އާޖެންޓީނާ މޮޅުވުމުގެ ފަހަތުގައި އެ ގައުމުގެ 100 އަށް ވުރެ ގިނަ ސިހުރުވެރިން ކަމަށް ދައުވާ ކުރާ ބަޔަކު --ފޮޓޯ: ނިއުޔޯކް ޓައިމްސް
18 ޑިސެމްބަރ 2022 - 17:26
ރާއްޖޭގެ ގިނަބަޔަކު ވެސް ސަޕޯޓުކުރަމުން އަންނަ އާޖެންޓީނާގެ ޓީމުން މިފަހަރުގެ ވޯލްޑް ކަޕުގައި ތަފާތު ކުޅުމެއް އަންނަނީ ދައްކަމުންނެވެ. މިރޭ ވޯލްޑްކަޕް ފައިނަލްގައި އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރާ މެޗުގެ ނަތީޖާ އަށް އެންމެން ވެސް ތިބީ ކެތްމަދުވެފަ އެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސައުދީ އަތުން 2-1 އިން ބަލިވި ނަމަވެސް، ފައިނަލް މެޗާ ހަމަޔަށް އައީ އެހެން ހުރިހާ މެޗަކުން މޮޅުވަމުންނެވެ. ޓީމުގެ ކެޕްޓަން، އަދި އެ ޓީމާއި މުޅި ގައުމު އެ މީހަކަށް ފަހުރުވެރިވާ ލިއޮނަލް މެސީގެ މޮޅުކުޅުމާއި، ގިނަ ގޯލްތައް މި މުބާރާތުގައި ފެނިގެންދިޔަ އެވެ.
ޖެސިކާ ފެނާންޑްޒް: މަގާލީއާއެކު މެސީ އަދި އާޖެންޓީނާގެ ދިފާއުގައި ނިކުތް ސިހުރުވެރިއެއް --ފޮޓޯ: ނިއުޔޯކް ޓައިމްސް
ނިއުޔޯކް ޓައިމްސްގައި ލިޔެފައި އޮތް އާޓިކަލެއްގައި ވާގޮތުން، އާޖެންޓީނާ އާއި ސައުދީ މެޗަށްފަހު ދެއްކި ތަފާތު މޮޅު ކުޅުމުގެ ފަހަތުގައި ވަނީ އެ ގައުމުގެ 100 އަށް ވުރެ ގިނަ ސިހުރުވެރި އަންހެނުންތަކެކެވެ. އެ މީހުން އެ މީހުން އަމިއްލަ ނަފްސަށް ނިސްބަތް ކުރަނީ "ބްރޫޖަސް" ނުވަތަ "ވިޗުން" ގެ ގޮތުގައި އެވެ.
"ފުރަތަމަ މެޗުގެ ކުޅުމަށް ބަލައިފަ އަހަންނަށް ހީވި ހާއްސަކޮށް މެސީގެ ކުޅުމުގައި ކަމެއް ގޯސް ހެން. އަހަންނަށް ހީވީ އެއީ އެސްފީނާގެ ކަމެއް ހެން،" ވިޗެއް ކަމަށް ދައުވާކުރާ އާޖެންޓީނާގެ މަގާލީ މާޓިނެޒް، ނިއުޔޯކް ޓައިމްސް އަށް ކިޔައިދިނެވެ.
މެސީ: މަގާލީ ބުނާގޮތުން ސައުދީ މެޗުގައި އޭނާ އަށް ހުރީ އެއްސީނާ ޖެހިފައި
އެހެންވެ، އެކަން ޔަގީން ކުރުމަށް މެސީއަށް ސަމާލުކަންދީގެން ކިޔެވެލިތައް ކިޔަވަމުން، ފެން އަޅާފައިހުރި ތައްޓެއްގެ ވަށައިގެން އޭނާ ތެޔޮހާކާލި އެވެ. މަގާލީ ބުނިގޮތުގައި، އެ ތެޔޮތައް ވަށައިގެން ހުރިގޮތަށް ހުރި ނަމަ، މެސީ އަށް އެސްފީނާއެއް ނުޖެހެ އެވެ. އެކަމަކު، ތެޔޮތައް ފެންގަނޑުގެ މެދަށް އައިނަމަ، އޭނާ އަށް ހުރީ އެސްފީނާ ޖެހިފަ އެވެ.
