ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ބީޖީ އަތުން ބަލިވެ ނިއު ޕްރެޝަރަށް

މިއަދުގެ މެޗުގެ ތެރެއިން ބީޖީގެ ޑެނިއަލް (ވ) ނިއުގެ ނިޔާ ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު 2-0 އިން ބީޖީ ސްޕޯޓްސް އަތުން ބަލިވެ ލީގު އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ޖެހިޖެހިގެން އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ނިއު ބަލިވިއިރު، އެ ޓީމު އޮތީ 13 މެޗުން ލިބުނު 15 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ. މި މެޗަކީ މި ސީޒަނުގައި ބީޖީ މޮޅުވި ފުރަތަމަ މެޗެވެ. އަދި ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ފަހުން ނިއު އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. މި މޮޅާ އެކު ބީޖީ ވަނީ ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 13 މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ.

މިރޭ ކުޅޭ މެޗުން ވެލެންސިއާ އަތުން ވިކްޓަރީ މޮޅުވެއްޖެނަމަ ބީޖީ އަށް ވަނަ އަށް އަނެއްކާ ވެސް ވެއްޓޭނެ އެވެ.

މިއަދުގެ މެޗަށް ނިއު ނުކުތީ އަނިޔާގެ ސަބަބުން ބިދޭސީ ދެ ޑިފެންޑަރުން ކަމަށްވާ ސެގުން މައިކަލް އާއި ވެލިޗްކޯ މިޓްކޯވް އަދި ޓީމުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އަދި އަހުމަދު ނުހާދު ނުލަ އެވެ. ނިއު އިން މެޗު ފެށީ ރަނގަޅު ފޯމެއްގަ އެވެ.

މެޗުގެ 13 ވަނަ މިނިޓްގައި ނިއުގެ ފޯވާޑް މުހައްމަދު ހަމްޒާ (ހަމްޕު) ބީޖީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން އަހުމަދު ސުހެއިލް (ބަމްޕުޗް) އަށް ވަނީ ނިއު އަށް ލީޑު ނަގައިދޭން ރަނުގެ ފުރުސަތެއް ލިބިފަ އެވެ.

ހަމްޕު އަރިމަތިން ނަގައިދިން ބޯޅަ ބީޖީ އޭރިއާ ތެރޭގައި ހުސްކޮށްހުރެ ބަމްޕުޗު ފޮނުވާލި ބޯޅަ ބީޖީގެ ޕާކިސްތާން ކީޕަރު ހަނިފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 30 ވަނަ މިނިޓްގައި ނިއުގެ ފޯވާޑް މުހައްމަދު މުސްލިހު (މުއްޓި) ބީޖީ އޭރިއާ ތެރެއިން ކުޅުންތެރިއެއް ކައިިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ ބީޖީ ޑިފެންޑަރުން ވަނީ ބްލޮކް ކޮށްފަ އެވެ.

މިއަދުގެ މެޗުގެ ތެރެއިން ނިއުގެ ފާރޫގު (ކ) ބީޖީގެ އަފްޒަލް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފް ފެށިގެން ބީޖީން ވަނީ ރަނގަޅަށް ކުޅެ ނިއު އަށް ނުރައްކާ ބޮޑުކޮށްފަ އެވެ. މެޗުގެ 59 ވަނަ މިނިޓްގައި ބީޖީގެ ކެޕްޓަން ނައިޖީރިއާގެ މިޑްފީލްޑަރު ޑެނިއަލް ފިލަމޮން އަށް ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ބީޖީން ދެ ލަނޑު ޖެހީ ވެސް މެޗުގެ ފަހު 20 މިނިޓް ތެރޭގަ އެވެ. އެ ޓީމަށް މެޗުގެ 71 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ މުހައްމަދު ސާބިގް އެވެ. ބީޖީގެ ބިދޭސީ ފޯވާޑް އޮސާގީ އަޑެލޭކޭ ނިއު އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ލިބުމުން ސާގިބް ވަނީ ފަސޭހަކަމާ އެކު ގޯލަށް ވައްދާލައިފަ އެވެ.

އޭގެ ހަތް މިނިޓް ފަހުން ބީޖީގެ ލީޑުފުޅާކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހިމް ޝިޔާމް (ދޮނާ) އެވެ. އޭރިއާ ތެރެއިން ބީޖީގެ ކިންގްސްލީ ފޮނުވާލި ބޯޅަ ނިއުގެ އަބްދުﷲ ހަނީފް (ބެންޖޯ) ބްލޮކް ކުރުމުން އެ ބޯޅަ ލިބުނީ ދޮނާ އަށެވެ. އޭނާ ހަމަޖެހިލާފައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މި ހާފްގައި ނިއުގެ ފަރާތުން މާ ރަނގަޅު އެޓޭކްތަކެއް ނުފެނެ އެވެ. އެ ޓީމުގެ މުހައްމަދު ސާމިރް އޭރިއާ ބޭރުން ފޮނުވާލި ދެ ހަމާލާ ވެސް ބީޖީ ކީޕަރު ހަނީފް ވަނީ ފަސޭހަކަމާ އެކު މަތަކޮށްފަ އެވެ.

