ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޕްލޭޝަންގެ ފަސް ވަނަ ކޮންސޯލް މި އަހަރުގެ ފަހުކޮޅު ނެރެން ނިންމާފައިވާތީ އެކަމަށް އިންތިޒާރުކުރާ މީހުން ބައިވަރެވެ. އުފާވެރި ޚަބަރަކީ އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ އޮންލައިން އިވެންޓެއްގައި ޕްލޭސްޓޭޝަން 5 ދައްކައިލަން ހަމަޖެހިވުމެވެ.
މިކަމާ ބެހޭ ގޮތުން ޕްލޭސްޓޭޝަންގެ ސީއީއޯ ޖިމް ރަޔަން ބީބީސީގެ ރޭޑިއޯ 1 ގެ "ނިއުސްބީޓް" ޕްރޮގްރާމްގައި ވިދާޅުވީ ޖޫން 4 އަކީ އާ ގޭމަށް އިންތިޒާކުރާ މީހުންނަށް ވަރަށް އުފާވެރި ޚަބަރުތަކެއް ލިބޭނެ ދުވަހެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އަހަރުގެ ފަހުކޮޅު ގޭމް ނެރެން ނިންމާފައިވާ އިރު، ކޮވިޑް-19 ގެ ހިޔަނި އެކަމަކަށް އެޅޭނެ ކަމަކަށް މަސްރަހު މިހާރު ނިއުޅެމުންދާ ގޮތަށް ބަލާއިރު ނުފެންނަ ކަމަށެވެ. އެހެންވެ މި އަހަރު ގޭމް ނެރެވޭނެކަމުގެ އުންމީދު ވަރަށް ވެސް ބޮޑު ކަމަށް ވިދާޅުވި އެވެ.
ޕީއެސް 5 މި އަހަރުގެ ފަހުކޮޅު ނެރޭނެކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ރަޔަން ވިދާޅުވި ގޮތުގައި ޖޫން 4 އަށް ވެގެންދާނީ ވީޑިއޯ ގޭމްތަކަށް ލޯބިކުރާ މީހުންނަށް ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ ދު ވަހަކަށެވެ.
"އެހެންވެ ބުނެލަން އޮތީ ވަރަށް ބޮޑަށް ތައްޔާރުވުވެގެން ތިބޭށޭ. އުންމީދު ވެސް ނުކުރާ ވަރުގެ އެއްޗެއް މި ފަހަރު ގެނެސްދޭން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ. "އަހަރެމެން ބޭނުންވާ ޕީއެސް ފަހެކާ އެކު މި ގޭމްގެ މޮމެޓަމް ވަރުގަދަކުރަން."
އާ ގޭމް މި އަހަރު މި ނެރެނީ ޕްލޭސްޓޭޝަން 4 ނެރުނުތާ ހަތް އަހަރު ފަހުންނެވެ.
ރަޔަން ވިދާޅުވި ގޮތުގައި ޕީއެސް 4 ގެ އަހުލުވެރިންގެ އަދަދު މިހާރު 100 މިލިއަނަށް ވުރެ ގިނަ އެވެ.
"އޭގެ މާނަ އަކީ އެ އަދަދުގެ މެޖޯރިޓީ ޕީއެސް ފަހެކަށް ވެސް ދާނޭ." އޭނާ ވިދާޅުވި އެވެ.