އިންޑިއާގެ ޝިމްލާގައި ކުރިއަށް ދިޔަ ދެކުނު އޭޝިއާގެ ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭގެ 15 އަހަރުން ދަށުގެ އަންހެން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފި އެވެ. 

މިއީ މި އުމުރުފުރާގެ ޓީމު އިވެންޓަކުން ރާއްޖެއަށް މިފަދަ ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ . މި ކާމިޔާބީ ރާއްޖެއިން ހޯދީ ނޭޕާލާއި ސްރީ ލަންކާ އަދި ބަންގްލަދޭޝް ފަދަ ޓީމުތައް ބަލިކުރުމަށްފަހު އެވެ.

މި ތާރީޚީ ކާމިޔާބީ ހޯދި ރާއްޖޭގެ 15 އަހަރުން ދަށުގެ އަންހެން ޓީމުގައި ހިމެނެނީ އާއިޝަތު މަލަކް ތަސީން އާއި  އާއިޝަތު އަލްސާ ނާފިޒްގެ އިތުރުން ސާރާ މޫސާ ޖަމީލް އެވެ. 

15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުގެ ނަތީޖާތައް

ރާއްޖެ 3- 2 ނޭޕާލް: އެ މެޗު ރާއްޖެއަށް ކަށަވަރުކޮށް ދިނީ ފަހު ސެޓުގައި މަލަކް ހޯދި މޮޅުންނެވެ

ރާއްޖެ 3 - 1 ބަންގްލަދޭޝް: މުޅި ޓީމުގެ ބަދަހި ކުޅުމާއެކު ރިހި މެޑަލްގެ އުއްމީދު ބޮޑުކުރި މެޗު

.ދިވެހިރާއްޖެ 3 - 1 ސްރީލަންކާ:  މޮޅާއެކު ރާއްޖެއަށް ތާރީހީ ރިހި މެޑަލް ކަށަވަރުވި

ރާއްޖެ 0 - 1 އިންޑިއާ

މިއީ ރާއްޖޭގެ ޓީޓީ ތާރީޚުގައި 15 އަހަރުން ދަށުގެ އަންހެން ޓީމަކުން ސަރަހައްދީ ފެންވަރުގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

15 އަހަރުންދަށުގެ ކެޓަގަރީގެ މެޑަލް ލިސްޓް

ރަން މެޑަލް- އިންޑިއާ

ރިހި މެޑަލް - ރާއްޖެ 

ލޯ މެޑަލް - ސްރީ ލަންކާ