31 މާޗް

March 31, 2018 13
ކާމިޔާބު ނޫން ދިވެހި ފިލްމެއް ނެތް؟

މިއީ ވަރަށް ތަފާތު ފިލްމެކެވެ. މި އަހަރު ނުކުންނާނެ އެންމެ މޮޅު ފިލްމެވެ. މިއީ މާސްޓަޕީސްއެކެވެ. ބެންޗްމާކް ގާއިމުކުރާނެ ފިލްމެކެވެ. މި ވަރުގެ ފިލްމެއް ދެން އެހެން ބަޔަކަށް ނެހެދޭނެ އެވެ. މިއީ ފިސާރި ފިލްމެކެވެ؛ މި ހުރީ މުޅިން ވެސް ދިވެހި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ އެންމެ އާންމު އަތްމަތީ ބަސްތަކެވެ.

24 މާޗް

March 24, 2018 2
"ތިޔަ ލޯތްބާ ދުރަށް" ގެ އާ ޓީޒާއެއް ދައްކާލައިފި

ޓެކްނޯ މީޑިއާ އިން އަންނަ މަހު ގެނެސްދޭ ފިލްމް "ތިޔަ ލޯތްބާ ދުރަށް" އަޅުވާ ދުވަސް ކައިރިވަމުން އަންނަ އިރު، ފިލްމްގެ އާ ޓީޒާއެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

March 24, 2018 3
"ރޭވުމުން" މިރޭ އޮލިމްޕަހަށް

ހަތް އަހަރަށް ފަހު، ޑައިރެކްޓަރު އަމްޖަދު (އަމްޖޭ) އިބްރާހީމް ގެނެސްދޭ ފުރަތަމަ ފިލްމް "ރޭވުމުން" މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާނެ އެވެ.

23 މާޗް

March 23, 2018 2
"މާމުއި" އަކީ ފީޗާ ފިލްމެއް، ވެބް ސީރީޒެއް ނޫން

"މާމުއި" ގެ ނަމުގައި ޑާކް ރެއިން އެންޓަޓައިންމަންޓުން ހަދަން އުޅުނު ވެބް ސީރީޒް ފީޗާ ފިލްމެއްގެ ގޮތުގައި ގޮތުގައި ގެނެސް ދޭން ނިންމައި، ފިލްމްގެ ބައެއް ކާސްޓުން ވެސް އިއުލާންކޮށްފި އެވެ.

22 މާޗް

March 22, 2018 5
އަންނަ އަހަރު ޑާކް ރެއިންގެ ތިން ފިލްމެއް

ކާމިޔާބު ފިލްމްތަކެއް ގެނެސް ދެމުން އަންނަ ޑާކް ރެއިން އެންޓަޓައިންމަންޓް އިން އަންނަ އަހަރު ތިން ފިލްމެއް ގެނެސް ދޭން ނިންމައިފި އެވެ.

20 މާޗް

March 20, 2018 1
"ތިޔަ ލޯތްބާ ދުރަށް" ގެ ޕޯސްޓަރު ރިލީޒްކޮށްފި

ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ލޯބީގެ އަސަރުގަދަ ފިލްމަކަށް އެންމެ ކުރިން އަޅުވަން ހަމަޖެހިފައިވާ ޓެކްނޯ މީޑިއާ އިން ޕްރޮޑިއުސްކުރާ ފިލްމު "ތިޔަ ލޯތްބާ ދުރަށް" ގެ ޕޯސްޓަރު ރޭ ދައްކާލައިފި އެވެ.

March 20, 2018
"ވަކިން ލޯބިން" ގެ ފަހު ދެ ޝޯ 22 އާއި 23 ގައި

އަންނަ މަހުގެ ތެރޭގައި ވެސް "ވަކިން ލޯބިން" ގެ އިތުރު ޝޯތަކެއް އޮލިމްޕަހުގައި ދައްކާނެ.

