ފެޝަން އާއި ޓެކްނޮލޮޖީ ވަނީ ލާމެހިފަ އެވެ. ސްނެޕްޗެޓް، އިންސްޓަގްރާމް ނުވަތަ ފޭސްބުކް ފަދަ ސޯޝަލް މިޑިއާު ސައިޓުތަކަކީ ފެޝަންގެ ދުނިޔޭގައި ހިނގަމުންދާ ކަންތައްތައް ވަގުތުން ހާމަކޮށްދޭ ވަސީލަތްތަކަކަށް ވެއްޖެ އެވެ.
މި މަހު ފަށާ ފެޝަން ވީކާ ގުޅުވައިގެން ގޫގުލްގެ އިންޓަފޭސްއަށް ބަދަލުތަކެއް ގެންނާނެ ކަމަށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.
ޑިޒައިނަރުންނާއި ބްރޭންޑުތައް ކަސްޓަމަރުންނާ އަވަހަށް ގުޅުވާލަދެވޭނެ ގޮތެއް ހަމަޖެހިގެންދާނެ ކަމަށް ގޫގުލް އިން ބުނެފައިވެ އެވެ. ފެޝަން ވީކް ހިނގަމުންދާއިރު ގޫގުލްގެ ސާޗް ޕޭޖުގައި އެކި ޑިޒައިނަރުންގެ މައުލޫމާތާއި ޝޯ ހިނގަމުންދާ ތަންތަނާ ބެހޭ މައުލޫމާތު ހާއްސަ ގޮތަކަށް ގެނެސްދޭނެ އެވެ. ހެދުންތައް ގަންނަން ލިބެން ހުންނާނެ ތަންތަން ވެސް ހިއްސާކުރާނެ އެވެ.
ގޫގުލްގެ މި ޕްރޮޖެކްޓަށް މެކްސިމް މަޖައްލާގެ ކުރީގެ އެޑިޓަރު ކޭޓް ލެމްފިއާގެ ލަފާ ދޭނެ އެވެ.
މާކް ޖޭކޮބްސް، ސްޓެއްލާ މެކްކާޓްނީ، ޓޮމް ފޯޑް، ކްރިސްޓޮފާ ކޭން، ޕްރާޑާ، ބާބަރީ އަދި އާމޭޒް ފަދަ ބޮޑެތި ފެޝަން ބްރޭންޑުތައް ގޫގުލްއާ އެކު ފެޝަން ވީކަށް ތައްޔާރުވަމުންދެ އެވެ. ނިމިގެން ދިޔަ އޮލިމްޕިކްސް އަދި އޮސްކާ ފަދަ ބޮޑެތި ހަފުލާތައް ގޫގުލްއިން ގެނެސްދިން ފަދަ ގޮތަކަށް ފެޝަން ވީކް ވެސް ގެނެސްދޭނެ އެވެ.