"މީން ގާލްސް" އާއި"ފްރީކީ ފްރައިޑޭ" ފަދަ ފިލްމުތައް ކުޅެފައިވާ ހޮލީވުޑްގެ ބަތަލާ ލިންޒީ ލޯހެން ކައިވެންޏަށް ތައްޔާރު ވާން ފަށައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާ މިހާރު ހިތާވެގެން އުޅޭ ރަޝިއާގެ ރިއަލް އެސްޓޭޓް އެޖެންޓް އެގޯ ތަރަބަސޯވް އާ ވަރަށް އަވަހަށް ކައިވެނި ކުރާނެ އެވެ. އަދި ދެ މީހުން މިހާރު އެންގޭޖް ވެސް ވެފައިވާ ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުޅޭނެ ރަނގަޅު ފިލްމެއް ވެސް މިހާރު ނުލިބޭ ލިންޒީ، 29، އެހާ އަވަހަށް ކައިވެނި ކުރަން ނިންމީ ވެސް ފިލްމީ ކެރިއަރުގައި މިހާރު ޝައުގުވެރި މަސައްކަތެއް ކުރަން ފުރުސަތު ނުލިބޭތީ، ކައިވެނިކޮށްގެން ދިރިއުޅުމެއް ފެށުން މާ ރަނގަޅު ވާނެ ކަމަށް ވިސްނިގެންނެވެ.

އޭނާ ރަޝިއާގެ ރިއަލް އެސްޓޭޓް އެޖެންޓަކާ ހިތާވެގެން އުޅޭތީ ބައެއް މީހުންގެ ފާޑު ކިއުންތައް ވެސް އަމާޒުވެފައިވެ އެވެ.

ބައެއް މީހުން ބުނާ ގޮތުގައި ތަރަބަސޯވް އާ ލިންޒޭ ގުޅުނީ އޭނާއަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މީހަކަށްވާތި އެވެ.

ލިންޒީ ލޯބިވެރިޔާ ތަރަބަސޯވް އާ އެކު: ދެ މީހުން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށްވޭ.
ލިންޒީ ލޯބިވެރިޔާ ތަރަބަސޯވް އާ އެކު: ދެ މީހުން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށްވޭ.

ތަރަބަސޯވްގެ ބައްޕައަކީ ރަޝިއާގެ ވަރަށް ނުފޫޒު ގަދަ ވިޔަފާވެރިވެރިއެކެވެ. އެކަމަކު އޭނާގެ މިލްކިއްޔާތުގައި ތަރަބަސޯވްގެ މާ ބޮޑު ހިއްސާއެއް ނޯންނަ ކަމަށްވެ އެވެ.