March 20, 2018 2
"ގޮށްރާޅު" ޑިސެމްބަރަށް ފަސްކޮށްފި

އަންނަ މަހުގެ 5 ގައި ރިލީޒް ކުރަން އޮތް، ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމް "ގޮށްރާޅު" މި އަހަރުގެ ޑިސެމްބަރުގައި ރިލީޒް ކުރާ ގޮތަށް ފަސްކޮށްފި އެވެ.

16 މާޗް

March 16, 2018
"ހުވާ" ގެ ލަވަތަކަށް މިއުޒިކް ހަދަން ފުރުސަތެއް

މިއީ މިއުޒިކް ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ޒުވާން މިއުޒިޝަނުންނަށް ލިބޭނެ ރަނުގެ ފުރުސަތަކަށް ވެދާނެ އެވެ. މަޝްހޫރު ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތުމަތު ނަހުލާ މިހާރު ހަދަމުން އަންނަ ވެބް ސީރީޒް "ހުވާ" ގެ ލަވަތަކުގެ މިއުޒިކް ހަދަން މިއޮތީ ހުޅުވިފައި އޮތް ފުރުސަތެކެވެ.

15 މާޗް

March 15, 2018 1
"ރޭވުމުން"ގެ ޓިކެޓް ވިއްކަން ފަށައިފި

އޮލިމްޕަހާ އެކު ހުޅުމާލޭގެ ޝްވެކް ސިނަމާގައި ވެސް މި މަހުގެ 24 ގައި ފިލްމް އަޅުވާނެ.

14 މާޗް

March 14, 2018 12
"ހުވާ" ގެ ކާސްޓަށް ޔޫއްޕެ އާއި އައްޒަ

ފާތުމަތު ނަހުލާގެ ވެބް ސީރިޒް "ހުވާ" ގެ މަސައްކަތް ފެށި ފަހުން، ގިނަ ބަޔަކު ތިބީ މިއީ ކިހިނެއް، ކޮން ގޮތަކަށް ފެންނާނެ ވެބް ސީރީޒެއްތޯ ބަލައިލަން ބޭނުންވެފަ އެވެ. ބޮޑު ކާސްޓެއް ހިމަނައިގެން ހަ މަހެއްހާ ދުވަހަށް ދެމިގެންދާ ގޮތަށް ތައްޔާރުކުރާ މި ސީރީޒަކީ ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒެވެ.

11 މާޗް

March 11, 2018 2
"ތިޔަ ލޯތްބާ ދުރަށް" ގެ ޕްރޮމޯ ލަވަ

އަންނަ މަހުގެ 21 ގައި ރިލީޒްކުރާ ފިލްމް "ތިޔަ ލޯތްބާ ދުރަށް" ގެ ޕްރޮމޯޝަނަލް ލަވަ މިއަދު ދައްކާލައިފި އެވެ.

March 11, 2018
"ވަކިން ލޯބިން"ގެ ވާހަކަ އަދި ކުރިއަށް އޮތީ

"ވަކިން ލޯބިން" ބެލި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ނުޒުހަތު (ނުޒޫ) ޝުއައިބް ކުޅުނު ރޫނާގެ ރޯލް ދެކެ ލޯބިވި މީހުން ގައިމު ވެސް މަދެއް ނުވާނެ އެވެ. ބޮޑާކަމާއި ކިބުރުވެރިކަމާއި...

09 މާޗް

March 09, 2018
"ގޮށްރާޅު" ރިލީޒް ކުރުން ފަސްކޮށްފި

"ގޮށްރާޅު" އަކީ ޝިނާން ޑައިރެކްޓް ކުރާ ކްރައިމް ތުރިލާއެއް.

