ފޮޓޯގެލަރީ / އިދިކޮޅު ފަރާތްތައް

ޖުމްހޫރީ ޕާޓީގެ ޖަލްސާ

ހުސެއިން ވަހީދު

24 މާޗް 2017

މާޗް 23، 2017- ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޖަލްސާ: ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނާއި އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އާއި އަދާލަތު ޕާޓީއާ އެކު މަސައްކަތް ކުރުމަށް ޖޭޕީން ނިންމި ފަހުން، ބޭއްވި މި ފުރަތަމަ ޖަލްސާގައި މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ ފާރިސް މައުމޫނާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވި. މިއީ ޖޭޕީގެ ލީޑަރު ގާސިމާއި ފާރިސް އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން އާންމު ބައްދަލުވުމަކުން ފެނުނު ފުރަތަމަ ފަހަރު. މި ތިން ފަރާތް އެކުގައި މަސައްކަތް ކުރުމަށް ގަރާރެއްގައި ސޮއިކުރުމަށް ވެސް ވަނީ ނިންމާފައިވާއިރު، މިހާރު ކުރިމަތީގައި އޮތް އެންމެ ބޮޑު ކަމަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހް މަގާމުން ވަކިކުރުން. އެ ޖަލްސާ އަންނަ ހޯމަދުވަހު ބާއްވާނެ.---ފޮޓޯތައް: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި، އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ސަޕޯޓަރަކު މަޑުކޮށްލައިގެން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަނާއި ޖޭޕީގެ ނައިބު ލީޑަރު ކިނބިދޫ ދާއިރާގެ ރިޔާޒް އަދި ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ޖޭޕީގެ ކައުންސިލް މެމްބަރު ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމާއި ނައިބު ލީޑަރު ޑރ. ހުސެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި ދެ ގާނޫނީ ވަކީލުން ކަމަށްވާ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމާއި ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އަދި ޖޭޕީގެ ބައެއް އިސްބޭފުޅުން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ: ރައީސް ޔާމީނަށް ދެން ދުވަހަކު ވެސް ތާއީދު ނުކުރައްވާނެ ކަމަށާއި އެ ތާއީދު އަނބުރާ ގެންދަވާފައިވާ ކަމަށް ގާސިމް ވިދާޅުވޭ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ: ރައީސް ޔާމީނަށް ދެން ދުވަހަކު ވެސް ތާއީދު ނުކުރައްވާނެ ކަމަށާއި އެ ތާއީދު އަނބުރާ ގެންދަވާފައިވާ ކަމަށް ގާސިމް ވިދާޅުވޭ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި އެ ޕާޓީގެ ޖަލްސާގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖުމްހޫރީ ޕާޓީން އެ ޕާޓީގެ މައި އޮފީހުގައި ބޭއްވި ހާއްސަ ޖަލްސާ ނިންމާލުމަށް ފަހު، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ސަލާމް ކުރައްވާއިރު، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ބަލަހައްޓަވައިގެން .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި، އެ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދެއްކެވުމަށް ފަހު، ޖޭޕީގެ ނައިބު ލީޑަރު ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒްއާ ސަލާމް ކުރައްވަނީ.----ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާގައި، އެ ޕާޓީގެ ލީޑަރު ގާސިމާއި ޕީޕީއެމްގެ މައުމޫން ފެކްޝަންގެ އިސް މެމްބަރު ފާރިސް ބައިވެރިވެވަޑައިގަންނަވަނީ.----ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: މާޗް 23، 2017- ޖޭޕީގެ އޮފީސް ކުނޫޒްގައި ބޭއްވި ޖަލްސާ އަށް ފަހު، އެ ޕާޓީގެ ލީޑަރު ގާސިމާއި ޕީޕީއެމްގެ މައުމޫން ފެކްޝަންގެ އިސް މެމްބަރު ފާރިސް އާ ދެބޭފުޅުން ވާހަކަ ދައްކާލައްވަނީ.----ފޮޓޯ: ހުސެއިން ވަހީދު/މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy