ކުޅިވަރު / ބެޑްމިންޓަން އެސޯސިއޭޝަން

ބެޑްމިންޓަން އެސޯސިއޭޝަނަށް ކޮރަޕްޝަނުގެ އެތައް ތުހުމަތެއް

ބެޑްމިންޓަން ބޯޅަ އެ އެސޯސިއޭޝަނަށް ފޯރުކޮށް ދެނީ އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ އަސްކަނި ސްޕޯޓްސްއިން

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝީދު: އެސޯސިއޭޝަނަށް ބޯޅަ ފޯރުކޮށް ދެނީ އޭނާގެ ކުންފުނިން

ބެޑްމިންޓަންގެ އެތުލީޓުން ރަން މެޑައްޔާއި ޝަރަފުވެރި ކާމިޔާބު ހޯދައި، ކުޅިވަރުގައި ގައުމީ ދިދަ އެންމެ އުހުގައި ވިހުރުވަ އެވެ. މެޑަލް ޕޯޑިއަމްތަކުގައި ދިވެހި ގައުމީ ސަލާމުން އެ މާހައުލު ގުގުމާލަނީ ބެޑްމިންޓަން ކުޅުންތެރިން ވެސް ހޯދާ ކާމިޔާބުންނެވެ. އެ އެތުލީޓުންގެ މަސައްކަތަށް ތައުރީފެވެ.

އެކަމަކު، އެ އެތުލީޓުންގެ ބަލަދުވެރި އެސޯސިއޭޝަނުގެ ހާލަތު އޮތީ ހަފުސް ވެފަ އެވެ. ހިންގުމުގެ ނިޒާމުގައި ދެފުށް ފެންނަ ގޮތަކަށް ޓްރާންސްޕޭރެންސީ އާއި ގުޑް ގަވަނަންސްގެ ކުޑައިގެ ދަށުން ހިންގަން ޖެހޭ އެސޯސިއޭޝަނަށް ހިޔާ އަޅަނީ އަމިއްލަ މަންފާ އާއި ވެރިންގެ ވިޔަފާރީގެ މަސްލަހަތެވެ. އެތުލީޓުންގެ މެދުގައި ހަމަހަމަކަން ނުހިފަހައްޓައި، އެސޯސިއޭޝަން އޮތީ ކޮރަޕްޝަންގެ ނިވަލުގައި ތާށި ވެފަ އެވެ.

ބީއޭއެމްގެ ހިންގުމުގައި ކުރިން އުޅުއްވި އޮފިޝަލަކު ވަނީ، އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ މައްޗަށް، އެސޯސިއޭޝަންގެ މަސްލަހަތު ބޭނުންކޮށްގެން އަމިއްލަ ވިޔަފާރި އަށް ފަހިވާ ގޮތަށް ކަންކަން ކުރަމުންދާކަމަށް ތުހުމަތު ކުރައްވައިފަ އެވެ. ބެޑްމިންޓަންގެ މުބާރާތްތަކުގައި ބޭނުން ކުރާ ބޯޅަ (ޝަޓްލް)، ގަންނަނީ މުސާގެ އަމިއްލަ ވިޔަފާރި، "އަސްކަނި ސްޕޯޓްސް" ފިހާރައިންނެވެ.

"އެވައްތަރުގެ ބޯޅަ ޕްރޮވައިޑް ކޮށްދެނީ ވެސް މޫސަމެންގެ ފިހާރައިން. ދެން ކަނޑައަޅައިފަ އޮންނަނީ، މުބާރާތް ކުޅެން ޖެހޭނީ އެ ވައްތަރުގެ ބޯޅައިންކަން،" އެސޯސިއޭޝަން ހިންގުމުގައި ކުރިން އުޅުއްވި ބޭފުޅާ ވިދާޅުވި އެވެ.

އެ ތުހުމަތުތަކާ ބެހޭ ގޮތުން މޫސާއާ ސުވާލު ކުރުމުން އޭނާ އެދިވަޑައިގަތީ ލިޔުމުން، އެސޯސިއޭޝަނަށް ހުށަހެޅުމަށެވެ. އެކަން ސާފު ކުރުމަށް އެސޯސިއޭޝަން ފޮނުވި ސިޓީ އަށް ގާތްގަނޑަކަށް ހަފުތާއެއް ވީ އިރު ވެސް ޖަވާބެއް ނުދެ އެވެ.

