ރޯދަމަހަށް މާލޭގެ ބާޒާރުމަތީގެ ތައްޔާރީތައް

މާލެ - މާޗު 10، 2024: މާދަމާ ފަށާ މި އަހަރުގެ ރޯދަމަހުގެ އެންމެ ފަހުގެ ތައްޔާރީތައް: ބާޒާރުމަތީގެ އެކި ސަރަހައްދުތަކުން ނަގާފައިވާ މި ފޮޓޯތަކުން ފެންނާނީ މުލަ ރޯދަ އަށް ގެ އަށް ބޭނުންވާ އެއްޗެހި ގަތުމަށާއި ރަށްރަށަށް މުދާ ފޮނުވުމަށް އާންމުން މާލޭގެ ލޯކަލް މާރުކޭޓާއި މަގުތަކުގައި ހަރަކާތްތެރިވަމުން އަންނަ މަންޒަރުތައް. ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް އާ ސްޓޮކް ގެނެސް ފުރާލާފައިވާ އިރު، ތަކެތީގެ އަގު ބޮޑު ނޫންކަން ފާހަގަކުރެވޭ.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ފަޔާޒް މޫސާ
ފަޔާޒް މޫސާ
10 މާރިޗު 2024
ބާޒާރު ސަރަހައްދުގައި މީހަކު ޕިކަޕަކުން ބިސް ކޭހާއި ފިޔާ ބަސްތާތަކެއް ބޭލުމުގެ މަސައްކަތް ކުރަނީ: ބިސް ކޭހެއް އެވްރެޖްކޮށް އުޅެނީ 300ރ. އަށް. އެސްޓީއޯ އިން ބުނީ ފިޔާ ބަސްތާއެއް ވިއްކަނީ 320ރ އަށް ކަމަށް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާރުކޭޓު ސަރަހައްދުގައި ބަޔަކު ކަރާ ގޯނިތަކެއް ލޮރީތަކަށް ބަރުކުރަނީ: ކަރަލުގެ އަގު އުޅެނީ 20ރ. އާއި 22ރ. އާ ދެމެދު.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރަށަކަށް ގެންދިއުމަށްޓަކައި މުދާތަކެއް ބޯޓަށް އަރުވަނީ: ރޯދަމަސް މާދަމާ ފެށެންވާއިރަށް އެކި ރަށްރަށަށް ފުރާ ބޯޓުތަކާއި ދޯނިތަކަށް މުދާ ބަރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް މިއަދު ކުރިއަށް އެބަގެންދޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކުޑަ ޑިންގީއަކުން މަސްތަކެއް އެއްގަމަށް އަރުވަނީ: މަސްމާރުކޭޓުގައި ކަންނެލި ކިލޯއެއް އުޅެނީ 65ރ އަށް .-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރަށަކަށް ގެންދިއުމަށްޓަކައި ލޮނުމެދު ބަސްތާއެއް ބޯޓަކަށް އަރުވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ދަތުރުވެރިންގެ މާރުކޭޓު ހަލަބޮލިކޮށް: މާރުކޭޓުގައި ކަރާ ކިލޯއެއް ހުރީ 20ރ. އާއި 22ރ. އާ ދެމެދު އަދި މިރުސް ކިލޯއެއް 500ރ. އަށް ހުރި އިރު ލުބޯ ހުރީ ކިލޯއެއް 65ރ. އަށް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާދަމާ ފަށާ މި ފަހަރުގެ ރޯދަމަހާ ދިމާކޮށް އެކި ރަށްރަށަށް ގެންދިއުމަށްޓަކައި ބޯޓުތަކަށް އެރުވުމަށް ތައްޔާރު ކޮށްފައިވާ މުދާތައް ނޯތު ހާބަރު ސަރަހައްދުގައި ބަހައްޓާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރަށަކަށް ގެންދިއުމަށްޓަކައި މުދާތަކެއް ބޯޓަށް އަރުވަނީ: މާލޭގެ ފަޅުގައި އަޅާފައިވާ ގިނަ ބޯޓުތަކަށް މިހާރު އަންނަނީ މުދާ ބަރުކުރަމުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާޑުގެ ބައެއް ބާވަތްތަށް ބަނދަރު