28 ޖޫން 2024 - 09:15
އަހަރެމެން އަންހެނުންނަށް ކަމުދާނެ ސެންޓެއް ހޯދުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ. އަންހެނުންނާއި ސެންޓާ އޮންނަނީ ވެސް ވަރަށް ހާއްސަ ގުޅެމެކެވެ. އެހެންވެ، ކަމުދާ ސެންޓެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ.
އަންހެނަކަށް ސެންޓު ގަންނައިރު އެމީހަކަށް އެންމެ ކަމުދަނީ ކޮންކަހަލަ ވަސްތަކެއްތޯ ޔަގީންކުރަން ޖެހެ އެވެ. އެންމެ ބޮޑަށް ކަމުދަނީ ފްލޯރަލް ނުވަތަ މަސްކީ ވަހެއްތޯ ބަލާށެވެ. އަދި ބޮޑަށް ކަމުދަނީ ގިނައިރު ވަސް ހުންނަ ނުވަތަ އެ ވަގުތަށް ތިމާއަށް ކަމުދާ ކަހަލަ ވަހެއް ހުންނަ ސެންޓެއްތޯ ބަލާލުން ރަނގަޅެވެ.
މިއީ "ވޯގު" މަޖައްލާގައި ބުނެފައިވާ ގޮތުން އަންހެނަކު ގަންނަން އެންމެ ކަމުދާނެ ފަސް ސެންޓެވެ.
ރަންކުލައިގެ މައްޗެއް ޖަހާފައި ހުންނަ މި ސެންޓު ފުޅިން ދުވަނީ ފޮނި، ފްލޯރަލް ވަހެކެވެ.
ކްލެސިކް ފްލޯރަލް ވަހަށް ގަޔާވާ މީހުންނަށް މި ވަސް ވަރަށް ކަމުދާނެ އެވެ.
ވެނީލާ ވަހަށް ލޯބި ކުރާ މީހުންނަށް މި ސެންޓު ސަޅިވާނެ އެވެ.
މީގެން ދުވާނީ ފްރެެޝް ވުޑް ކަހަލަ މަޑު ވަހެކެވެ.
ފޮނި ފްލޯރަލް ވަސްތަކަށް ގަޔާވާ މީހުންނަށް މި ވަސް ކަމުދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައިނާނާ
08 July 2024
އަހަރުމެންނަށް ލެވޭނީ ފެހިކޯލާވާޓާރު. ލައްކަ ބިކާރީއޭ
ސެންޓްބޭ
30 June 2024
ތީއީ ފިރިސޮރު ނޫނީ ބިޓް ދޭ ސެންޓްފުޅިތަށް ކަމުނުދާތީ އެސޮރަށް މަންޖެއަށް ކަމުދާ ސެންޓް އަންގާލަށް ލިޔުނު އެއްޗެއްދޯ؟
ތުނިޔަ
28 June 2024
ތީހުސް ފޮނިވަސް ދުވާ އެއްޗިއްސޭ! ތިނޫން އެއްޗެއް ދައްކަބަލަ!
ަައަނާ
28 June 2024
ތިހާދަ ކުރީގެ އެއްޗައްސޭ!! މިހާރު ކުދިންތައް ބޭނުން ކުރަނީ ޕރާޑާ ކަހަލަ އެއްޗިއްސޭ!!!
އަނާނޯ
28 June 2024
މިހާރު ޖަހަނީ ލަތާފާގެ ސެންޓް