"ތެޔޮތައް މެދަށް އައި ދަގަތްފާނެއް ގޮތަަށް" މަގާލީ ކިޔައިދިނެވެ. "އަހަންނަށް އިނގޭ އަހަންނަށް އެކަންޏަކުން މެސީ އެ އެސްފީނާ އިން ސަލާމަތް ނުކުރެވޭނެ ކަން".
މަގާލީ މާޓިނެޒް: މެސީއަށް އެސްފީނާ ޖެހިފައި ހުރިކަން ހޯދައި، އެހެން އެންމެނަށް ގޮވާލި ސިހުރުވެރިޔާ --ފޮޓޯ: ނިއުޔޯކް ޓައިމްސް
އެ ހޯދުމާއެކު މަގާލީ އަވަސްވެގަތީ އޭނާގެ އެކުވެރި ސިހުރުވެރިންނަށް އެ ހަބަރުދީ އެހީ އަށް އެދުމަށެވެ.
"އެއްސީނާއަށް ފަރުވާދޭ އެކުވެރިންނޭ، މެސީ އަށް ވަރަށް އަސަރުކޮށްފި، ތި އެންމެންގެ އެހީ ބޭނުން،" މިފަދައިން އޭނާ ޓްވިޓާގައި ލިޔުނެވެ.
ނިޔޯކް ޓައިމްސްގެ ރިޕޯޓްގައި ބުނީ އެތައް ހާސް ބަޔަކު އެ ޓްވީޓު ޝެއާކޮށް، ގިނަ އަދަދެއްގެ ސިހުރުވެރި އަންހެނުން މަގާލީއާ އެކު އެ ގައުމުގެ "ގޯލްޑެން ބޯއީ" ދިފާއު ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ. އޭގެ ފަހުން އާޖެންޓީނާ އެއްވެސް މެޗަކުން އަދި ބައްޔެއް ނުވެ އެވެ.
ޕަރިސީ: އާޖެންޓީނާގައި ސިހުރުވެރިއެއް ކަމަށް ދައުވާކުރާ 24 އަހަރުގެ އަންހެނެއް --ފޮޓޯ: ނިއުޔޯކް ޓައިމްސް
ފާއިތުވި ހަފްތާތަކުގައި އާޖެންޓީނާގެ އެތައް ސަތޭކަ، "ވިޗުން" ކަމަށް ދައުވާ ކުރާ އަންހެނުންތަކެއް މެސީ އަދި ޓީމުގެ ދިފާއުގައި ނިކުތެވެ. އެެ މީހުން މަސައްކަތް ކުރީ "އާޖެންޓީނާ އެސޯސިއޭޝަން އޮފް ވިޗެސް" ގެ ނަމުގައި ހުޅުވި ވަޓްސްއެޕް ގްރޫޕެއްގައި ކަމަށް ނިއުޔޯކް ޓައިމްސްގައި ބުނެފައިވެ އެވެ.
"ދަނޑުގައި ކުޅުންތެރިން ވާދަކުރާއިރު، ގޭގައި ތިބެގެން އެ މީހުން ބަލަހައްޓަނީ އަހަރަމެން (ވިޗުން)" މެސީގެ އުފަން ސިޓީ ރޮސާރިއޯގެ އަންހެނަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްގައި ލިޔެފައިވެ އެވެ.