07 މާޗް

March 07, 2018 21
ޒީނަތުގެ އުމުރުން ކިހާވަރެއް؟

ބަތަލާ ޒީނަތު އައްބާސް މިހާރު ހުރި ގޮތާއި ފިލްމީ ދާއިރާ އަށް އޭނާ ނުކުތް އިރު ހުރި ގޮތް އަޅާބަލާއިރު އަދިވެސް މާ ބޮޑު ތަފާތެއް ނެތެވެ. ހީވަނީ މިހާރު ކުރިއަށް ވުރެ ވެސް ޒުވާންވެފައި ލޫޅާފަތި ކަމަށެވެ.

05 މާޗް

March 05, 2018 3
"ރޭވުމުން" ގެ އާ ޓްރެއިލާއެއް

މި މަހުގެ 24 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ އަމްޖަދު (އަމްޖޭ) އިބްރާހީމްގެ ފިލްމް "ރޭވުމުން" ގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

March 05, 2018 12
"ވަކިން ލޯބިން" ގެ ޕްރިމިއާ މިރޭ

ނުހާ އަށް އަޒާން ދޭ "މަޖާ ކޮފީ" އާ އެކު ދެ މީހުން ފަށާ ހަޔާތުގެ ދަތުރު މިރޭ ބެލުންތެރިންނަށް ތަޖުރިބާކޮށްލެވޭނެ އެވެ. ޑާކް ރެއިން އެންޓަޓައިންމަންޓްގެ އާ ފިލްމް "ވަކިން ލޯބިން" އަކީ...

04 މާޗް

March 04, 2018 1
ސިނަމާއިން ބަލައިލަން އެދޭ އާ ޖޯޑުތަކަކީ ކޮބާ؟

މިހާރު ދިވެހި ސިނަމާގެ އެންމެ ލޯބި އަދި ކަމުދާ ޖޯޑަކީ ކޮބައިތޯ އަހާލައިފި ޔަގީނުން ވެސް ގިނަ ބަޔަކު ބުނާނީ އެއީ ޖުމައްޔިލް (ޖުމަލް) ނިމާލާއި މަރިޔަމް (މަޖޫ) މަޖުދާ ކަމަށެވެ. އެ ދެ ތަރިން އެކުގައި މިހާތަނަށް ހަތަރު ފިލްމް ކުޅެ ވަރަށް ކަމުދާ ގުޅުމެއް ދައްކައިފި އެވެ. ސިނަމާ އަށް އަންނަން އޮތީ ވެސް ހަމަ މި ޖޯޑުގެ ފިލްމެކެވެ. އެއީ އަންނަ...

03 މާޗް

March 03, 2018 1
މަރީގެ އަލަތު ޑައިރެކްޝަން ކިހިނެއް ވާނެ؟

އޮލިމްޕަހާ އެކު ލަންކާގައި ވެސް "ތިޔަ ލޯތްބާ ދުރަށް" އެޕްރީލް 21 ގައި ޕްރިމިއާ ކުރުމުގެ ފުރުސަތު އެބަ އޮތް.

02 މާޗް

March 02, 2018 2
ބެލުންތެރިންނަށް "ލީނާ" ކަމުދާނެ: އައްޒަ

މިދިޔަ އަހަރު އެންމެ ގިނައިން ސްކްރީނުން ފެނުނު ބަތަލާ މަރިޔަމް އައްޒަގެ މި އަހަރުގެ ފުރަތަމަ ފިލްމަކަށް ވާނީ "ލީނާ" އެވެ. އއ. އުކުޅަހުގައި ޝޫޓިން ނިންމާލައި، ޓީމް މިހާރު މާލެ އައިސްފައިވާ އިރު، ފިލްމްގެ ޓައިޓްލް ރޯލް ކުޅުނު އައްޒަ ބުނީ އޭނާ ހުރީ ކުރެވުނު މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ.