މައުލޫމާތު ހޯދައިލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދަން އެދޭ މައުލޫމާތު ވެސް އޮންނަ އުސޫލުގެ ތެރެއިން އެ އެސޯސިއޭޝަނުން ހާމައެއް ނުކުރެ އެވެ. ސަރުކާރުން ބަޖެޓް ފޯރުކޮށްދޭ މުއައްސަސާތަކުން މައުލޫމާތު ހޯދައިލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދައި އެ މައުލޫމާތު އާންމު ކުރާ އައިމަން ލަތީފް (ޕިކޯ) ބުނީ ބެޑްމިންޓަން އެސޯސިއޭޝަނުން ދެ ފަހަރެއްގެ މަތީން މައުލޫމާތު ހޯދަން ހުށަހެޅި އިރު ވެސް، އެ މައުލޫމާތު ފޯރުކޮށްދެނީ ވަރަށް އުނދަގުލުން ކަމަށެވެ.

"ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ހޯދުން އެއީ ފަސޭހަ ކަމެއް ނޫން. އާރްޓީއައި [މައުލުމާތު ހޯދާ ލިބިގަތުމުގެ ހައްގު] އަށް ހުށަހަޅައިގެން ވެސް ވަރަށް އުނދަގުލުން ފޯރުކޮށްދެނީ،" އިދާރާތަކުން މައުލޫމާތު ހޯދައި، "ޒިންމާދާރު" ނަމުގައި ހަދާފައިވާ ވެބްސައިޓްގައި އާންމު ކުރާ އައިމަން ބުންޏެވެ.

ގާނޫނުގެ ކުދި ބާގަނޑުތަކުން މޫސަގެ އަސްކަނި ސްޕޯޓްސްއިން ބިޑް ކާމިޔާބު ކުރާ ގޮތް!

ބެޑްމިންޓަން ބޯޅަ، ފެދާ ޝަޓްލްސް އާއި ޔޮނެކްސް މާވިސް 500 / މާވިސް 350 ރަބަރު ބޯޅަ ހޯދަން އެސޯސިއޭޝަނުން 2016 ގައި އިއުލާން ކުރުމުން، އެހެން ކުންފުންޏަކުން ހުށަހަޅައިގެން ބިޑް ކާމިޔާބު ކުރި އެވެ. އެކަމަކު އެ ކުންފުނިން އެތަކެތި ފޯރުކޮށްދީފައި ނުވާތީ ދެވަނަ ފަހަރަށް އިއުލާން ކުރެ އެވެ.

މޫސަގެ "އަސްކަނި ސްޕޯޓްސް" އޭގެ ތެރެއަށް ވަންނަނީ އެހާހިސާބުންނެވެ. މިފަހަރު ދެ ކުންފުންޏަކުން ބިޑް ހުށަހަޅަ އެވެ. އޭގެ ތެރެއިން އަސްކަނިން ބިޑް ހުށަހަޅަނީ ކްރެޑިޓަށް ބޯޅަ ފޯރުކޮށްދޭނެ ކަމަށެވެ.

އަސްކަންޏަށް ބިޑް ދޭން އެސޯސިއޭޝަނުން ބޭނުން ވާތީ ވެ މޫނުމަތި ރީތިކޮށްލަން، މައްސަލައިގެ ތެރެއަށް އޭސީސީ ވަނުމަށް، އެސޯސިއޭޝަނުން އިސްވެ ދައުވަތު ދެ އެވެ. އަސްކަންޏަކީ އެސޯސިއޭޝަނުގެ ރައީސްގެ ކުންފުންޏަކަށް ވާތީ މަސްލަހަތު އެ ދެމެދަށް ވަންނަކަމަށް ބުނެ އޭސީސީން، އެކަމާ މެދު ލަފާ ދިނުމަށް، ބެޑްމިންޓަން އެސޯސިއޭޝަނުން އޯގަސްޓް 2016 ގައި އޭސީސީގެ ކިބައިން އެދުނެވެ.

ފުރަތަމަ ކުރި އިއުލާނުން ބިޑް ކާމިޔާބު ކުރި ކުންފުނިން ކަންތައް ކުރި ގޮތާއި ދެވަނަ ފަހަރަށް އިއުލާން ކުރުމުން، ފަހުން ފައިސާ ދައްކާ ގޮތަށް "އަސްކަނިން" ހުށަހަޅާތީ، އެ ގޮތަކީ އެސޯސިއޭޝަނަށް އެންމެ ރަނގަޅު ގޮތް ކަމަށް ބަލައި އޭސީސީން 2016 ގައި ލަފާ ދީފައި ވަނީ އަސްކަނި ސްޕޯޓްސް އަކީ މޫސަގެ އަމިއްލަ ވިޔަފާރި އަކަށް ވިޔަސް، އެ ފިހާރައިން ބޯޅަ ގަތުމަށް ފެންނަ ކަމަށެވެ.