އާޖެންޓީނާގެ ސިހުރުވެރިންތައް ގްރޫޕް ހަދައިގެން އެ މީހުންގެ ޓީމާއި މެސީ ދިފާއުގައި --ފޮޓޯ: ނިއުޔޯކް ޓައިމްސް
އެ މީހުންގެ ތެރެއިން ގިނަބަޔަކު އާޖެންޓީނާ ދިފާއުގައި ސިހުރު ހަދާޢިރު، އަނެއް ބަޔަކު ފްރާންސް ޓީމާ ދެކޮޅަށް ސިހުރު ހަދަ އެވެ. އެކަމާ މަގާލީ މެން ކަންބޮޑުވެ އެވެ. އޭގެ ނޭދެވޭ އަސަރު އާޖެންޓީނާ އަށް ކޮށްފާނެ ކަމަށް ބުންޏެވެ.
ސިހުރާއި، ފަންޑިތައިގެ އިތުރުން އެސްފީނާ އަށް ފަރުވާދޭ އެ މީހުންގެ ތެރެއިން އެއްބަޔަކު ބުނާގޮތުން، އެ މީހުން އުފަންވެފައިވަނީ ހާއްސަ ބާރުތަކަކާ އެކު އެވެ. އަނެއްބަޔަކު ބުނަނީ އެ މީހުން އެ ކަން ކުރަން ދަސްކުރީ ކަމަށެވެ.
އާޖެންޓީނާ ވޯލްޑްކަޕްގެ ފައިނަލްގައި މިރޭ ކުޅޭއިރު، އެ ޓީމުން އެންމެ ފަހުން ތަށި އުފުލާލިތާ މިހާރު 36 އަހަރު ވެދާނެ އެވެ. މެސީ އަދި ޓީމުގެ ސަޕޯޓަރުންގެ އެންމެ ބޮޑު ހުވަފެނަކީ، މެސީގެ އެންމެ ފަހު ވޯލްޑްކަޕްގައި އޭނާގެ ހުވަފެން ހަގީގަތަކަށް ހަދާ، މިފަހަރުގެ ތަށި އާޖެންޓީނާ އުފުލާލުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯހަލާކ
21 December 2022
މާތްކަލާކޯ "ބްރޫޖަސް" އެއް ނޫން، ބްރޫހާސް. ސްޕެނިޝް ބަހުން ޖޭ އަކުރު ކިޔާނީ އެޗް އަކުރު ގޮތަށް.
2022
20 December 2022
ޢަންނަ ރިޔާސީ އިންތިހާބަށް ތި ކުދިން ވަނީ ރާއްޖެއަންނަ ގޮތަށް ހަމަޖެހިފައި... ބޮއިހަލަކި
ވާސިފު
20 December 2022
ސައުދީ މެޗުން ބަލިވިހިސާބުން ރެފުރީ ޕެލަނުޓީ ދެޭން ފަށައިފި .. އަނެއްކާ މި މެސީ އެހެން މީހަކު ގޯލެއް ޖަހާފާނެތީ އެހެންމީހަކށް އެޖަހާލަންވެސް ދެނީކީނުން ހާދަ އަމިއަލަ އެދުން ބޮޑުމީހެކޭ
ބަވާސިފު
20 December 2022
އެއްކަލަ ޕެނާލްޑޯ ގްރޫޕަށް ހަޖަމު ނުވެގެން މިއުޅެނީ...... ހަހަހަހަހަހަހަހަ އެއޮތީ ތަށި ނަގާފަ. ދެން ލަލަލާ..!
ޖުހާ.
19 December 2022
ސިހުރު އެއީ ޝައިތާނާގެ ބާރުލިބިގެން ހެދޭއެއްޗެއް. ފަންޑިތަ އެއީ ސިހުރެއް ނޫން. ޢަރަބި ކަރައިގެ މީހުން ނުކިޔާނެ ނަމާދު ރޯދަ މިގޮތަކަށް. ދިވެހިން ކިޔާގޮތާ ޢަރަބިން ކިއާގޮތް ތަފާތުވިއަސް ރުގުޔާ އެއީ ފަންޑިތަ. ބޮލުރޮދި ކެނޑިގެން އުޅޭބަޔަކު ދީން އެމީހުން ބޭނުންގޮތަކަށް ތަރުޖަމާކުރިއަސް ދީން ބާވައިލެއްވި ފަރާތަށް ދީނެއް އޮޅުވައެއް ނުލެވޭނެ.
