ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ނިއު ހަތަރު ވަނަ އަށް

ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ 3-0 އިން ބަލިކޮށް ނިއު ރޭޑިއަންޓް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

މިރޭގެ މެޗަށް ފަހު މިނިވަން ދުވަހުގެ ހަރަކާތްތަކަށް ލީގު މެދުކަނޑާލާފައިވާއިރު، މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ ނުވަ މެޗުން 20 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި 17 ޕޮއިންޓާ އެކު އީގަލްސް އޮތްއިރު، ތިން ވަނައިގައި ޓީސީ އޮތީ 14 ޕޮއިންޓް ހޯދައިގެންނެވެ.

ނިއު ހަތަރު ވަނަ އަށް އެރީ ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީއާ އެއްވަރަށް 13 ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ލަނޑުން ކުރި ލިބޭތީ އެވެ. ހަ ވަނައިގައި އޮތީ ވެލެންސިއާ އެވެ. އެ ޓީމަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ހަތް ވަނައިގައި ހަތަރު ޕޮއިންޓާ އެކު ވިކްޓަރީ އޮތްއިރު، އެންމެ ފުލުގައި އޮތް ބީޖީ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މިރޭގެ މެޗު ފެށިގެން ދެ ވަނަ މިނިޓްގައި ނިއު އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ޔުނައިޓެޑް ވިކްޓަރީގެ ކެޕްޓަން ހުސެއިން ޝިމާޒް (ކޮކީ) ފޮނުވާލި ބޯޅަ އަމާޒުވީ ނިއުގެ ކީޕަރު އަބޫ ސުލައިމާން އަތަށެވެ.

ނިއު އިން ލީޑު ނެގީ މެޗުގެ 15 ވަނަ މިނިޓްގައި އިއްޒަތު އަބްދުލް ބާރީ ޖެހި ލަނޑަކުންނެވެ. ކައުންޓަ އެޓޭކެއްގައި އަހުމަދު ނިޔާޒް (ނިޔާ) ނަގައިދިން ހުރަހަކުން އިއްޒަތު ބައިސިކަލް ކިކަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. މިއީ މި ފަހަރު ލީގުގައި ފެނުނު އެންމެ ރީތި އެއް ލަނޑެވެ.

މެޗުގެ 27 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކުރަން ޔުނައިޓެޑް ވިކްޓަރީ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ މޫސާ ހަސަން ނިއުގެ އަހުމަދު ނުހާދު ކައިިރިން ނައްޓާލުމަށް ފަހު ހުސްކޮށް އޭރިއާ ތެރެއަށް ވަދެ އެ ޓީމުގެ ކޮކީ އަށް ދިން ބޯޅަ ބާރުވުމުގެ ސަބަބުން އޭނާ އަށް ލިބޭ ގޮތެއްނުވި އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ނާވީ (ވ) ކައިރިން ނިއުގެ މުހައްމަދު ރަޝީދު (ހޮކޭ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއު އިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 44 ވަނަ މިނިޓްގަ އެވެ. ޔުނައިޓެޑް ވިކްޓަރީގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ހަމްޕު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ޔުނައިޓެޑް ވިކްޓަރީގެ ސީރިއާގެ ފޯވާޑް ކެރިކް އަންދްރެޖް މިރޭގެ މެޗުގައި ނެތުމުން އެޓީމުގެ ފޯވާޑް ލައިން ފެނުނީ އާދައިގެ ގޮތަކަށެވެ.

ދެ ވަނަ ހާފް ފެށިގެން ނިއު ތިން ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ތެރެއިން އަހުމަދު ސުހެއިލް (ބަމްޕުޗު) ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީ ކީޕަރު މުހައްމަދު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

ނިއުގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީ ނިޔާ އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ނިޔާ މި ލަނޑު ޖެހީ ޔުނައިޓެޑް ވިކްޓަރީ އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންޑަރެއް ކައިިރިން ނައްޓާލުމަށް ފަހު އެވެ.

ޔުނައިޓެޑް ވިކްޓަރީން މެޗުގެ ފަހު 20 މިނިޓް ތެރޭގައި ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބު ވާގޮތެއްނުވި އެވެ. އެ ޓީމުގެ ކޮކީ އާއި އިބްރާހިމް ޝަފްރާޒް ފޮނުވާލި ހަމަލާތަށް ހުރަސް ދަނޑިމަތިން ދިޔައިރު، ނާވީ މުހައްމަދު ބޮލުން ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު އަބޫ ސުލައިމާން ވަނީ މަތަކޮށްފަ އެވެ.

އެއް ހަފްތާގެ މެދުކެނޑުމަކަށް ފަހު ލީގު އަލުން ދެން ފަށާނީ މި މަހު 29 ވަނަ ދުވަހު މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރާ މެޗުންނެވެ.

ނިއު އިން ޓްރާންސްފާގައި ކޮސޯވޯ ފޯވާޑެއް ގެނެސްފައިވީ ނަމަވެސް، އޭނާގެ ނަން ޓީމު ލިސްޓުގައި އަދި ނުޖަހާތީ މިރޭ ނުކުޅެ އެވެ. އޭނާއާ އެކު ނިއުގައި މި ވަގުތު އޭޝިއާ އިން ބޭރުގެ ބިދޭސީ ހަތަރު ކުޅުންތެރިން ތިބިއިރު ލިސްޓުގައި ޖެހޭނީ އޭޝިއާ އިން ބޭރުގެ ތިން ކުޅުންތެރިން އަދި އޭޝިއާގެ އެއް ކުޅުންތެރިއެއްގެ ނަމެވެ.

2 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 8%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނާލީމާ

24 July 2016

ކިތަންމެހާވެސް ދެރަވޭ ނިއުރޭޑިއަންޓް ބަލިވެ ނިކަމެތިވަމުންދާތީ! އަދި ވާންހުރިކަމެއްވެ ނިމި ކަރުތާފެނަށްއެޅުނީމާ ދެން ތިޔަކުރިކަންތަކަކީވެސް ގޯސްކަންތަކެއްނޫން! އެކަމަކު މިހާރު ހީވަނީ ފުރާނަ އަތްމައްޗަށް ލާންޖެހިއްޖެހެން! ކަމެއްކުރަންޏާ އޭގެވެސް ކުރީކޮޅު ކުރިނަމަ ކޮންފަދަ! -އިބްރާހީމް-

The name is already taken The name is available. Register?

މާސޭ

22 July 2016

ސާބަހޭތިދަތިހާލުގާވެސްމޮޅުކުޅުމެއްދައްކާތީހިންވަރާއެކުކުރިޔަށްސަޕޯޓަރުންމިތިބީޓީމާއެކުހިއްވަރާއެކުކުރިޔަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454