ބިޓްކޮއިން ބޭނުންކުރަން ފެށީ 2009 ގައި.
10 ޖޫން 2021 - 05:57
ބިޓްކޮއިނަކީ ގައުމުގައި ބޭނުންކުރާ ރަސްމީ ފައިސާއަކަށް ހަދަން އަލް ސަލްވެޑޯ އިން ނިންމައި އެކަމާ ގުޅޭ ބިލް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމާ އެކު، އެ ބިލް މެމްބަރުންގެ އިއްތިފާގުން ބުދަ ދުވަހު ފާސްކޮށްފި އެވެ.
އަންގާރަ ދުވަހު ރައިސް ނަޖީބް ބުކެލޭ ފޮނުއްވި ބިލް ފާސްވީ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ވޯޓް ދެއްވި 84 މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ ވޯޓާ އެކީގަ އެވެ. އަލް ސަލްވެޑޯގެ މި ނިންމުމާ އެކު އެ ގައުމަކީ މިހާރު ރަސްމީ ފައިސާއަކަށް ބިޓްކޮއިން ހެދި ފުރަތަމަ ގައުމެވެ.
ގާނޫނު ހަދާ މަޖީލީހަށް ފޮނުވި ބިލްގައި ބުނެފައި ވަނީ ޑޮލަރު މުއާމަލާތް އަލް ސަލްވެޑޯގައި ހިންގާ ގޮތަށް ބިޓްކޮއިން ރަސްމީ ޓެންޑާއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުން ގައުމުގެ އިގުތިސާދު އެތައް ގޮތަކުން ކުރިއަރާނެ ކަމަށެވެ.
I’ve just sent the #BitcoinLaw to Congress 🇸🇻 pic.twitter.com/DljnxsXlyt
— Nayib Bukele 🇸🇻 (@nayibbukele) June 9, 2021
އެގޮތުން އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް އިތުރުވެ، ވަޒީފާގެ ފުރުސަތުތައް ކުރިއަށް ވުރެ ބޮޑަށް އިތުރުވެ ފައިސާގެ މުއާމަލާތް ހިންގަން ވެސް އެތައް ގޮތަކުން ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ބުނެފައިވެ އެވެ.
The #BitcoinLaw has been approved by a supermajority in the Salvadoran Congress.
— Nayib Bukele 🇸🇻 (@nayibbukele) June 9, 2021
62 out of 84 votes!
History! #Btc🇸🇻
ބިޓްކޮއިނަކީ ރަސްމީ ފައިސާއަކަށް ހަދަން ގާނޫނު ހަދާ މަޖީހުން ރުހުން ދިން އިރު، އެކަމަށް ސަރުކާރަށް ނިސްބަތްވާ ވަރަށް ގިނަ މެމްބަރުން ތާއީދުކޮށް ވާހަކަ ދައްކަވާފައިވެ އެވެ، ގިނަ މެމްބަރުން ވިދާޅުވި ގޮތުގައި މި ނިންމުމަކީ އެ ގައުމުގެ އިގުތިސާދު މުޅިން އާ އުސްމިނަކަށް ގެންގޮސް، ބޮޑެތި ކުރިއެރުންތަކެއް ހާސިލުކުރަން ކޮށޭނެ ވަރަށް ފަހި މަގެކެވެ.
#Btc🇸🇻 https://t.co/x5r0Td6SiQ
— Nayib Bukele 🇸🇻 (@nayibbukele) June 9, 2021
ރައީސް ބުކެލޭ ކުރިން ވިދާޅުވެފައިވާ ގޮތުގައި އަލް ސަލްވެޑޯގައި ބިޓްކޮއިނަށް އެއް ޕަސަންޓް އިންވެސްޓްކޮށްފި ނަމަވެސް ގައުމީ އުފެއްދުންތެރިކަމަށް 25 ޕަސަންޓްގެ ކުރިއެރުމެއް އަންނާނެ އެވެ.
ބިލް ފާސްވުމާ އެކު އެކަން ބޮޑު ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ގިނަ ޓްވީޓްތަކެއް ކުރައްވާފައިވެ އެވެ.
ކްރިޕްޓޯކަރަންސީއެއްގެ ގޮތުގައި 2008 ގައި އުފަންވި ބިޓްކޮއިން ބޭނުން ކުރަން ފެށީ 2009 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެބޯ
11 June 2021
އިޒުރޭލް އަޑީގަ އޮވެ އެމެރިކާ ކުރިޔައް ނެރެ ތިޔަ ގައުމައް ޖައްސާހާލު ބަލަން ތިބެބަލަ. ރޮތުސްޗައިލްޑް އެކަނި ދުނިޔޭގަ ލާރީގެ ކުޅިވަރު ކުޅެންވާނީ.
ބައި
11 June 2021
ބިޓްކޮއިން ރަސްމީފައިސާޔަށް ހަދާގޮތް ކިޔައިދީބަލަ.
ކްރިޕްޓޯ އެމްވީ
10 June 2021
ރާއްޖޭގަ ބިޓްކޮއިން ބޭނުން ނުކުރަންވީ ސަބަބެއް ނެތް! އިޤްތިޞާދީ ގޮތުން އެތައް ކުރިއެރުމެއް ލިބޭނެ!!
ކޮރަޕްޓޭމެން
11 June 2021
ކޮރަޕްޓޭމެން ވަރަށް ހާސްވާނެ. ލޮލް.
ބަޑީ
11 June 2021
"އެތައް"؟ މިބަސް ޤައުމީ ތަރައްޤީގެ ވާހަކާގާ ވަރަށް ގިނައިން ބޭނުންކުރާތީ އަދި ވަރަށް ފަހުންވެސް ބަޔަކު، ރާއްޖޭގާ ކުރެވިދާނެ "އެތައް" ކަމެއް ހުރިކަމަށް ބުނުމުން އަޅުގަޑު އަހާލީ "ދެތިން" ކަމެއް ކިޔާލަދޭން، ބުނީ ކާށިންވެސް ތަފާތު އެއްޗެހި ހެދިދާނެ ކަމަށް އެކަމު އިޤްތިޞާދީ ރަގަޅު ނަފައެއް ލިބޭނެވަރަށް އެކަން ކުރުމަކީ ވެދާނެކަމަކަށް ނުފެނޭ ހަމަ އެގޮތަށް ތިޔަ ވިދާޅުވާ އެތައް ކަމަކުން ދެތިން ކަމެއް ބުނުއްވަބައްލަވާ.
ޝަފީރު
14 June 2021
ކުރިއެރުންތަކުގެ ކުޑަތަންކޮޅެއްވެސް ކިޔާލަދިންނަމަ.
އަހުމަދުބޭ
10 June 2021
ޜައްޖެވެސް ރަގަނޅު ކަންނޭގެ މިމަގުން ހިގަން އޭރުން ޑޮލަރގެ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަންނޭގެ
ކަކުނިބޯ
10 June 2021
ޥަރަށް ރަނގަޅު ނިންމުމެއް