ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ވެލެންސިއާ އަތުން ނިއު މުހިއްމު ތިން ޕޮއިންޓް ހޯދައިފި

ވެލެންސިއާގެ އަދުހަމް (ކ) އަތުން ބޯޅަ ހޯދަން ނިއުގެ ނުހާދު ޓެކްލްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އަތުން 1-0 އިން މޮޅުވެ ނިއު ރޭޑިއަންޓުން މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.

އެންމެ ފަހުން ކުޅުނު މެޗުން ވިކްޓަރީ އަތުން ބަލިވެ ޕްރެޝަރު ބޮޑުވެފައިވާ ނިއު މިހާރު 19 ޕޮއިންޓް ހޯދާފައިވާއިރު އެ ޓީމު އޮތީ ހަ ވަނައިގަ އެވެ. ގަދަ ހަޔެއްގައި ހިމެނުމަށް ނިއު ކުރަމުން އަންނަ މަސައްކަތަށް މިހާރު ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ. ނިއު ވަނީ ހަތް ވަނައިގައި 13 ޕޮއިންޓާ އެކު އޮތް ވިކްޓަރީގެ މައްޗަށް ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

ވެލެންސިއާ 20 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު، ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ހޯދައިފަ އެވެ. އެހެންކަމުން މިއަދުގެ މެޗުން ވެލެންސިއާ އަށް ތިން ޕޮއިންޓް ނުލިބުމާ އެކު، ފަހަތުގައި އޮތް ޓީމުތަކަށް ވަނީ ވެލެންސިއާގެ މައްޗަށް ކުރި އެރުމުގެ ފުރުސަތު ބޮޑުވެފަ އެވެ.

މިއަދުގެ މެޗު ކޮންޓްރޯލްކޮށްގެން ޖުމްލަކޮށް ރަނގަޅު ކުޅުމެއް ދެއްކީ ވެލެންސިއާ އިންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ވެލެންސިއާ އިން ތިން ހަމަލައެއް ފޮނުވާލި އެވެ. އެ ހަމަލާތައް ގޯލަށް ނުވަނުމުގެ ޝުކުރު ހައްގުވަނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ނިއުގެ ޖަޕާން ގޯލްކީޕަރަށެވެ.

ނިއު އިން މެޗުގެ ހަމައެކަނި ލަނޑު ޖެހީ 50 ވަނަ މިނެޓުގައި ކެޕްޓަން އަހުމަދު ނިޔާޒެވެ. އޭނާ ޕެނަލްޓީއަކުން ފޮނުވާލު ބޯޅަ ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ފައިސަލް މަތަކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު، އެ ބޯޅަ ނިޔާ ވަނީ ގޯލަށް ވައްދާލައިފަ އެވެ. މިއީ އޭރިއާ ތެރެއިން ވެލެންސިއާގެ ކަކާގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި ހާފުގައި ވެލެންސިއާގެ ސްޕެއިން ފޯވާޑް އެންހެލް މުނޯޒް ވަނީ ނުރައްކާތެރި ހިލޭ ޖެހުމެއް ފޮނުވާލައިފަ އެވެ. އެކަމަކު އެ ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ. އޭގެ ފަހުން ވެލެންސިއާގެ ހަންސީ އަވީލޯ އަށް ވެސް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ.

2 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 15%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތާރީހީ !!

22 September 2016

بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، السلام عليكم ، އަދިކިރިޔާ ތިފެނުނީ އަލާމާތް ދެން ބަލާތި ﷲއިރާދަފުޅުކުރެއްވިއްޔާ ވާގޮތް انشاءالله އަޅިގަނޑު މިބުނިބަހުގަ ހުރިވަރު ﷲއިރާދަފުޅުކުރެއް ދެން ފެނިގެންދާނެ ބަލާތި ، انشاءالله ، آمين ،،،،،!.

The name is already taken The name is available. Register?

އަލީ

20 September 2016

ކަމަކު ނުދޭ ޓޮމް މާ ބޮޑަށް ފޭވަރ ކޮށްފަ ތިއޮތީ ނިއުއަށް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454