އެ މައްސަލަ ބެޑްމިންޓަންގެ ކުރީގެ ބައެއް ކުޅުންތެރިންތަކެއް އޭސީސީ އަށް ހުށަހެޅުމުން އެ ކޮމިޝަނުން ނިންމީ ވެސް ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށެވެ.

"އެ ފިހާރައިން (ބޯޅަ) ގަތުމަށް ފެންނަކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ލަފާދީފައިވާތީ މިމައްސަލާގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ގައި ބުނާފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަހްގީގަށް ބެލެވެން ނެތުމުން، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީ އެވެ." 2017 ގައި އޭސީސީން ބެލި މައްސަލަތަކާ ގުޅޭ ގޮތުން އާންމު ކުރި ލިޔުމުގައި ބުނެފައި ވެއެވެ.

އެ ލިޔުމުގައި އެ ކޮމިޝަނުން ބުނެފައި ވަނީ އެ މައްސަލަ އޭސީސީ އަށް ހުށަހެޅި ދުވަސްވަރު ގަނެފައިވާ ތަކެއްޗާ ގުޅޭ ލިޔުންތައް އޭރު އެ އެސޯސިއޭޝަންގެ އޮފީސް ބަދަލުވެފައިވުމުން ތަހްގީގަށް ހޯދިފައި ނުވާ ކަމަށެވެ.

ފުރަތަމަ އިއުލާނުން ބިޑް ކާމިޔާބުކުރުމަށް ފަހު ސާމާނު އެ އެސޯސިއޭޝަނަށް ފޯރުކޮށް ދީފައި ވަނީ ކޮން ކުންފުންޏަކުންތޯ ބެލުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އަދި ދެވަނަ ފަހަރަށް އިއުލާން ކުރުމުން، މޫސަގެ އަސްކަނި ސްޕޯޓްސް އާއެކު ދެން ބިޑް ހުށަހެޅީ ކޮން ކުންފުންޏެއްކަން ހޯދަން ކުރި މަސައްކަތް، މައުލޫމާތު ނުލިބޭތީ ސާފުވާ ގޮތެއް ނުވި އެވެ.

އެސޯސިއޭޝަންގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅާ ވިދާޅުވީ، އަނެއް ދެ ކުންފުންޏަކީ ވެސް މޫސަގެ ކޮންޓްރޯލް ކޮންމެ ވެސް ސިފައެއްގައި އޮންނަ ދެ ކުންފުނި ކަމަށެވެ.

"އޭނަގެ ގާތް މީހެއްގެ ނަމުގައި ހަދާފައިވާ ކުންފުންޏަކަށް ވާނީ. އޭނަގެ ކޮންޓްރޯލް އޮތް ކަމެއް އެއީ،" ނަން ޖަހަން ބޭނުން ނުވެ ވާހަކަ ދެއްކި އެ ބޭފުޅާ ވިދާޅުވި އެވެ.

ގާނޫނުން ކުށްވެރި ނުވި ނަމަވެސް، ގުޑް ގަވަނަންސް އަށް އިސްކަން ދޭނަމަ، ވެރިންގެ މަސްލަހަތު އޮންނަ ކަންކަމުގެ ތެރެއަށް އަމިއްލަ ކުންފުނި ނުވެއްދީސް ކަމަށް މޫސަ އަށް ފާޑު ކިޔާ ބެޑްމިންޓަންގެ ކުރީގެ ޗެމްޕިއަނަކު ބުންޏެވެ.

މިއީ، މިދިޔަ އަހަރު ސަރުކާރުން އެންމެ ރަނގަޅު އެސޯސިއޭޝަނުގެ އެވޯޑް ދިން ބެޑްމިންޓަން އެސޯސިއޭޝަނުގެ ހާލަތެވެ. ދެން އެހެން އެސޯސިއޭޝަންތަކުގެ ހިންގުން ބޮއްސުލާފައި އޮންނާނީ ކިހާ ވަރަކަށް ހެއްޔެވެ؟

ފައިސާ އާ ގުޅޭ ކަންކަމުގައި އެ އެސޯސިއޭޝަނުން އަމަލު ކުރާ ގޮތާ މެދު މީގެ ކުރިން ވެސް، ބެޑްމިންޓަންގެ ހިދުމަތްތެރިން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެ އެސޯސިއޭޝަންގެ ކުރީގެ ރައީސްގެ އިސްމާއީލް ޝަފީއުގެ ދައުރުން ފެށިގެން އެ އެސޯސިއޭޝަނުން ފައިސާގެ މުއާމާލަތްކޮށްފައި ހުންނަ ގޮތުން އެސޯސިއޭޝަނުގެ މެންބަރުން ސުވާލު އުފައްދާފައި ވެއެވެ.