ސަރަހައްދުގައި އޮތް ދޯންޏަކަށް އަރުވަނީ: މާދަމާ ފަށާ ރޯދަމަހަށް ސަރުކާރުން ވެސް ވަނީ ގޭބީސީތަކަށް 10 ކިލޯ ފުށާއި 10 ކިލޯ ހަނޑޫ ހަދިޔާކޮށްފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޮރެންޖްތަކެއް ބާސްކެޓްތަކަކަށް އަޅަނީ: ބާޒާރުގައި އޮރެންޖް ކޭހެށް އުޅެނީ 400ރ. އަށް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާރުކޭޓު ސަރަހައްދުގައި މީހަކު ތޮރާތަކެއް ހިފައިގެން ދަނީ،: ބާޒާރުމަތީ އަގުތަކަށް ބަލާލާއިރު، ކުރިއެކޭ އެއްގޮތަށް މި އަހަރު ވެސް ދިވެހިން އާންމުކޮށް ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ގިނަ ބާވަތްތަކުގެ އަގު ވަނީ އުފުލިފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާޒާރު ސަރަހައްދުގައި ބަޔަކު ރޯދަމަހަށް ބޭނުންވާ ބައެއް ތަކެތި ލޮރީއަކަށް އަރުވަނީ: އާންމުކޮށް ރޯދަމަހާ ދިމާކޮށް، ބާޒާރުގެ ތަކެތީގެ އަގު އުފުލެމުން ދިޔަ ނަމަވެސް އަދި އެކަން ފާހަގައެއް ނުވޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާޒާރު ސަރަހައްދުގައި މީހަކު ފިޔާ ބަސްތާއެއް ޕިކަޕަކަށް އަރުވަނީ: އެސްޓީއޯ އިން ފިޔާ ބަސްތާއެއް ވިއްކަނީ 320ރ. އަށް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ލޯކަލް މާރުކޭޓުގެ ގޮޅިއަކުން މީހަކު މިރުސް ގަންނަނީ: ކަނޑޫދޫ މިރުސް ވިއްކަނީ 100 ގްރާމް 50ރ. އަށް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ލޯކަލް މާރުކޭޓުގައި ހުރި މޭވާގެ ބާވަތްތައް މީހަކު ބަލަނީ: މާރުކޭޓުގައި ގިނަ އަދަދެއްގެ އިމްޕޯޓު ބާވަތްތައް މިހާރު ވިއްކާ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާރުކޭޓުގެ ގޮޅިއެއްގައި މީހަކު މޭވާތަކެއް އަތުރަނީ: ރޯދަމަސް ފެށެން އެއް ދުވަސް ވެފައިވާއިރު، ތަކެތީގެ އަގު މިހާތަނަށް ނުއުފުލޭކަން ފާހަގަކުރެވޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި މީހަކު ހަރަކާތްތެރިވަނީ: ރޯދަމަހަށް ބޭނުންވާ ވަރަށް ގިނަ މުދާތައް މިހާރު ވަނީ ބާޒާރަށް ނެރެފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ލޯކަލް މާރުކޭޓުގެ ގޮޅިއަކުން މީހަކު ވިޔަފާރި ކުރަނީ: މި ފަހަރުގެ ރޯދަމަސް މާދަމާ ފަށާއިރު، ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް އާ ސްޓޮކް ގެނެސް ވަނީ ފުރާލާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ލޯކަލް މާރުކޭޓުގެ ގޮޅިއެއްގަ މީހަކު ކިއުކަމްބާތަކެއް އަތުރަނީ: ރާއްޖޭގައި އުފައްދައިގެން ވިއްކާ ކިއުކަމްބާ ކިލޯއެއް 25-30 ރުފިޔާއާ ދެމެދުގައި އުޅޭއިރު ޗައިނާ އިން އެތެރެކުރި ކިއުކަމްބާ ކިލޯއެއް ވިއްކަނީ 60-65ރ. އަށް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިތުރު ފޮޓޯ ގެލަރީ