އާދަމް ޒާހިރުތަ
19 December 2022
ތެދު ބަސްފުޅެއް
އަބްޑޫޅް
20 December 2022
ރުގުޔާ އައް ސަރުވިއްޔާ، ސިހުރު، ހާހޫރަ، ފަންޑިތަ، ވަހުތާން، އިސްތިރި، ވަރިތޮޅި، ބޫގަލު، ބުލެކުމެޖިކު މިއީ ހަމަ އެކައްޗެއް.
ޙަސަން އަޙްމަދު
19 December 2022
ރިޔާސީ އިންތިޚާބު ތެރޭ ރާއްޖެއިން ތީގެ ކުއްޖަކު ފެނިދާނެ. މިހާރުވެސް ނޭނގެ ނުގުޅާކަމެއް.
ބޯހަލާކު
19 December 2022
ގަބޫލު ނުކުރާނަމަ ކީރިތި ޤުރްއާނުގެ ބަޤަރާ ސޫތަތުގެ 102 ވަނަ އާޔަތް ބަލާލާ!ޖާހިލުކަމާ ދުރަށް ޖެހިލާ!
ޖުހާ.
19 December 2022
ބޯ އެކަންޏެއްނޫން ތިއަހުރީ ހަލާކުވެފަ. ގުރުއާން ގަބޫލުނުކުރާ ބަޔަކު ބަގަރާ ސޫރަތުގެ 102 ވަނަ އާޔަތް ގަބޫލުކުރާނެތަ. ފުރަތަމަ ކަލޭގެ ބޮލަށް ބޭސްކުރަންވީ.
ކޮބާހީވޭ
19 December 2022
ރާއްޖެއިން ވެސް 100 ރުގުޔާމީހުން ގެ ޓީމެއްނަގައިގެން އަވަހަށް ވޯލްޑުކަޕަށް ނައްޓާލަންވީ
ދގދސެފ×
19 December 2022
ވެރިޔަކަށް އަޖުނާދު.
ޖިނާހުޑޯން
18 December 2022
ސިހުރުވެރިން ތިބީ ދަނޑުމަތީ ކަށިގަނޑު ފުމެން
ޑަނޑޫ
18 December 2022
ސިހުރުވެރިންތަކެއްތަ ނޫނީ ބިޓުންތަކެއްތަ؟
ގުދުގުދުލީބެއްޔާގެ ތެދުބަސް
18 December 2022
ދުވަސްކޮޅަކުން ހުރިހާ ކުޅިވަރެއް ކުޅޭނީ ޖިންނީން. އިންސާނުން ތިބެންޖެހޭނީ ކުޅިބަލާންތިބޭން.
މިހާރުވެސް
19 December 2022
މިހާރުވެސް ޖިންނިން ކުޅޭ ކުޅިވަރު މަދެއްނޫން. ދުނިޔޭގެ އެންމެ ޒަމާންވީ ކުޅިވަރަކީ ނަރަކައަށް ގިނަ މީހުން ވެއްދުމުގެ ކުޅި. އެކަންކުރަނީ ހަގީގީ ދީނާ މީހުން ދުރުކޮށް އެއްބަޔަކު ދީނުން ބޭރުކޮށް ދުނިޔޭގަ އެކަކު އަނެކަކު ބޭނުންކޮށްގެން ފިތުނަ ފަސާދަ އުފައްދައިގެން. ހެއްދެވި ފަރާތް ގަބޫލުނުކުރާ މީހުންނާ އަސްލު ކަލަކީ ކޮބައިކަން އޮޅިފައި ތިބޭ މީހުން މިހާރުވެސް ތިބޭނީ ކުޅިބަލަން. ދީނާ ދުރުވާ ވަރަކަށް ތިބެވޭނީ އަސްލު ވާނުވާ ނޭނގި މަގުން ކައްސާލާފައި.