މި މައްސަލައް ފުނިޖެހެމުން ދިޔަ އެސޯސިއޭޝަން ޒިންމާ ކުރުވަން ކަމާ ބެހޭ އިދާރާތަކުން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން، ބެޑްމިންޓަން އެސޯސިއޭޝަންގެ ހާލަތާ ބެހޭގޮތުން "މިހާރު" އާ ވާހަކަ ދެއްކި އެ ކުޅިވަރުގެ ކުރީގެ ކުޅުންތެރިޔަކު ބުންޏެވެ.

"ސަރުކާރުން ކިރިޔާ ވެސް މިކަންކަން ބަލަން އުޅޭނަމަ، މިހިސާބަށް ކަންތައްތަކެއް ނުދިޔައީސް. މިހާތަނަށް އައި އެއްވެސް [ސްޕޯޓްސް] މިނިސްޓަރަކު ވެސް އަދި ސްޕޯޓްސް ކޮމިޝަނަރަކު ވެސް ނެތް މިކަންކަމަށް ފާރަވެރިވާން މަސައްކަތްކޮށްފައެއް ވެސް،" ކުރިން ބެޑްމިންޓންގައި ހަރަކާތްތެރިވި ކުރީގެ ކުޅުންތެރިޔަކު ބުންޏެވެ.

އޭނާ ބުނީ، ސަރުކާރުން ކުޅިވަރު އެސޯސިއޭޝަންތަކަށް ފާރަވެރި ނުވުމުން ލިބުނު ގެއްލުން، އެފްއޭއެމް މިހާރު ވެއްޓިފައިވާ ހާލަތުން އެކަނި ވެސް ފުދޭ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ ވެސް ހުރީ މަސައްކަތުން އެކަހެރި ކޮށްފަ އެވެ. އޭނާ އަށް ގުޅުމުން ވިދާޅުވީ މި ވަގުތު މަސައްކަތްތަކާ ދުރުގައި ހުރި ކަމަށެވެ.

31 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުބްލާ2024

03 March 2024

މުޅި އާޓިކަލް ކިޔާލުމުން ވެސް ތިބުނާ ވަރުގެ މައްސަލައެއް ނުފެނުނު. އަސްލު ކޮބާތަ މައްސަލައަކީ؟

The name is already taken The name is available. Register?

ވައިޓް ކޮލަރ

03 March 2024

މިނޫން އެއްވެސް މުއައްސަސާއެއް އަދި ކްލަބެއް ޖަމިއްޔާއެއް ބޯރޑެއް އެބައޮތްތޯ މިހާރު މީ މިހާރު ފެޝަނަކަށް ކުރާކަމެއް ނިކަން ބަލާބަލަ ފުލުހުންގެ ފްލެޓް ތައް އަޅާތާ ބަރާބަރު 12 އަހަރުވީ އަދިވެސް އެތަންއެޅުމުގެ ނަމުގައި ހިންގާ ކްރޮޕްޝަންތައް ބަލާ ފިޔަވަޅުއަޅާ މުއްއަސަސާއެއް އެބައޮތްތޯ/ ކިޔާއަޑުއިވޭ އެކަމުގައި އުޅުނު މީހުން މިލިއަނަރުންނަށްވެގެން ތަންތަން އަމިއްލަ ކޮށްފިޔޭ/ މި ކޮމެންޓް ޖަހާނެބާއޭ ހިތަށް އަރާ

The name is already taken The name is available. Register?

ޓީޖެޓީ

03 March 2024

ސްކޫލްތަކުން ފޮނިކަނޑަނީ ރަނގަޅަށް ކިޔަވައިގެންތިބި ޒިންމާދާރު ދަރިން މުޖުތަމައަށް ނެރެވޭތީ. އެކަމަކު ކޮންމެ ދިމާއަކުންވެސް ފެންނަނީ ކޮރަޕްޝަން. ފައިސާއެއް ލިބެން އޮތްގޮތަކަށް އަތުޖެހުނުގޮތަކަށް ހޯދާ ހަރާމެއް ހަލާލެއް ނުބަލާ ކާލާތަން. އަދި ދަރިންނަށެވެސް ކާންދެނީ ހަމަ އެ.

The name is already taken The name is available. Register?