01 މާޗް

March 01, 2018 1
އަނެއްކާވެސް ވަކިން ލޯބިންގެ އާ ލަވައެއް

ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވަކިން ލޯބިން" އަށް ދެން މާ ގިނަ އިންތިޒާރެއް ކުރާކަށް ނުޖެހޭނެ އެވެ. އަންނަ ހޯމަ ދުވަހުގެ ރޭ ފިލްމް ޕްރިމިއާ ކުރާނެ އެވެ.

28 ފެބުރުއަރީ

February 28, 2018
"ދެވަންސޫރަ" ގެ ޝޯއެއް ހުކުރު ދުވަހު އޮލިމްޕަހަށް

މި މަހު ހައެއްގައި އެޅުވި މި އަހަރުގެ ފުރަތަމަ ފިލްމް "ދެވަންސޫރަ" ގެ ޝޯއެއް ހުކުރު ދުވަހު އޮލިމްޕަހުގައި ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

February 28, 2018
އޮފީސް ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މުބާރާތް ބާއްވާނީ މަދުވެގެން ފަސް އޮފީހަކުން ވާދަ ކުރާ ނަމަ ކަމަށް އެންސީއޭ އިން ބުނޭ.

27 ފެބުރުއަރީ

February 27, 2018 4
"ލީނާ"ގެ ޝޫޓިން ނިންމާލައިފި

މީގެ އަހަރުތަކެއް ކުރިން ވިޔަފާވެރިންގެ ޖަމިއްޔާގެ ފާހާނާތެރޭގައި މަރާލި އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދާ ފިލްމް "ލީނާ" ގެ ޝޫޓިން އއ. އުކުޅުގައި ނިންމާލައި، ކާސްޓާއި ކްރޫ މާލެ އަތުވެއްޖެ އެވެ.

February 27, 2018 4
އަމްޖޭގެ "ރޭވުމުން" އަންނަ މަހު 24 ގައި

އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ ލޯބީގެ ބިރުވެރި ފިލްމް "ރޭވުމުން" އަންނަ މަހުގެ 24 ގައި އޮލިމްޕަހުގައި ޕްރިމިއާ ކުރަން ނިންމައިފި، ފިލްމްގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

February 27, 2018 8
ހުވާ: ނަހުލާގެ ވެބް ސީރީޒްގެ މަސައްކަތް ފަށައިފި

ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތުމަތު ނަހުލާ ދާދި ފަހުން ބުނި ގޮތުގައި އޭނާ އަންނަނީ ފިލްމަކަށް ވުރެ ބޮޑު މަސައްކަތެއް ފަށަން ތައްޔާރުވަމުންނެވެ.

26 ފެބުރުއަރީ

February 26, 2018 2
ފަންނާނުންގެ މަސައްކަތް ހިލޭ އިޝްތިހާރުކޮށްދެނީ

ރާއްޖޭގެ ފަންނުވެރިންނާއި އެ މީހުންގެ މަސައްކަތްތައް ހިލޭ ޕްރޮމޯޓްކޮށް، އިޝްތިހާރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

24 ފެބުރުއަރީ

February 24, 2018 14
ސީޒަންގެ އާ ފިލްމު، "ފިނިފެންމާ" ލޯންޗް ހާދިސާއަށް!

އަލީ ސީޒަން އަލަށް އުފައްދާ ފިލްމު ބިނާކުރަނީ ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅު ގޮއްވާލި ހާދިސާގެ މައްޗަށް ކަމަށް އޭނާ ބުނެފި އެވެ.

February 24, 2018 7
އެންމެ ކާމިޔާބު ޕްރޮޑިއުސަރުންނަކީ ކޮބާ؟

ފިލްމުތަކުގެ ވާހަކަ އާންމުކޮށް ދައްކާ އިރު، އެންމެ ގިނައިން އަދި އެންމެ ބޮޑަށް ދެކެވޭނީ އެ ފިލްމެއްގެ ތަރިންނާއި ޑައިރެކްޓަރުންގެ ވާހަކަ އެވެ. ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރާ...