ތުއްތު ކުދިންނަށް އަވަހަށް ކާންދޭން ފެށުމާ ބެހޭ އާ ހޯދުމެއް

ހަ މަސް ވަންދެން ތުއްތު ދަރިފުޅަށް ގާތުން ދިނުމަކީ ސިއްހީ ތަޖުރިބާކާރުންގެ ޒަމާންވީ އިރުޝާދެކެވެ. އެހެންވެ ގިނަ މައިންނަކީ އެ މީހުންގެ ދަރިންނަށް ހަ މަސް ވަންދެން ދެނީ ހަމައެކަނި ގާތުންނެވެ.


އެކަމަކު ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން ގާތުން ދިނުމާ އެކު، ތިން މަހުން ފެށިގެން ދަރިފުޅަށް ކާން ދޭން ފަށައިފި ނަމަ، ދަރިފުޅުގެ ނިދި ރަނގަޅުވެ އެވެ. އެގޮތުން ފަސޭހަ އިން ނިދުމާއި ނިދާފައި އޮއްވައި އަވަހަށް ހޭލެވި، ނިދި ހަރާބުންވުން ކަހަލަ ކަންކަމުން ދުރުކޮށްދޭ ކަމަށްވެ އެވެ.

ޅަދަރިން ތިބި މައިންތަކެއް ދެ ގްރޫޕަކަށް ބަހާލައިގެން ލަންޑަންގެ ކިންގްސް ކޮލެޖުން ހެދި ދިރާސާގައި ފާހަގަކުރި ގޮތުގައި ހަމައެކަނި ބުއް ދޭ ކުދިންގެ ނިދުމަށް ވުރެ، ތިން މަހުން ފެށިގެން ކާން ދޭ ކުދިން އަރާމުކޮށް ނިދަން ފަސޭހަ އެވެ.

ދިރާސާގައި ބުނި ގޮތުގައި ކާން ދޭ ކުދިން ދުވާލެކޭ އެއްގޮތަށް، ރޭގަނޑު ވެސް ބަރާބަރަށް ނިދި ހަމަ ކުރެ އެވެ.

ބަރާބަރަށް ނިދި ލިބުމަކީ ކުދިންގެ ހެދިބޮޑުވުމަށް ވެސް ވަރަށް މުހިއްމު ކަމެކެވެ.

ދިރާސާގައި މިހެން ބުނި ކަމުގައި ވިޔަސް މިފަދަ ކޮންމެ ކަމެއްގައި ވެސް ގޮތެއް ނިންމުމުގެ ކުރިން އެކަމާ ގުޅޭ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދު ހޯދަންޖެހޭނެ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދެނީ ކުއްޖާގެ އުމުރުން ހަ މަސް ވުމުގެ ކުރިން ގާތުން ދިނުން ފިޔަވައި އެހެން އެއްޗެއް ނުދިނުމެވެ. އަދި މި ލަފަޔަށް ގިނަ ޑޮކްޓަރުން އިއްތިފާގުވެ އެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