ރެކޯޑު މުގުރާލަން އަކްޝޭ ކުމާރްގެ ފޭނުންނާއެކު ސެލްފީ ނަގަނީ
05 މާޗް 2023 - 06:55
އަކްޝޭ ކުމާރުގެ އާ ފިލްމު "ސެލްފީ" ޕްރޮމޯޓް ކުރުމަށް، ތިން މިނިޓް ތެރޭ އެންމެ ގިނައިން ސެލްފީ ނެގި މީހާގެ ރެކޯޑު ހަދައިފި އެވެ.
ގިނީސް ވޯލްޑް ރެކޯޑުން ބުނި ގޮތުގައި، އަކްޝޭ އެ ރެކޯޑު މުގުރާލައިފާ ވަނީ ތިން މިނެޓުން 184 ސެލްފީ ނަގައިގެންނެވެ.
ތިން މިނެޓުތެރޭ އެންމެ ގިނަ ސެލްފީ ނެގި ދުނިޔޭގެ ރެކޯޑު އަކްޝޭއާ ހަވާލުކުރަނީ
އަކްޝޭގެ ކުރިން، 168 ސެލްފީއާ އެކު އެ ރެކޯޑު ހިފަހައްޓަމުން އައީ އިނގިރޭސިވިލާތުގެ ޖޭމްސް ސްމިތު ކިޔާ މީހެކެވެ. އޭގެ ކުރިން، މަޝްހޫރު އެކްޓަރު ޑްވޭން "ދަ ރޮކް" ޖޯންސަން ވެސް ވަނީ އެ ރެކޯޑު ހޯދައިފަ އެވެ.
އަކްޝޭ މި ރެކޯޑު މުގުރާލައިފާ ވަނީ މުމްބާއީގައި ހުންނަ ސްޓޫޑިއޯއަކަށް އެއްވި 240 ފޭނުންނާ އެކު އެވެ.
އޭނާގެ އިންސްޓަގްރާމުގައި ޝެއާކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ދެ ލައިނަކަށް އެތުރި ތިބި ފޭނުން ފަހަރަކު މީހަކު އަކްޝޭއާ އެކު ސެލްފީ ނެގުމަށް ފަހު އެނބުރި ދެ އެވެ.
SMILE! @AkshayKumar is a pro at the selfie 🤳 pic.twitter.com/qwuMd5Yfll
— Guinness World Records (@GWR) March 3, 2023
ތިން މިނެޓުތެރޭ އަކްޝޭ 209 ސެލްފީ ނެގި ނަމަވެސް، ނުސާފު ވުން ފަދަ ކަންކަމާ ގުޅިގެން ބައެއް ފޮޓޯތައް ވަނީ ޑިސްކޮލިފައިކޮށްފަ އެވެ.
އަކްޝޭ މި ރެކޯޑް ހާއްސަކުރީ އޭނާގެ ފޭނުންނަށެވެ. އޭނާ ވަނީ އެ ފިލްމު ޕްރޮމޯޓުކުރަން ތަފާތު އުކުޅުތައް ބޭނުންކޮށްފަ އެވެ. އެގޮތުން، ޓައިގާ ޝްރޮފް މެން ފަދަ ބޮލީވުޑްގެ މަގްބޫލު ފަންނާނުންނާ އެކު ނަށާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވެ އެވެ.
މިދިޔަ މަހު 24 ގައި ޕްރިމިއާ ކުރި "ސެލްފީ" ފިލްމުގައި، ސުޕަސްޓާއެއްގެ ރޯލުން އަކްޝޭ ފެންނަ އިރު، އޭނަގެ "ސުޕަ ފޭން" އެއްގެ ރޯލުން އިމްރާން ހާށިމީ ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަސު
05 March 2023
ރާއްޖޭގެ ރައީސް ސެލްފީ ނެގިވަރު އަދި އަކުސޭއަށް ނޭންގެނީ.