ފަޔާގެ ލެންސުން ނޫމަރާގެ އިހުގެ ގެތައް
ށ. ނޫމަރާ: ނޫމަރާއަކީ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ކަހަލަ އެންމެ ކުރީ ޒަމާނުގެ ދިރިއުޅުން ވަރަށް ރަގަޅަށް ފެންނަ ގާ މަތީ ރަށެއް. އިހުގެ ދިރިއުޅުން ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ށ. ނޫމަރާގައި މިހިރީ ހަމަލޮލަށް ފެންނަން. ގާތްގަނޑަކަށް 370 ވަރަކަށް މީހުންގެ އާބާދީއެއް އޮތް މި ރަށަކީ ވަރަށް ހިމޭން ރަށެއް. އަޑެއް ބަޑެއް, މީހެއްގެ ހިލަމެއް ނެތް. ރަށު ތެރެއިން އިހުސާސް ވަނީ ފަޅުކަން. ގެ އާއި ބަދިގެ ވަކިން ރާނައި ގާތްގަނޑަކަށް 40 އަހަރަށް ވުރެ ގިނަ ދުވަސްވެ ކަޅުކުލަ އަރާފައިވާ ގިނަ ގެތައް ހުރި އިރު ސިމެންތި ޖަހައި ޒަމާނީ, ރަނގަޅު ފެންވަރަކަށް ހަދާފައިވާ އިމާރާތެއް މަދު. މިއީ، "މިހާރު"ގެ ފޮޓޯގްރާފަރު ފަޔާޒް މޫސާ އެ ރަށަށް ދާދިފަހުން ގޮސް ނަގާފައިވާ ފޮޓޯތަކެއް.
ނޫމަރާ: މި ރަށުގެ ގެތަކުން ސިފަވަނީ އެންމެ ކުރީ ޒަމާނުގެ ހަނދާންތައް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނޫމަރާގެ ގެއެއްގެ އެތެރެ. މި ގޭތެރޭގައި ގިނައީ އިހުޒަމާނުގައި ދިވެހިން ގެންގުޅުނު ތަކެތި، އޭގެ ތެރޭގައި ފާނޫޒާއި އިސްތިރި ހިމެނޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނޫމަރާގެ ރައްޔިތެއް ކަމަށްވާ މޫސާ ހުސެއިން އޭނާގެ ގެ "މިހާރު"ގެ ނޫސްވެރިންނަށް ދައްކާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނޫމަރާގައި ނަރުދަމާގެ މަސައްކަތްކުރިއަށް ދަނީ: ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ މި ރަށުގެ އާބާދީ އަކީ 371 -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނޫމަރާގެ ކައުންސިލް އިދާރާ: މި އިމާރާތަކީ ވެސް މިހާރު ގާތްގަނޑަކަށް 45 އަހަރުވެފައިވާ ތަނެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރަށު ޕިކަޕަކަށް ބޮޑެތި ޑަސްބިންތަކެއް އަރުވައިގެން ދެ މީހަކު ދަނީ: މި ރަށުގެ ލަފާފުރުމުގެ ދަތިތަކެއް އޮތްއިރު ސިމެންތި އާއި ހިލަވެއްޔާއި ދަގަނޑު ރަށަށް ގެނައުމުގައި ގޮންޖެހުން ބޮޑު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނޫމަރާ އަތިރިމަތީގައި އެ ރަށު ކުދިންތަކެއް ދުވަނީ: މި ރަށު ސްކޫލުން ގްރޭޑް 10 ކިޔަވައިދޭއިރު ސްކޫލްގައި ކިޔަވަން ތިބެނީ މަދު ކުދިންކޮޅެއް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި މީހަކު ހިނގާފަ ދަނީ: މި ރަށު މީހުން ދެކޭގޮތުގައި ގެތައް ނުހަދާ ހުރީ މުސްތަގުބަލެއް ނެތީމަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނޫމަރާގައި މީހުން ދިރިއުޅޭ ގެއެއްގެ ބޭރުގައި ތެލިތައް ބަހައްޓާފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތެޅިގަލުން ރާނާފައި ހުރި އެންމެ ކުރީ ޒަމާނުގެ ގެ އެއްގެ އެއްބައިގައި ސިމެންތި ޖަހައިފަ: މި ރަށުގެ ގިނަ މީހުން ދިރިއުޅެނީ އަދިވެސް ކުރީ ޒަމާނުގައި ތެޅިގަލުން ރާނާފައި ހުރި ގެތަކުގައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިހާރު ވެސް މީހުން ދިރިއުޅެމުންދާ ގެއެއްގެ ބޭރުގައި އަންނައުނު ހިއްކަން އަޅައިފަ: މި ރަށުގެ މަގުތަކުގެ ދެ ފަރާތުގައި ހުރީ ތެޅިގަލުން ރާނާފައި ހުރި އެންމެ ކުރީ ޒަމާނުގެ ގެތައް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނޫމަރާގެ ގެއެއް: މިއީ ހިމޭން، ޖަޒީރާވަންތަ ރަށެއް. މިކަހަލަ ރަށްރަށް ރާއްޖޭގައި ވަރަށް މަދުވާނެ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނޫމަރާ އަތިރިމަތި: ލަފާފޭބުމުގެ ދަތިކަން އޮތް މި ރަށުގައި ގޮނޑުދޮށުގައި ގިނަ އަދަދަކަށް ބޮއްކުރާތައް ހުރި އިރު، ކުރިން މި ރަށަކީ ވަރަށް ރަނގަޅަށް މަސްވެރިކަން ވެސް ކުރަމުން އައި ރަށެއް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނޫމަރާގައި މީހުން ދިރިއުޅޭ ގެއެއްގެ ބޭރުގައި ގޮދަޑިއަކާއި ބައެއް އެހެނިހެން އެއްޗެހި ހިއްކަން އަޅައިފަ ވާއިރު، އަދިވެސް ގިނަ މީހުން ދިރިއުޅެނީ އެންމެ އިހު ޒަމާނުގައި އިމާރަތްކޮއްފައި ހުރި ގެތަކުގައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބޭރު ފާރުގައި ސިމެންތި ޖަހައި، ކޮންމެވެސް ވަރަކަށް އިމާރާތް ކޮށްފައިވާ ގެއެއް. މި ރަށުގައި އަދިވެސް ގިނައީ އިހުގައި ގަލުން ހަދާފައި ވާ ގެތައް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނޫމަރާގެ ބޮޑު މަގުގައި ހުންނަ "ނޫމިސްކް" ފިހާރަ މި ރަށު ބޮޑު މަގުގައި ފެންނަ ހުރީ ހަމަ އެކަނި މި ފިހާރަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނޫމަރާ ސްކޫލް: މި ރަށު ސްކޫލްގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދެ މީހަކު ސައިކަލުގައި ނޫމަރާ ބޮޑު މަގުގައި ދުއްވައިފަ ދަނީ: ރަށުގައި ތިބެން ގިނަ ބަޔަކު ބޭނުން ވިޔަސް ދަރިންގެ ތައުލީމާއި ސިއްހީ ކަންކަމުގައި އުފުލަން ޖެހޭ ތަކުލީފަށް ބަލައި ބަދަލުވާން ބޭނުންވެފައި ތިބި އާއިލާތައް ވެސް މި ރަށުގައި އެބަތިބި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނޫމަރާގެ ބަނދަރު: ރަށުގެ ލަފާފުރުމުގެ ދަތިކަމަކީ ވެސް މި ރަށް ތަރައްގީ ނުވެ އޮތް ސަބަބެއް ކަމަށް މިރަށު މީހުން ދެކޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު