މަސްޖިދުލް އަޤްޞާ އާއި އެތަނުގެ ޙަރަމް އެވަނީ ސުލައިމާނުގެފާނުގެ ހައިކަލް ތަޅާލައި އެތަނުގެ މަތީގައި ބިނާކުރެވިފައި ކަމަށާއި، އެހެންކަމުން އެ ހައިކަލް ހޯދައި އަލުން ބިނާކުރަން ޖެހޭ ކަމަށް ޔަހޫދީ ޒަޔޮނިސްޓުން ކުރަމުންގެންދާ ދައުވާ އަކީ ޝަރުޢީ ގޮތުން ބެލިޔަސް އަދި ތާރީޚީ ގޮތުން ބެލިޔަސް ސާބިތު ކުރެވެން ނެތް ކަމެކެވެ. މިކަމުގެ ދަލީލުތައް ވަރަށް ގިނަ އެވެ. މިފަދަ ލިޔުމެއްގައި އެ ހުރިހާކަމަކަށް އަލިއަޅުވާނުލެވޭނެތީވެ ސިލްސިލާއެއްގެ ގޮތުގައި މި ލިޔުންތައް ކުރިއަށް ގެންދިއުމުގެ ގޮތުން މީގެ ކުރީގެ ދެ ލިޔުމެއްގައި ވާނީ ހަތް ދަލީލެއް ބަޔާންކޮށްދީފަ އެވެ. މި ލިޔުމުގައި އިތުރު އެހެން ބައެއް ދަލީލުތައް ގެނެސްދޭނަމެވެ. އަދި އޭގެ ފަހުން ވެސް މި ސިލްސިލާ ކުރިއަށް ގެންދަން ގަސްދު ކުރަމެވެ.

މަސްޖިދުލްއަޤްޞާ ހުރިތަނުގައި އެބުނާފަދަ ހައިކަލެއް ހުރިކަމަށް އެބައިމީހުން ކުރާ ދައުވާގެ ބާތިލުކަން ހާމަވާ އަށްވަނަ ދަލީލަކީ، ހައިކަލު ބިނާޚުރެވުނު ކަމަށް ބުނާ ތާރީޚުގެ ކުރިން މަސްޖިދުލް އަޤްޞާ ހުރެފައި އަދި ހައިކަލު ތަޅާލެވުނު ކަމަށް ބުނާ ތާރީޚަށް ވުރެ ފަހުން ވެސް މަސްޖިދު ހަމަ އޭގެ ގޮތުގައި ދެމިހުރުމެވެ. މިގޮތުން، ކުރިން ވެސް ފާހަގަކުރި ފަދައިން އިސްލާމީ ތާރީޚުން ހެކި ލިބޭ ގޮތުގައި ބައިތުލްމަޤްދިސް ބިނާ ކުރެވުނީ މައްކާގައި އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނު ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރެއްވި ފަހުން 40 އަހަރުވީތަނާ އެވެ. އެހެންކަމުން އެތަން ބިނާކުރެއްވި ކަމަށް ވާނީ އިސްޙާޤުގެފާނެވެ. އަދި އެއީ އަބުލް އަންބިޔާއު (އިބްރާހީމްގެފާނު) އާއި އެކަލޭގެފާނުގެ ދަރިފަސްކޮޅަށް ﷲ ވަޢުދުވެ ވޮޑިގަތް ކަންތައް ފުރިހަމަވުމެއްގެ ގޮތުންވެސް މެއެވެ. އެހެންކަމުން ދާއޫދުގެފާނާއި ސުލައިމާނުގެފާނު ކުރެއްވެވި މަސައްކަތެއް ކަމުގައި ވާނީ އެތަނުގެ ބިން އަލުން އުފުއްލަވައި މަރާމާތު ކުރެއްވުމެވެ.

ކީރިތި ރަސޫލާ ﷺ އިސްރާއާއި މިޢުރާޖުގެ ދަތުރުގެ ވާހަކަ ޤުރްއާނުގައި ބަޔާންކުރަނީ ފަލަސްޠީނުގެ އެތަނުގައި މިސްކިތެއް ހުރިކަން ބަޔާން ކުރަމުންނެވެ. އާދެ، "މަސްޖިދުލް އަޤްޞާ" އެވެ. އެއީ މީލާދީގެ ފަހުން 610 ވަނަ އަހަރު އެވެ. އިސްޙާޤުގެފާނު އުފަންވެ ވަޑައިގަތް ކަމުގައި ވަނީ މީލާދީގެ ކުރިން 20 ވަނަ ގަރުނު ގައެވެ. ސުލައިމާނުގެފާނު އަވަހާރަވެ ވަޑައިގަތް ކަމަށް ތާރީޚުން ދައްކަނީ މީލާދީގެ ކުރިން 930 ވަނަ އަހަރު

ހަމަމިއާ އެކު ފާހަގަ ކުރެވޭ އަނެއް ކަމަކީ ކީރިތި ރަސޫލާ ﷺ އިސްރާއާއި މިޢުރާޖުގެ ދަތުރުގެ ވާހަކަ ޤުރްއާނުގައި ބަޔާންކުރަނީ ފަލަސްޠީނުގެ އެތަނުގައި މިސްކިތެއް ހުރިކަން ބަޔާން ކުރަމުންނެވެ. އާދެ، "މަސްޖިދުލް އަޤްޞާ" އެވެ. އެއީ މީލާދީގެ ފަހުން 610 ވަނަ އަހަރު އެވެ. އިސްޙާޤުގެފާނު އުފަންވެ ވަޑައިގަތް ކަމުގައި ވަނީ މީލާދީގެ ކުރިން 20 ވަނަ ގަރުނުގަ އެވެ. ސުލައިމާނުގެފާނު އަވަހާރަވެ ވަޑައިގަތް ކަމަށް ތާރީޚުން ދައްކަނީ މީލާދީގެ ކުރިން 930 ވަނަ އަހަރު އެވެ. އެހެންކަމުން ތައުރާތުގައި އެބުނާ ފަދައިން ސުލައިމާނުގެފާނުގެ ހައިކަލެއް މި މިސްކިތް އެ ހުރިތަނުގައި ހުރެފައި ތަޅާލެވުނު ނަމަ މި މިސްކިތް އެތަނުގައި އޭގެ މާފަހުން ހުންނާނީ ކިހިނަކުންހެއްވެ؟ ގަދީމީ ތާރީޚުގައި ފަލަސްޠީނުގެ ބިން ސުންނާފަތި ކޮށްލެވުނު އެންމެ ފަހު ފަހަރެއް ކަމުގައި ވަނީ މީލާދީން 138 ވަނަ އަހަރު އެވެ. މިއީ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގެ އެތައް އަހަރެއް ކުރި އެވެ.

ނުވަވަނަ ދަލީލަކީ ކީރިތި ނަބިއްޔާ ﷺ މަދީނާގައި ތިބި ޔަހޫދީންނާ އެކު ހެއްދެވި އެއްބަސްވުމުގައި އެބުނާ ހައިކަލާ ގުޅޭ އެއްވެސް ވާހަކައެއް ނައުމެވެ. ކީރިތި ނަބިއްޔާ ﷺ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު ކުރެއްވެވި އެންމެ މުހިންމު އެއް ކަމަކީ ޔަހޫދީންނާ އެކުގައި ހެދުނު އެއްބަސްވުމެވެ. މި އެއްބަސްވުމުގައި އެމީހުންގެ ދީނާއި މުދަލަށް އިޢުތިރާފުވެ ވަޑައިގަތެވެ. އަދި އެކި ކަހަލަ ޝަރުތުތައް ކުރެއްވެވި އެވެ. ނަމަވެސް މި އެއްބަސްވުމުގައި ޔަހޫދީން އެ މީހުންގެ މުދަލެއް ނުވަތަ ހައްގެއްގެ ގޮތުގައި އިޢުތިރާފު ވުމަށް އަދި ހިމާޔަތްދޭން ވިއަސް ފަލަސްތީނު ބިމުގައި ހައިކަލެއްވާ ކަމަކަށް ނުވަތަ އެއާ ގުޅޭ ޝަރުތެއް ހިމަނާކަށް އެބައިމީހުން ނުބުނެ އެވެ. އެބައިމީހުންނަށް ރަސޫލާގެ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގެ ޚަބަރު އެނގިފައި ވީއިރުވެސް މެ އެވެ.

