ރޯދައިގެ އެންމެ ފަހުގެ ތައްޔާރީތައް
މާލޭ ބާޒާރުމަތީގެ އެކި ސަރަހައްދުތަކުން ނަގާފައިވާ މި ފޮޓޯތަކުގައި އެ ވަނީ މި އަހަރުގެ ރޯދަ މަސް ފެށުމަށް ވަގުތު ކުޑަތަން ވެފައި ވާއިރު ގޭގެޔަށް ބޭނުންވާ ސާމާނު ގަތުމަށާއި ރަށްރަށަށް މުދާ ފޮނުވުމުގައި މީހުން ހޭލަމޭލަވާ މަންޒަރު. ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގެނެސް ފުރާލާފައި ވާއިރު އަގުތައް އަދި ހުރީ އާދައިގެ ވަރެއްގައި.-- ފޮޓޯތައް: ނިޝާން އަލީ އަދި ފަޔާޒު މޫސާ | މިހާރު
ލޯކަލް މާރުކޭޓު ސަރަހައްދުގައި މީހަކު ބިސްތަކެއް ފޮށީގައި އަތުރަނީ. ބިސް ކޭހެއްގެ އަގު އެވްރެޖްކޮށް އުޅެނީ 320ރ. އަށް -- ފޮޓޯ: ނިޝާން އަލީ | މިހާރު
މާރުކޭޓު ސަރަހައްދުގައި މީހަކު ކަރާ ގޯނިތަކެއް ޓްރޯލީއަކަށް އަރުވައިގެން ގެންދަނީ: ކަރާ ކިލޯއެއް ލިބެން ހުރީ 25ރ. އަށް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެސްޓީއޯއިން ރޯދައަށް ރާއްޖެ ގެނައި ކާޑުގެ ބާވަތްތައް އެސްޓީއޯ ކާޑު ގުދަނަށް ވައްދަނީ: ރޯދަ މަހު ބާޒާރުގެ އަގު ކޮންޓްރޯލްކުރުމަށް އެސްޓީއޯއިން ބައެއް އަސާސީ މުދާ ހެޔޮ އަގުގައި ގެންދަނީ ވިއްކަމުން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ލޯކަލް މާރުކޭޓު ކައިރިން މީހަކު ޓްރޯލީއެއްގައި މުދާ ތަކެއް ގެންދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ނޯތު ހާބަރުގައި އޮތް ބޯޓަކަށް މުދާ ފޮށިގަނޑުތަކެއް އަރުވަން ދެ މީހަކު ދަނީ: ރަށްރަށް ގިނަ އަދަދެއްގެ މުދާ ރޯދަ މަހާ ދިމާކޮށް ފޮނުވާ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މާރުކޭޓް ގޮޅިއެއްގައި ކާށި ވިއްކާ މީހަކު ކާށިތަކެއް ސާފުކުރަނީ: ކާއްޓެއް 16 ވަރަކަށް ރުފިޔާއަށް ލިބެން ހުރި އިރު މިއީ ރޯދަ މަހު އަގު ވަރަށް ބޮޑަށް އުފުލޭ އެއްޗެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި މީހަކު މިރުސްތަކެއް ވިއްކަން އަތުރަނީ: ބާޒާރުގައި މިރުސް ކިލޯއެއްގެ އަގު އުޅެނީ 300ރ. އާ ހިސާބުގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރަށަކަށް ގެންދަން މުދާތަކެއް ބޯޓަށް އަރުވަނީ .-- ފޮޓޯ: ނިޝާން އަލީ | މިހާރު
ރަށަކަށް ގެންދަން މުދާތަކެއް ބޯޓަށް އަރުވަނީ: ރޯދަ މަހަށް ރަށްރަށް ގެންދާ މުދަލާ އެކު ގިނަ ބޯޓުތައް ވަނީ މިހާރު ވަނީ ފުރާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ރޯދަމަހާ ދިމާކޮށް އެކި ރަށްރަށަށް ގެންދަން ބޯޓުތަކަށް މުދާ އަރުވަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މީހަކު ކެޔޮގަނޑެއް ހިފައިގެން ދަނީ: މިއީ ރޯދަ މަހާ ދިމާކޮށް އެންމެ ޑިމާންޑް ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ދޮންކެޔޮ ހިމެނޭ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބާޒާރު ސަރަހައްދުގައި މީހަކު ބިސްކޭހެއް ކޮނޑު ޖަހައިގެން ދަނީ: މި ވަގުތު ބާޒާރުން ބިސް ކޭހެއް ލިބެން ހުރީ 320ރ އަށް -- ފޮޓޯ: ނިޝާން އަލީ | މިހާރު
ނޯތު ހާބަރު ސަރަހައްދުގައި ތަރުކާރީ އާއި މޭވާ ވިއްކާ ފިހާރައަކުން މީހަކު ވިޔަފާރިކުރަނީ: ރޯދައަށް ބޭނުންވާ ގިނަ ބާވަތްތަކުގެ މުދާ ބާޒާރުން ލިބެން އެބަހުރި -- ފޮޓޯ: ނިޝާން އަލީ | މިހާރު
މާރުކޭޓު ފިހާރަބަރި ސަރަހައްދުގައި، ރޯދަ މަހު އާންމުކޮށް ބޭނުންކުރާ މުދާ އެކި ތަންތަނަށް ފޮނުވަން ތައްޔާރުކޮށްފައި: ރޯދަ މަސް ފެށުމާ ދިމާކޮށް މާރުކޭޓް ސަރަހައްދަށް ބާރު ބޮޑު. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ލޯކަލް މާރުކޭޓުގެ ގޮޅިއަކުން މީހަކު މިރުސް ގަންނަނީ: ކަނޑޫދޫ މިރުސް 100ގްރާމް 30ރ އަށް ލިބެން ހުރި އިރު ކިލޯއެއް ލިބެން ހުރީ 295ރ އަށް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ހުރި ލޮނުމެދު ތަކެއް: ކިލޯއެއް އުޅެނީ 120 ރ އަށް -- ފޮޓޯ: ނިޝާން އަލީ | މިހާރު
ނޯތު ހާބަރު ސަރަހައްދުގައި ތަރުކާރީ އާ މޭވާ ވިއްކާ ފިހާރައެއްގައި ވިއްކަން ހުރި ބައެއް ތަކެތި: މި ސަރަހައްދު ފިހާރަތައް ހުރީ އާ ސްޓޮކް ގެނެސް ފުރާލާފައިވާ -- ފޮޓޯ: ނިޝާން އަލީ | މިހާރު