ލަނޑު ޖެހުމަށް ފަހު ޓީސީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 އެޕްރީލް 2018 - 09:31
ދިވެހި ފުޓްބޯޅައިގައި މިވަގުތު އެންމެ ވިދުން ގަދަ ކުޅުންތެރިންގެ ތެރޭގައި ޓީސީ ސްޕޯޓްސް ކްލަބުގައި ވިދާލި ކުޅުންތެރިން ގިނަ އެވެ. އޭގެ ތެރޭގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި ޓީސީ ދޫކޮށް މި އަހަރު މާޒިޔާ އަށް ކުޅެމުން އަންނަ ނާއިޒު ހަސަން (ދާދު) ހިމެނެ އެވެ. މި ކުޅުންތެރިން މިހާރު ހުރި ލެވެލަށް ގެނައުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަށެވެ. އެކަމަކު އޭނާގެ ވިސްނުން މި ކަމުގައި ތަފާތެވެ.
"އަޅުގަނޑަކީ އެއްގޮތަަކަށް ވެސް ކުޅުންތެރިން އުފައްދަން މަސައްކަތްކުރާ ކޯޗެއް ނޫން. އެ އަށް ވުރެ ބޮޑަށް މަސައްކަތް ކުރަނީ ކޮމްޕެޓިޝަންގައި ނަތީޖާ ނެރެން،" އެސްޓީއޯ މާލޭ ލީގުގައި އެންމެ ފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުންޏެވެ.
ފުރަތަމަ ޑިވިޝަނުގައި 2015 ވަނަ އަހަރު ޓީސީ ވާދަކުރަން ފެށިއިރުއްސުރެ އެ ޓީމު އަންނަނީ އެ ލެވެލެއްގައި ހިފަހައްޓަމުންނެވެ. އޭގެ ފަހުން ފުރަތަމަ ޑިވިޝަނުގެ ދެ މުބާރާތް ފިޔަވާ އެހެން ހުރިހާ މުބާރާތެއްގެ ދެ ވަނަ ހޯދީ ޓީސީންނެވެ.
"ދެން ނަތީޖާ ނެރެން މަސައްކަތްކުރާއިރު އަޅުގަނޑަށް މިވާގޮތަކީ މި ޕްލެޓްފޯމްގައި ޒުވާން ކުޅުންތެރިންނަށް އިސްކަންދެވެނީ ކަންނޭނގެ. އެއީ ކަންނޭނގެ ޒުވާން ކުޅުންތެރިން މީގެ ތެރެއިން ނުކުމެގެން އަންނަ ސަބަބަކީ،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ މީގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ އޭނާ ބުނެދޭ ގޮތް ހަދައިގެން ކުރިއަށްދާން މަސައްކަތްކުރާ ކުޅުންތެރިންނަށް ކަމަށެވެ.
"ހަމަ ކުޅުންތެރިން ހާނުވަނީ، ހަމަ ކުޅުންތެރިނަށް ކިޔައިދެނީ. އެމީހުންގެ ބަލިފައި ކިޔައިދީ ހުރި ހުނަރުން ކުރިއަށްދާން ބުނެދެނީ. ވަރަށް އުފާވޭ އެ ކުޅުންތެރިންނަށް ކިޔައިދޭ އެއްޗެއް ގަބޫލުކޮށްގެން އެ ކުޅުންތެރިން އަމިއްލަ ހުނަރާ އެކު އެ ހިސާބަށް އަންނަތަން ފެނުނީމަ،" ނިޒާމްބެ ބުންޏެވެ.
ޓީސީގައި މި އަހަރު އޮތް ސްކޮޑަށް ބަލާއިރު ވެސް އާ ޒުވާން ކުޅުންތެރިންތަކެއް އެ ޓީމަށް ވަނީ ގުޅިފަ އެވެ. އޭގެ ތެރޭގައި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އައްޒާމް އަބްދުﷲ އާއި ނިޝާމް މުހައްމަދު ރަޝީދު ހިމެނެ އެވެ. މީގެ ތެރެއިން އައްޒާމް ވަނީ އެންމެ ފަހުން ނެގި ގައުމީ ސީނިއާ ސްކޮޑުގައި ވެސް ހިމެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޯން
12 April 2018
ވަކިވަކި ކުޅުންތެރިންގެ ހުނަރުގެ ކްރެޑިޓް ކޯޗަކަށް ނެގޭނެ މާބޮޑުގޮތްތަކެއް ނުހުންނާނެ އަދި ނެގިޔަކަސް. އެކުޅުންތެރިންގެ ހުނަރުގެ ތައުރީފު އެންމެ ބޮޑަށް ހައްގުވަނީ އެ ކުޅުންތެރިންނަށް. އެކަމު ކޮމްބިނޭޝަން ޕްލޭތަކުގަ އޭގެ ކްރެޑިޓް ނެގިދާނެ އަދި މިބީދައިން ކޯޗު ނިޒާމް އަށް ތައުރީފު ހައްގު ލަނޑުތަކެއް ސްކޯކުރި ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުގަވެސް. އެއީ ފޭދޫ އިއްބެ އެރުމަށް ފަހު ދާދު އާއި ދެމީހުންގެ ކޮމްބިނޭޝަންއާއި އެކު ޖެހި ލަނޑުތައް.
ދަވޭ
12 April 2018
މިކަމުގެ ކްރެޑިޓް ކާލާނީ ސުޒޭނު.
ހާޖަރާ
12 April 2018
ކިތަންމެ ނިޒާމްބެދެކެ ރުޅިއަޔަސް ތެދެއްވާނީ ހަމަ ތެދަކަށް. ހުރިހާ ޝުކުރެއް ހައްގުވަނީ ހަމަ އެކުޅުންތެރީންނަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާ ނިޒާމްބެއަށް.
ރަދީފް
12 April 2018
ސާބަހޭ ޓީސީ. މަރުހަބާ މުހައްމަދު ނިޒާމް. މިކަމުގެ ކްރެޑިޓް އަދި 2 ނުވަތަ 3 އަހަރު ފަހުން ނަގާނެ އެހެން ކޯޗަކު ހުންނާނެ. ގިނަ މީހުންނަށް އިނގޭނެ އެއީ ކާކުކަން. ވ.ވެދުން