ދިހަވަނަ ދަލީލަކީ، މުސްލިމުންގެ ޤިބުލައެއްގެ ގޮތުގައި އިސްލާމީ ޢަޤީދާއާ ފުށުއަރާ ޢަޤީދާއެއްގެ ވެރިބައެއްގެ ފައްޅިއެއް ހުރިތަނެއް ކީރިތި ނަބިއްޔާ ﷺ ގަބޫލުފުޅު ނުކުރައްވާނެ ކަމެވެ. އެހެނީ އެކަލޭގެފާނަކީ އެއްވެސް ދީނެއްގެ އަހުލުވެރިންގެ ދީނާ ގުޅުންހުރި ޚާއްޞަ އެއްވެސް ކަމެއް ކޮޕީ ނުކުރަމަށް ވަރަށްބޮޑަށް ބާރު އެޅުއްވި ބޭކަލެކެވެ. މިފަދަ ބޭކަލަކު މުސްލިމުންގެ ޢަޤީދާ އާ ފުށުއަރާ ޢަޤީދާ އެއްގެ ބަޔަކު އަޅުކަން ކުރަން ބިނާކުރެވިފައިވާ ފައްޅިއެއް މިސްކިތެއްގެ ގޮތުގައި ބޭނުންކުރައްވަފާނެ ބާ އެވެ؟ އެއީ އެތަން މުސްލިމުންގެ ޤިބްލައެއް ކަމުގައިވީ އިރުވިއަސް އަދި އޭގެ ފަހުން ވިއަސްމެ އެވެ. އަދިކިއެއްތަ، އެތަން މުސްލިމުންގެ ޤިބްލައެއްގެ ގޮތުގައި ހުރި އިރު އެއީ މިސްކިތެއް ކަމަށް ޚުދު ޔަހޫދީންވެސް ގަބޫލު ކުރެ އެވެ.

އެގާރަވަނަ ދަލީލަކީ ޢުމަރުގެފާނު އެހެން ދީންތަކުގެ މުޤައްދަސް ތަންތަނަށް ހިމާޔަތް ދެއްވަން އެކުލަވާލި އެގްރިމެންޓުގައި އެބުނާ ހައިކަލެއްގެ ވާހަކަ ނެތުމެވެ. ހިޖުރައިން 636 ވަނަ އަހަރު ޢުމަރުގެފާނުގެ ޤިޔާދަތުގައި ބައިތުލް މަޤްދިސް ފަތަޙަ ކުރެއްވުމަށް ފަހު އެތަނުގެ އަހުލުވެރިންނަށް އަމާންކަމުގެ އެގްރީމެންޓެއް ހެއްދެވި އެވެ. އެމީހުން އެބުނާފަދަ ހައިކަލެއް ހުރިނަމަ މުޤައްދަސް ތަނެއްގެ ހައިސިއްޔަތުން އެތަނަށް އަދި އެތަނަށް ވަންނަ މީހުންނަށް އަމާންކަން ލިބިދިނުމަށް އެ އެގްރީމަންޓް ގައި ލިޔުއްވީސްކަން ކަށަވަރެވެ