ފާއިތުވި އަހަރުތަކުގައި ނިއު ވަރުގަދަ ސްކޮޑަކާ އެކު ސީޒަނަށް ނުކުތް ނަމަވެސް މި ސީޒަން ފެށުމުގެ ކުރިން ނިއު އަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް އެ ކްލަބް ދޫކޮށް ދިއުމުން އެ ޓީމު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ.

8 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 61%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިންސް

18 August 2016

ނިޔުގެ މެނޭޖްމަންޓް. މިހާރު އިސްތިއުފާދިނުމަށްފަހު ކްލަބުދެކެ ލޯބިވާ އެކަން ކުރެވޭނެ ފަދަ ބަޔަކާ ހަވާލުކުރަން ކޮންމެހެންވެސް ޖެހިއްޖެ.

The name is already taken The name is available. Register?

ވާފިރް

18 August 2016

މަރުހަބާ ބީޖީ ބީޖީ ލީގުގަ ކުޅެން ފެށި ފަހުން ބަލި ނުކުރެވޭ ހަމަ އެކަނި ޓީމް. އަލައް ނިއު އަތުން މޮޅެއް ހޯދީ. ނިއުގެ މެނޭޖްމަންޓް އިސްތިއުފާ.

The name is already taken The name is available. Register?

ހޮއްކޮ

17 August 2016

މަރުހަބާ ބީޖީ.. ސޮރީ ނިއުރޭޑިއަންޓް. ނިއު ގެ ނިއު މެނޭޖްމަންޓް ކީއްތަކުރަނީ

The name is already taken The name is available. Register?

ސަމީރާ

17 August 2016

މަރުހަބާ ބީޖީ. ވިކްޓަރީ ވެސް ބަލި ކުރެވޭނެ ﷲ އިރާދަ ކުރެއްވިއްޔާ.

The name is already taken The name is available. Register?

ޢާރިފް

17 August 2016

ކުޅުންތެރިންގެ މަސައްކަތުން ލިބުނު ފޮއިންޓެއްވެސް ލިބިފަ އޮތީ.މެނޭޖްމަންޓް ދޯދިޔާވީމަ އަބަދަކު ކުޅުންތެރިންވެސް ކަށިންހިތްވަރު ނެރެގެން މޮޅުވާކަށް މަސައްކަތެއް ނުކުރާނެ.

The name is already taken The name is available. Register?

އިއްބެ

17 August 2016

ނިއު ޕްރެޝަރަށް ދިޔަ ވާހަކަ އޮތީމާ މިކަމާ ވިސްނަން ޖެހިއްޖެތާދޯ؟ އެއްގޮތަކީ ނިއުއަކީ ލީގަށް ވާދަކުރާ ޓީމެއް ނޫން.. މެޗްގެ ކޮންމެ ނަތީޖާއަކީވެސް ނިއުއަށް ލީގު ލިބެން އޮތް ނަތީޖާއެއް ނޫން.. އަނެއްގޮތަކީ ރެލިގޭޝަނުން ސަލާމަތްވުން. (ނިއުގެ މިފަހަރުގެ ޓާގެޓަކީ ރެލިގޭޝަނުން ސަލާމަތްވުންކަމަށް ބެލެވިދާނެ) މެޗްގެ އެއްވެސް ނަތީޖާއަކީ ނިއުރޭޑިއަންޓް ރެލިގޭޝަނަށް ދާނެ ނަތީޖާއެއް ނޫން.. އެހެންވީމާ، ކޮބައިތޯއޭ ޕްރެޝަރަށް ދިޔުމަކީ!! ބޯހަލާކު

The name is already taken The name is available. Register?

ޕްރެޝަރު

18 August 2016

ޖެހިޖެހިގެން ހަތަރު މެޗުން ލަނޑެއް ނުޖެހި ބަލިވީމަ ޕްރެޝަރަށް ނުދާނެ ދެއްތޯ؟ އަރާމުގައި ރެލިގޭޝަނުން ދޯ ސަލާމަތްވީ.

The name is already taken The name is available. Register?

ާާާހޯގުޅާ

17 August 2016

ޙުރިހާޒިންމާއެއް ނަގަންޖެހޭނި މިހާރުގެ މެނޭޖްމަންޓް. ކުޅުންތެރިން އެއްޖެރީވީމަ ބޭހެއް ނުކޮށްދޭ. މުސާރަ ނުދޭތާ ފުރެކުޓިސް ކޮށްލާތާ ބޯލާނެ ފެންފޮދެއް ނުހުރޭ. ޞޯބޯޅަހޮވާމީހަކު ނުހުރޭ . މެނޭޖްމެންޓް މީހަކު ފުރެކްޓިސް ކޮށްލާތަނަށް އައިސް ކުޅުންތެރިންނާ ވާހަކަ ދައްކާ ނުލާ ފިލާގެން އުޅެނި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454