ސުވާރު

03 March 2024

ކަމާ ބެހޭ ފަރާތްތަކުން ބައްލަވާ ދެއްވަބައްލަވަ ދައުލަތުގެ ޓެނިސްކޯޓްތަކާއި ވަސީލަތްތައް ހަމަ އެކަނި ވަކިބަޔަކަށް ދީގެން އުޅެނީ ކޮން އުސޫލަކުންތޯ؟

The name is already taken The name is available. Register?

ޝަހީދު ޔަކީ

03 March 2024

ޖީއެސް އަށް ނުވާނެ އެންނު އެހެން ހަދަން!

The name is already taken The name is available. Register?

މަޒިއަން

03 March 2024

ތީގައި މައްސަލައެއް ނެތް.. ތީގައި ހަޖަމު ނުވެގެން އުޅޭ ބަޔަކު އުޅޭތަން ފެންނަނީ.. ގާނޫނުން ކުއްވެރި ނުވާ މީހަކު ދެން ކުއްވެރި ވާނެ ގޮތެއް ނޯންނާނެ.. ގުޑް ގަވަރނަންސްއޭ ބޭޑް ގަވަނަންސްއޭ ކިޔާނެ ކަމެއް ނެތް.. މާ މޮޅެތި ބަސްތައް ބޭނުން ކުރާނެ ކަމެއް ނެތް.. ތީގައި ހަމަ އެއްވެސް މައްސަލައެއް ނެތް..

The name is already taken The name is available. Register?

ފީލިންގ

03 March 2024

ހަހަ. ހިތުން މޮޅު އެއްޗެކޭ ކިޔާލީއޭ ދޯ؟ އާން ގާނޫން ކުއްވެރިނުވާނެ މި ގައުމަކު. އެކަމަކު އެންމެންގެ ކުރިމަތީގައި ވައްކަން ކުރަންޏާ އެވާހަކަ ދައްކާނެ. އެނގިއްޖެ؟؟

The name is already taken The name is available. Register?

ހޯ ހޯ ބަލާ

02 March 2024

ކޮންމެވެސް ވަރަކަށް ބަލާދީބަލަ މިދިޔަ 10 އަހަރު އެތްލެޓިކުސް އެސޯސިއޭ ށަނުގެ ހާލަތު ހުރިގޮތެއް.

The name is already taken The name is available. Register?

ނަންނނނ

02 March 2024

ސަރުކާރުގަ ނެތޭ ރަނގަޅަށް ޕްރޮކިއޯ ކުރާ އެއްތަނެއްވެސް. ބިޑަށް ލަނީ ގަވާއިދުތަކާއި އުސޫލުތައް ފުރިހަމަ ކުރަން. ދޭން ބޭނުންވާތަން އޮންނަނީ ކުރީބައިގަ ނިންމާ ގަންނަން ބޭނުންވާ ތަކެތީގެ ރިކުއަރމެންޓްދީ އެމީހުން ތިބެނީ ތަކެތި ގެނެސް ސަޕްލައި ކުރަން ތައްޔާރަށް.

The name is already taken The name is available. Register?

ކޭކޭ

02 March 2024

މީ އަދި މީނަގެ ކަންކަމުގެ ވަރައް ކުޑަ މިމްވަރެއް، ރަނގަޅައް ބަލާފި ނަމަ އްފް އޭ އެމް އަށް ވުރެ މި މޫސަގެ ހާލަތު ގޯސް ވާނެ، އަދި އެހާ އޮމާން ކޮށް ދޮގު ހަދާލާނެ.

The name is already taken The name is available. Register?

ކޯޓްއޮފްމޯލްޑިވްސް

02 March 2024

ޓެނިސް އެއޯސިއޭޝަން ވެސް ތިވަރު ހެން ހީވަނީ، މުއްސަދިންގެ ދަރިން ކުޅެންދާދީފަ އޮންނަތަނަކާ ވައްތަރީ ކުރިކެޓް ގުރައުންޑް ވެސް ފެންނަނީ އެމަންޒަރު ޓުރެއިނިން ޕިޗް ބޭރުމީހުން މަޖާކޮށް ކުޅެ ކުޅޭ މަންޒަރު ރާޒުވާވެސް ހަމަ އެހެން ފުޓުބޯޅަ ކޮންމެ ގޭންގަކަށް ދަޑެއް ހަދާދީފަ އެމީހުންނަށް ޗަންދާ ދައްކައިގެން ކުޅެންދެވެނީ ގައުމުގެ ކަންކަން ރަގަޅު ކުރަން ބޭނުންނުވަނީ މަޤާމުގައި ނުހުރެވިދާނެތީ ބާއޭ ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454