އެގާރަވަނަ ދަލީލަކީ ޢުމަރުގެފާނު އެހެން ދީންތަކުގެ މުޤައްދަސް ތަންތަނަށް ހިމާޔަތް ދެއްވަން އެކުލަވާލި އެގްރިމެންޓުގައި އެބުނާ ހައިކަލެއްގެ ވާހަކަ ނެތުމެވެ. ހިޖުރައިން 636 ވަނަ އަހަރު ޢުމަރުގެފާނުގެ ޤިޔާދަތުގައި ބައިތުލް މަޤްދިސް ފަތަޙަ ކުރެއްވުމަށް ފަހު އެތަނުގެ އަހުލުވެރިންނަށް އަމާންކަމުގެ އެގްރީމެންޓެއް ހެއްދެވި އެވެ. އެމީހުން އެބުނާފަދަ ހައިކަލެއް ހުރިނަމަ މުޤައްދަސް ތަނެއްގެ ހައިސިއްޔަތުން އެތަނަށް އަދި އެތަނަށް ވަންނަ މީހުންނަށް އަމާންކަން ލިބިދިނުމަށް އެ އެގްރީމަންޓް ގައި ލިޔުއްވީސްކަން ކަށަވަރެވެ. އެހެނީ ނަޞާރާއިންގެ ވެސް އެފަދަ މުޤައްދަސް ތަންތަނަށް ހިމާޔަތް ދޭން އޭގައި ހިމެނުއްވީތީ އެވެ. އަދިކިއެއްތަ، ޤުދުސްގެ ނަޞާރާ ފައްޅީގައި ނަމާދު ކުރަން އެތަނުގެ ފާދިރީ ދައުވަތު ދެއްވި ހިނދު ވެސް އެފަދަ ތަނެއްގައި ވީމާ ނަމާދު ނުކުރައްވައި ޢުމަރުގެފާނު ދޫކޮށްލެއްވީ ވެސް ފަހުން އަންނަ ބަޔަކު އެކަން ހުއްޖަތަކަށް ހަދައިގެން އެ ފައްޅި މިސްކިތަކަށް ހަދައިފާނެ ކަމުގެ ބިރަށެވެ. ވީއިރު މުސްލިމުންގެ މިސްކިތެއްގެ ގޮތުގައި ޔަހޫދީންގެ ފައްޅިއެއް ނުވަތަ ފައްޅިއެއް ހުރި ތަނެއް ވެސް އެކަލޭގެފާނު އިޚްތިޔާރު ކުރައްވަފާނެ ހެއްޔެވެ؟

ބާރަވަނަ ދަލީލަކީ އެބުނާފަދަ ހައިކަލެއް ހުރި ނަމަވެސް އެތަން ﷲ ގެ ޢުޤޫބާތެއްގެ ގޮތުގައި ނެތިދިއުމުގެ ފުރުސަތު އޮތުމެވެ. ޖަދަލަށް ތަންދިނުމުގެ ގޮތުން އަނެއްކާވެސް އެމީހުން އެ ދައުވާ ކުރާ ގޮތަށް ހައިކަލެއް ބިނާ ކުރެވި ދެފަހަރަށް ތަޅާލެވުނު ކަމަށް ބަލަމާ ހިނގާށެވެ! އެހެންކަމަށްވާ ނަމަ އެތަން ތަޅާލެވި އެތަން ނުދެމެހެއްޓުން އެއީ ފަހަރެއްގައި އެމީހުންނަށް ﷲ ގެ ފަރާތުން އައި ޢުޤޫބާތެއް ކަމަށް ނުވާންވީ ސަބަބެއް އެބައޮތް ހެއްޔެވެ؟ ބަނީއިސްރާއީލުންގެ ނުކިޔަމަންތެރިކަމާއި ޖަރީމާތަކުގެ ސަބަބުން ﷲ ވަނީ އެތައް ފަހަރަކު އެމީހުންނަށް އުގޫބާތް ފޮނުއްވައިފަ އެވެ. މިގޮތުން ސުލައިމާނުގެފާނު މަރާމާތު ކުރެއްވި ގެކޮޅުގައި ﷲ ގެ އަމުރުފުޅާ އެއްގޮތަށް ކިޔަމަންތެރިކަން އަދާކުރުމުގެ ބަދަލުގައި ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަން ކުރާ ކަމުގައިވާނަމަ އެމީހުންނަށް އެމީހުންގެ ބިމާއި އެގެކޮޅު ދުރުކުރައްވާނެ ކަމަށް ޚުދު އެމީހުންގެ ފޮތްތަކުގައި ވެސްވެ އެވެ. (ސަފަރުލް މުލޫކުލް އައްވަލު 9: 1-10). މިގޮތުން ފުރަތަމަ ފަހަރު އެބިމުގެ ތަންތަން ސުންނާފަތި ކުރެވިފައިވަނީ ކަލްދާނީންގެ ރަސްގެފާނު ބުޚްނަތަޞަރުގެ އަތްމަތިން ކަމަށްވެ އެވެ. އަދި އޭގެ ސަބަބަކީ ޚިޔާނާތްތައް ގިނަވުމާއި ބައިތުއްރައްބު (ހައިކަލް) ނަޖިސްކުރުމާއި ﷲ ގެ ރަސޫލުންނަށް ފުރައްސާރަ ކުރުމާއި ނަބީންނަށް އިހާނެތިކޮށް ކަންތައް ކުރުމުގެ ނަތީޖާ އެވެ. (ސަފަރް އަޚްބާރުލް އައްޔާމުއްޘާނީ 36: 14-20). އެއަށްފަހު ފާރިސީންގެ ރަސްގެފާނު ކޯރަޝްގެ ދުވަސްވަރު ބައިތުއްރައްބު އަލުން ބިނާ ކުރެވި ތައުރާތު އަލުން ލިޔެވުނެވެ. ނަމަވެސް މިފަހަރުވެސް އަނެއްކާވެސް ހައްގުން އެއްކިބާވުމުގެ ސަބަބުން ދެވަނަ ފަހަރަށް އެތަނުގެ ބިނާތައް ސުންނާފަތި ކުރެވިގެން ދިޔަ އެވެ. އެއީ މީލާދީން 70 ވަނަ އަހަރު ރޯމަނުންގެ ޓައިޓަސް އެތަނުގެ މައްޗަށް ގަދަވެގަނެގެންނެވެ.

ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލާއި މުޅި ރަށް ހަލާކުވެގެން ދިޔައީ ﷲ ގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ކަމެވެ. މި މަގުން އެބައިމީހުންނަށް ދުނިޔެމަތީގައި ޢުޤޫބާތް ލިބޭނެކަން އިންޖީލުގައި ވެސް އައިސްފައިވެ އެވެ. އަދި ޢުޤޫބާތްތަކަކީ ބަނީއިސްރާއީލުންނަށް އެތައް ފުރުސަތުތަކެއް ދިނުމުންވެސް ﷲ ގެ މަގުން އެއްކިބާވެ އުޅުމުގެ ސަބަބުން ލިބުނު ޢުޤޫބާތްތަކެއް ކަން އެނގެ އެވެ.

މި ރިވާޔަތްތަކުގެ މައްޗަށް ބަލާއިރު އެނގިގެން ދަނީ ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލާއި މުޅި ރަށް ހަލާކުވެގެން ދިޔައީ ﷲ ގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ކަމެވެ. މި މަގުން އެބައިމީހުންނަށް ދުނިޔެމަތީގައި ޢުޤޫބާތް ލިބޭނެކަން އިންޖީލުގައި ވެސް އައިސްފައިވެ އެވެ. އަދި ޢުޤޫބާތްތަކަކީ ބަނީއިސްރާއީލުންނަށް އެތައް ފުރުސަތުތަކެއް ދިނުމުންވެސް ﷲ ގެ މަގުން އެއްކިބާވެ އުޅުމުގެ ސަބަބުން ލިބުނު ޢުޤޫބާތްތަކެއް ކަން އެނގެ އެވެ. ވީމާ ހައިކަލެއް ހުރި ކަމަށް ޖަދަލު ކުރުމުގެ ގޮތުން ގަބޫލު ކުރި ނަމަވެސް އެނގިގެން މިދަނީ ހަގީގަތުގައި އެ މީހުން ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަން ކުރަން ﷲ ގެ މުޤައްދަސް ގެފުޅެއް ލިބުމުގެ ފުރުސަތު އެ މީހުންނަށް ﷲ ނުދެއްވާނެ ކަމެވެ. (ނުނިމޭ).