މީގެ ކުރިން ލީކުވެފައިވާ ޔޫއެފްއޯ ވީޑިއޯތަކެއް، އާންމުންނަށް ހަގީގަތް ހާމަކޮށްދިނުމުގެ ގޮތުން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ރަސްމީކޮށް އާންމުކޮށްފި އެވެ.
މި ވީޑިއޯތައް އާންމުކޮށް ނެރުނު ބަޔާނުގައި ޕެންޓަގައިން އިން ބުނީ "ދައުރުވަމުންދާ މި ވީޑިއޯތަކުގެ އަސްލާ މެދު އާންމުންނަށް އަރާފައިނެ އޮޅުމެއް ސާފުކޮށްދޭން" ވީޑިއޯތައް އާންމުކުރަން ނިންމީ ކަމަށެވެ.
މިއީ 2007 އާއި 2017 ގައި ލީކުވެފައިވާ ވީޑިއޯތަކެކެވެ. މި ވީޑިއޯތައް އާންމު ޖަމިއްޔާއަކުން ލީކު ކުރުމުން ޕަބްލިޝްކޮށްފައި ވަނީ ނިއު ޔޯކް ޓައިމްސްގަ އެވެ.
މި ވީޑިއޯތައް ލީކުވުމާ އެކު މިއީ އޭލިއަނުން ދުއްވާ އަންއައިޑެންޓިފައިޑް ފްލައިން އޮބްޖެކްޓްސް (ޔޫއެފްއޯ) ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނެފައިވަނީ 2004 ވަނަ އަހަރު ރެކޯޑްކޮށްފައިވާ މި ވީޑިއޯ އިން ފެންނަނީ އެމެރިކާގެ ވައިގެ ސިފައިންގެ ފައިޓަ ޕައިލޮޓުން ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަނިކޮށް ފެނުނު އެއްޗެއް ކަމަށެވެ. އޭގައި ފެންނަނީ ޕެސިފިކް ކަނޑާ ދިމާލުން 100 ވަރަކަށް މޭލު ދުރުން، ކަނޑުމަތިން އުދުހިފައި ދިޔަ އެއްޗެއް ކަމަށް ނިއު ޔޯކް ޓައިމްސް އިން އޭރު ބުނެފައިވެ އެވެ.
ދެން ލީކުކޮށްލި އަނެއް ދެ ވީޑިއޯ އަކީ 2015 ވަނަ އަހަރުގެ އެއްޗެއް ކަމަށް ވެސް އެ ނޫހުން ބުނެފައިވެ އެވެ. އެ ވީޑިއޯކުރި ޕައިލޮޓުން، އެހެރަ ދާ އެއްޗެއް ބަލައިބަލާށޭ، އެބަ އެނބުރެއޭ" ކިޔާތީ އިވެ އެވެ.
ޕެންޓަގަންގެ ބަޔާނުގައި ބުނީ މިކަމާ ބެހޭ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ވީޑިއޯތައް ރަސްމީީކޮށް ހާމަކުރަން ނިންމީ މި ވީޑިއޯތައް ހާމަކުރުމަކުން، ހާމަވާން ނުޖެހޭ މުހިންމު މައުލޫމާތެއް އަދި އާންމުންނަށް އެނގެން ނުޖެހޭ ކަމެއް ހާމަވާނެ ކަމަށް ނުފެންނާތީ ކަމަށެވެ. އަދި މިއީ އަސްކަރީ ވައިގެ ސަރަހައްދަށް ހުއްދަ ނެތި ވަން އެއްޗެއްގެ ތަހުގީގަށް ހުރަސްއެޅޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
"ޑީއޯޑީ [ޑިޕާޓްމަންޓް އޮފް ޑިފެންސް] އިން މި ވީޑިއޯތައް ހާމަކުރަނީ ދައުރުވަމުން އަންނަ މި ފުޓޭޖްތަކުގެ އަސްލާ މެދު އާންމުނަށް އަރައިފާނެ އޮޅުމެއް ސާފުކޮށްދިނުމަށާއި އަދި އިތުރު ވީޑިއޯ ހުރިކަން ނުވަތަ ނެތްކަން ހާމަކޮށްދިނުމަށް. ވައިގެ ތެރެއިން މި ފެނުނު ކަންތައް އަދިވެސް އޮތީ 'ހަގީގަތް ނޭނގޭ ކަމެއް"ގެ ގޮތުގައި،" ޕެންޓަގަންގެ ބަޔާނުގައިވެ އެވެ.
މި ވީޑިއޯތަކުން ފެންނަނީ ޒަމާނުންސުރެ އެތައް ބަޔަކު ގަބޫލުކުރަމުން އަންނަ، އޭލިއަނުންގެ ޔޫއެފްއޯ ކަމަށް ބަޔަކު ގަބޫލުކުރާއިރު، ޕެންޓަގަންގެ ބަޔާނާ އެކު އަނެއްކާ ވެސް ޔޫއެފްއޯގެ ހަގީގަތާ މެދު ދެކެވޭ ވާހަކަތަކުން އިތުރު ކުރިތައް ފަޅާނެ ކަމަށް، މިކަން ދިރާސާކުރާ މީހުން ބުނެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަރުޝަދު
29 April 2020
ބުއްދި ދެއްވާފައިވާ މަޚުލޫގުންގެތެރޭ ޤުރުއާނުގައި ނަންގަނެވިފައިވަނީ މަލާއިކަތުންނާއި، އިންސީންނާއި ޖިންނިން އެކަނި. މިގޮތުން އާދަމްގެދަރިޔާ އެއްގަމާއި ކަނޑުގައި އުފުއްލެވުނު ކަމަށް ޤުރުއާނުން އެނގޭ. ސުވާލަކީ އޭލިއަނުން ފެތޭނީ ޖިންނީގެ ތެރެއަށްތޯ އެވެ. އެކަމަކު -ޖިންނި- މިބަސް އަރަބި ބަހުގައި ބޭނުންކޮށް އުޅެނީ ލޮލަށް ނުފެންނަ އެއްޗެއްސަށް. އެމެރިކާއިން އެފަތުރަނީ ދޮގެއް ކަމަށްނިންމީ މިހެންވެ.
ކުކުޅޭ ---
29 April 2020
ޕޮރޮޕެގެންޑާ@ކާންޓް ބިލީވް
ޣަދަ
29 April 2020
ތިޔައް ކިޔަނީ ދެބޯގެރި ދުއްވުން..ތަންކޮޅެށް ކުރިން ތިވީޑިޔޯ ރިލީސް ކުރިނަމަ ގާމު އިތުރު 50 ހާސް މީހުނައް ފެނުނީސްކަންނޭގެ