އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި އައިބީއެމްގެ ސީއީއޯ ގިނީ ރޮމެޓީ އަށް އަހަރު ފަހުން، އެޕްރީލް މަހު މަގާމުން އިސްތިއުފާދޭން ނިންމައިފި އެވެ.

އުމުރުން މިހާރު 62 އަހަރުގެ ގިނީ އެ މަގާމު އަދާކުރަމުން އަންނަނީ 2012 އިން ފެށިގެންނެވެ. އެޕްރީލް މަހުގެ 6 އިން ފެށިގެން އައިބީއެމްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ގިނީ މި އަހަރުގެ ފަހުކޮޅު ރިޓަޔާކުރަންދެން ކުންފުނީގެ ކުންފުނީގެ ބޯޑްގެ އެކްޒެޓިވް ޗެއާމަންގެ މަގާމުގައި ހުންނާނެ އެވެ. އޭނާ އެންމެ ފުރަތަމަ އައިބީއެމާ ގުޅުނީ 1981 ގައި ސިސްޓަމް އިންޖިނިއަރެއްގެ ގޮތުގަ އެވެ.

އައިބީއެމްގެ ސީއީއޯގެ މަގާމާ އަލަށް ހަވާލުވާނީ އެ ކުންފުނީގެ ކޮމްޕިއުޓަ ހާޑްވެއާ ގޮފި، ބިގް ބްލޫޒްގެ ކްލައުޑާއި ކޮގްނިޓިވް ސޮފްޓްވެއާ ޑިޕާޓްމަންޓްގެ ވައިސް ޕްރެޒިޑެންޓްގެ މަގާމުގައި ހުރި އަރުވިންދު ކްރިޝްނާ، 57، އެވެ. އަދި އައިބީއެމްގެ ރައިސްކަމާ ހަވާލުވާނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި ރެޑް ހެޓްގެ ސީއީއޯގެ މަގާމުގައި ހުރި ޖިމް ވައިޓްހާސްޓް، 52، އެވެ.

ގިނީ އައިބީއެމް ދޫކޮށްލާ އިރު އޭނާ އިސްވެރިއަކަށް ހުރެގެން ކުންފުނީގެ ވިޔަފާރި އަށް ބޮޑު ކުރިއެރުމެއް ހޯދައިދީފައިވެ އެވެ. ހާއްސަކޮށް ކްލައުޑް ކޮމްޕިއުޓިން އާއި ކޮގްނިޓިވް ކޮމްޕިއުޓި ސިސްޓަމް ދާއިރާއިންނެވެ.

އައިބީއެމްގެ ސީއީއޯގެ މަގާމުން ގިނީ ވަކިވުން ވެގެންދާނީ އަނެއްކާ ވެސް ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ސީއީއޯގެ މަގާމުގައި ތިބި އަންހުންގެ ނިސްބަތަށް ލިބޭ ވެއްޓުމަކަށެވެ.

ފޯޗުން 500 އިން މިދިޔަ އަހަރު އެކުލަވާލާފައިވާ އަންހެން ސީއީއޯއިންގެ ލިސްޓްގައި ހިމެނެނީ ގިނީއާ އެކު އެންމެ 33 މީހުންނެވެ.