ފައިސާފޮއްޗެއްގައި 5 ކިލޯ

އިނގިރޭސިވިލާތުގައި ފައިސާފޮތީގެ މުއާމަލާތްތައް ތައާރަފުކުރުމުގައި ހިއްސާވި މީހުންގެ ހަނދާނުގައި ރޯޔަލް މިިންޓުން ނެރެން ނިންމާފައިވާ ޓްރިބިއުޓް ކަލެކްޝަނުގައި 5 ކިލޯގެ ފައިސާފޮއްޗެއް ނެރެފި އެވެ.


"ދަ ރޯޔަލް މިންޓްސް ނިއު ގްރޭޓް އެންގްރޭވް ސީރީޒް" ގެ ނަމުގައި ނެރޭ އާ ފައިސާފޮތީގެ ފުރަތަމަ އެތި ހާއްސަކުރީ ރޯޔަލް މިންޓްގެ ޗީފް އެންގްރޭވްގެ މަގާމު 23 އަހަރު އަދާކުރެއްވި އަދި 1851 ގައި އަވަހަރާވި ވިލިއަމް ވިއޯމަށެވެ.

އޭނާ އަށް ހާއްސަކޮށް ނެރުނު ރަންކުލައިގެ 5،000 ޕައުންޑްގެ ފައިސާފޮތީގެ ބަރުދަނުގައި 5 ކިލޯ ހުރި އިރު، އޭގެ ވަށަމިނުގައި 175 މިލިމީޓަރު ހުރެ އެވެ. މިއީ ރޯޔަލް މިންޓުން މިހާތަނަށް ނެރުނު އެންމެ ބަރު ފައިސާފޮއްޗެވެ.

އެ ފައިސާ ފޮތީ ތައްޔާރުކޮށްފައި ވަނީ ވިލިއަމްގެ ފަރުމާތަކުން ފެންނަ އަންހެނެއް (އުނާ) އާއި ސިންގާގެ ސިފަ ހިމަނައިގެންނެވެ. އެ ސިފަތަައް ހިނަމައިގެން އެންމެ ފުރަތަމަ ނެރުނު ފައިސާފޮއްޗަކީ ކްއީން ވިކްޓޯރިއާގެ ހަނދާނުގައި 1839 ގައި ނެރުނު 5 ޕައުންޑްގެ ރަން ފައިސާފޮއްޗެވެ.

ރޯޔަލް މިންޓުން ބުނިގޮތުގައި ވިއޯމްގެ މަސައްކަތްތަކުގެ އަގުވަޒަން ކުރަން ނެރުނު ފައިސާފޮތި ކަލެކްޝަނުގެ ތެރޭގައި 5 ކިލޯ އިން ފެށިގެން 2 އައުންސް (6 ގްރާމް) ގެ ފައިސާފޮތި ތައްޔާރުކޮށްފައިވެ އެވެ. އަދި ފަސް ކިލޯގެ ފައިސާފޮތި މިހާރު ވަނީ ނަން ހާމަނުކުރާ މީހަކަށް ވިއްކާލައިފަ އެވެ.

ރޯޔަލް މިންޓުން ބުނިގޮތުގައި ވިލިއަމްގެ ހަނދާނުގައި ނެރުނު ފައިސާފޮތީގެ ކަލެކްޝަންގައި ހިމެނޭ ލާރި ގަންނަން ބޭނުންވާ މީހުންނަށް އެތަނުގެ ވެބްސައިޓް މެދުވެރިކޮށް މުއާލަމާތް ހިންގޭނެ އެވެ. އަގުތައް ފެށެނީ 180 ޕައުންޑް (232 ޑޮލަރު) އިންނެވެ. މީގެ ތެރޭގައި 2 ކިލޯގެ 2،000 ޕައުންޑް ވެސް ހިމެނެ އެވެ.