24 ނޮވެމްބަރ 2020 - 08:04
ބަރުދަން ލުއިކުރަން ކުރުނބާ ފެނަކީ ވަރަށް ރަނގަޅު އެއްޗެއް ކަމަށާއި މިއީ ދުވަހުގެ ކޮންމެ ވަގުތެއްގައި ވެސް ހަށިގަނޑު ތާޒާކޮށްލަން ވެސް ބޭނުންކުރެވިދާނެ ސިއްހަތަށް ވަރަށް ފައިދާހުރި ބުއިމެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
މެޑިކަލް ނިއުސް ޓުޑޭގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ކުރުނބާ ފެނުގެ އެންމެ ހާއްސަ ކަމަކީ ގުދުރަތީ ފޮނިކަން ގެނެސްދޭ ބުއިމަކަށްވުމެވެ. މިއީ ކެލަރީޒް ދަށް ބުއިމަކަށްވާތީ އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރާ ތައްޔާރީ އެކި ޒާތުގެ ބުއިންތަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ކުރުނބާ ފެނުގެ ފައިދާ ބޮޑު ކަމަށް ބުންޏެވެ. ތައްޔާރީ ގިނަ ބުއިންތަކުގައި ގިނަ އަދަދަކަށް ހަކުރު ވެސް އެކުލެވެ އެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ކުރުނބާ ފެނަކީ ހަކުރާއި ކާބޮހައިޑްރޭޓްސް ދަށް ބުއިމަކަށްވާތީ ތައްޔާރީ ބުއިންތަކުގެ ބަދަލުގައި ދުވާލުގެ ކޮންމެ ވަގުތަކަށް މިއީ ބަރާބަރު އެއްޗެކެވެ. އަދި ކުރުނބާ ފެނަކީ ބައޯ-އެކްޓިވް އެންޒައިމްސް އިން މުއްސަނދި އެއްޗަކަށްވާތީ މީގެ ސަބަބުން ހަޖަމުކުރުމާއި މެޓަބޮޒިޒަމް ވެސް ރަނގަޅުކޮށްދެ އެވެ.
މެޓަބޮލިޒަމް ރަނގަޅުވި ވަރަކަށް، ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީތައް ވިރެން ވެސް މަގުފަހިވާނެ އެވެ.
ރިޕޯޓްގައި ބުނީ ބަރުދަން ލުއިކުރަން ކުރުނބާ ފެން ބޭނުންކުރާ ނަމަ ހެނދުނު ހުސް ބަނޑާ ހުރެ ބުއިމުން ނަތީޖާ ފެނުން އަވަސްވާނެ ކަމަށެވެ.
ކުރުނބާ ފެނުން ލިއްބައިދޭ އިތުރު ފައިދާތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު ދަށްކޮށް ދިނުމާއި ކިޑްނީގައި ހިލަ އުފެދުމުން ދުރުކޮށް ދިނުމާއި ދިފާއީ ނިޒާމު ވަރުގަދަކޮށް ދިނުމާއި ޑިހައިޑްރޭޝަނުން ދުރުކޮށް ދިނުމާއި ގުރުދާ ސާފުކޮށް ދިނުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާސާމަނިކެ
26 November 2020
ހަފްތާއެއް މިވަނީ ކުރުނބާ ފެން ބޮއިގެން އުޅޭތާ! 500 ގްރާމްވެސް ލުޔެއް ވެފައެއްނެތް!
ނަގިއްޔާ
24 November 2020
ބަރުދަން ލުއިކުރަން މިވެސް މޮޅުގޮތެއް: ހަކުރު (ޑައިރެކްޓް ޝުގާ ) އެއްކޮށް ހުއްޓާލަންވީ، ހުއްޓާލުމަށްފަހު، އާންމުކޮށް ކާވަރު ދެބައިކުޅަ އެއްބަޔަށް ކާންވީ، ހަފުތާއަކު ހަތަރުދުވަހު ދުވަންވީ މަދުވެގެން 25 މިނެޓަށް. ބަރުދަން ލުއިވެގެންދާނީ ބަލަހައްޓައިގެން ހުއްޓާ! އަހަރުމެންގެ ކެއުމުގަ އެންމެ އެބިއުސް ކުރެވެނީ ހަކުރު، ހަކުރު ހުއްޓާލާ!
ގުދުގުދާ ބެއްޔާ
25 November 2020
ހަކުރު ކާނަމަ ރަގަޅީ ލޯކެލޮރީ ސުގަރ. ބޭނުންކުރުން.