07 ޑިސެމްބަރ 2022 - 06:48
ކުށް ކުރުން ގިނަ އިންޑިއާގައި އަންހެނުންނާ މެދު ހިންގާ ނޭދެވޭ އަމަލުތައް ގިނަކަމާއި އާންމުކަން ދެކުނު ކޮރެއާ އަންހެނަކު މުމްބާއީގެ މަގަކުން ލައިވްކުރި ވީޑިއޯއަކުން ދުނިޔެއަށް އިތުރަށް ހާމަވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މަޝްހޫރު، ދެކުނު ކޮރެއާގެ ލައިވްސްޓްރީމާއެއް ކަމަށްވާ މިޔޮޗި ޕާކް އިންޑިއާގެ މުމްބާއީގެ މަގެއްގެ މަތިން ހިނގާފައި ދަމުން ލައިވްކޮށް ކިޔައިދެމުން ދިޔައީ އިންޑިއާގެ ކާނާތަކާއި ޝައުގުވެރިވާ ކަންކަމުގެ ވާހަކަ އެވެ. އެކަމަކު އެ ވަގުތު ލައިވްސްޓްރީމް ބަލަން ތިބި 12،000 އަށް ވުރެ ގިނަ މީހުންނަށް ފެނުނީ ދެ މީހަކު އައިސް އޭނާގެ އަތުގައި ހިފައި ގެންދަން އުޅުނު ތަނެވެ.
އެ މީހުންނާ ވާހަކަ ދައްކައިގެން އެ މީހުންގެ ކިބައިން ސަލާމަތްވާން އުޅެނިކޮށް އެކަކު މިޔޮޗިގެ މޫނުގައި މޫނު ޖައްސައި އިތުރަށް ފުރައްސާރަކުރި އެވެ.
South Korean Lady Harassed In Mumbai | YouTube Shouts 'No No' As Two Mumbai Men Harass Her
— Mirror Now (@MirrorNow) December 1, 2022
.
.
.#SouthKorea #KoreaWoman Harass #Mumbai #india pic.twitter.com/L4YyiZet78
އެ މީހުންގެ ކިބައިން މިޔޮޗި ސަލާމަތްކުރަން އައީ އެ ވަގުތު މިޔޮޗީގެ ލައިވްސްޓްރީމް ފޮލޯކުރަމުން ދިޔަ މީހެކެވެ. އެކަމަކު މިޔޮޗީ ބުނީ މިހެން ދިމާވިޔަސް އިންޑިއާގެ ރީތިކަން ބަލައިލަން ރަނގަޅު ކަމަށެވެ.
މިވީޑިއޯ ސޯޝަލްމީޑިއާގައި އާންމުވެ ވައިރަލްވުމާ އެކު ފުލުހުން ވަނީ މިޔޮޗީއާ ބެހުނު މީހުން ހޯދައި ހައްޔަރުކޮށްފަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
08 December 2022
އިންޑިޔާ، ޕާކިސްތާނު، އަފުގާނިސްތާނު، ލަންކާ، ބަންގުލާދޭޝް މީކީ ބީރައްޓެހި އަންހެނަކު އެކަނިދާން ހެޔޮވާވަރުގެ ގައުމުތަކެއް ނޫން. ތި ވީޑިޔޯއިން ތިފެނުނީ ކުޑަވަރެއް.
ސޭމްހިއަރ
10 December 2022
ތި ލިސްޓަށް ރާއްޖެވެސް ލާންޖެހޭނެ
ހުސެންް
07 December 2022
ތިއީކީއަލަށް ދުނިޔޭގައި ވާކަމެއްނޫނޭ. ދުނިޔެ ފެށުނީއްސުރެ އޮންނަކަމެކޭ. އަންހެނުންނާއި ފިރިހެނުން ހެއްދެވީ ދެޖިންސު ތަފާތުކޮށޭ. ތިފަފަދަ ކަންތައްތަކަކީ ދުނިޔެ ނިމެންދެންވެސް ހިނގާނެ ކަންތައްތަކެކޭ. ތިކަމާއި މާބޮޑަށް ނުވިސްނަބަލަ. އެއީ ދެޖިންސުގެ ކުދިން މަޖަލާއި ހިތްހަމަޖެހުމަށް ޖަހާ ސަކަރާތެކޭ. ގުދުރަތުން ރާވާފައިވަނީ އެގޮތަށޭ. ޔޫރަޕުމީހުން ދެޖިންސުހަމަހަމަ ކުރަންއުޅެގެން ދުނިޔޭގެ އާބާދީދަނީ ހަތްތަހާ ދަށްވަމުންނޭ. ޔޫރަޕުދަނީ އަޑިޔަށޭ. ވައްސަލާމް.
ރަދީފްއޮފިޝަލް
07 December 2022
މިވަގުތު ދުނިޔޭގަ އެންމެ ގަމާރުން ގިނަ ގައުމު.އިންޑިޔާގެ ޕްރޮފެސަރެއް ކަމުގަިއވާ އަޝޯކް ސްވައިންގެ ޓްވިޓާ ފީޑް ބެލީމަ މިބުނި ބަހުގެ ތެދު ހާމަވާނެ.އިންޑިޔާގެ ރައްޔިތެއްގެ ދުލުން / އަތުން އިންޑިޔާގެ މީހުންގެ އަޙްލާގް ހުރި ދަރަޖަ ކިޔައި ދިނީމަ އެއީ ދޮދެކޭ ބުނެ ފަރު ޖައްސާލެވެން ނެތްކަން އަޝޯކްގެ ޓްވީޓްސްތައް ބުނެދޭ.ވ.ވ.ވެދުން