އިންޑިއާގައި 60 އަހަރުގެ މާމައަކާއި 22 އަހަރުގެ ޒުވާނެއްގެ ލޯބީގެ މައްސަލަ ޕޮލިހަށް

އިންޑިއާގައި 22 އަހަރުގެ ފިރިހެނަކު ހަތް ދަރިންނާއި ހަތް މާމަ ދަރިން ތިބި 60 އަހަރުގެ މީހަކާ ހިތާވެ، މި ދެ މީހުންގެ ލޯބީގެ ކުޅިގަނޑު ހޫނުވެ އެންމެ ފަހުން ފުލުހުންނަށް ރިޕޯޓްކޮށްފި އެވެެ.


އެ މީހުންގެ ވަނަވަރު ހާމަނުކޮށް މީޑިއާތަކުން ބުނީ އާގްރާގެ ޕްރަކާޝް ނަގަރުގައި ފެންމަތިވެގެން އުޅޭ މި މައްސަލަ ފުލުހުންނަށް ބުރާސްފަތި ދުވަހު ރިޕޯޓްކުރީ އަންހެން މީހާގެ ފިރިމީހާ ކަމަށެވެ.

މި މައްސަލާގައި އަންހެން މީހާ އާއި އޭނާ ހިތާވެގެން އުޅޭ ޒުވާނާ އިތާމުއްދުދައުލާ ޕޮލިސް ސްޓޭޝަނަށް ހާޒިޒުކުރުމުން މައްސަލަ އިތުރަށް ހޫނުވެ، އަންހެން މީހާގެ ފިރިމީހާ އާއި ލޯބިވެރިޔާ ދެމެދު ޕޮލިސް ސްޓޭޝަނުގެ ތެރޭގައި މާރާމާރީ ވެސް ހިންގާފައިވާ ކަމަށެވެ.

ފުލުހުން ވަނީ ޒުވާނާގެ ސަބަބުން ހާޖާނުގަނޑަކަށް މަގުފަހިވެފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާ ކުރަން ނިންމައިފަ އެވެ.

އަންހެން ބުނެފައި ވަނީ ބޭނުން ވަނީ ފިރިމީހާ ކައިރިން ވަރިވެ، ޒުވާން ލޯބިވެރިޔާއާ ކައިވެނިކުރަން ކަމަށެވެ. އަދި އާއިލާ އިން އެ މީހުންގެ ގުޅުމަށް ހުރަސް އެޅިޔަސް، ގުޅުން ނިމުމަކަށް ނުގެންނާނެ ކަމަށް ބުނެފައިވެ އެވެ.

މީޑިއާތަކުން ބުނީ މި މައްސަލަ ހައްލުކުރެވޭތޯ ދެ ފަރާތުގެ އާއިލާގެ މީހުން ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ. އެކަމަކު ޒުވާނާ އާއި އޭނާ އަށް ވުރެ 38 އަހަރު ދޮށި އަންހެން މީހާ ތިބީ އެ މީހުންގެ ލޯބި ގުރުބާންކުރާ ވަރަށް ވުރެ ބޮޑަށް ހިތާވެފައި ކަމަށެވެ.