެފްޕީ
ޖެނުއަރީ 8، 2025 ގައި ކެލިފޯނިއާގެ ލޮސް އެންޖެލިސް އަށް އިރު އޮއްސުނު އިރު އަލިފާނުގެ ހާދިސާތަކުގައި އަރަމުން ދިޔަ ދުމުން އުދަރެސް ބެދިފައި. ލޮސް އެންޖެލިސްގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯވެ އަނދަމުން ދާއިރު މިހާތަނަށް ވަނީ ފަސް މީހަކު މަރުވެފައިވާ. -- ފޮޓޯ: އޭއެފްޕީ
ޖެނުއަރީ 8، 2025 ގައި ކެލިފޯނިއާގެ ލޮސް އެންޖެލިސް އަށް އިރުއޮއްސޭ އިރު، އަލިފާނުގެ ހާދިސާތަކުން ލޮސް އެންޖެލިސްގެ ޑައުންޓައުން، ޔޫއެސްސީ ކެމްޕަސް އަދި ލޮސް އެންޖެލިސް މެމޯރިއަލް ކޮލިޒިއަމްގެ އުދަރެސް ދުމުން ބެދިފައި. -- ފޮޓޯ: އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy