ހުޅުމާލޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ހައުސިން އެޗްޑީސީން އިއްޔެ ކެމްޕޭނެއް ފަށައިފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ހިލޭސާބަހަށް މަސައްކަތް ކުރާ ގިނަ ބައެއްގެ ބައިވެރިވުމާ އެކު އިއްޔެ ހެނދުނު ފެށި "މަދިރިން ރައްކާ" ޕްރޮގްރާމްގައި މިހާރު ވެސް ވަނީ ބޮޑު ސަރަހައްދެއް ސާފުކޮށްފަ އެވެ.

އެޗްޑީސީން ބުނީ 155 ވަނަ ފްލެޓާއި 163 ވަނަ ފްލެޓާ ދެމެދު އޮތް ސަރަހައްދު އިއްޔެ ސާފުކޮށްފައިވާ ކަމަށެވެ.

"މަދިރިން ރައްކާ" ނަމުގައި އެޗްޑީސީން އިއްޔެ ފެށި ޕްރޮގްރާމުގައި އެ ކުންފުނީގެ އިސް ވެރިން ބައިވެރިވަނީ-- ފޮޓޯ: އެޗްޑިސީ
"މަދިރިން ރައްކާ" ނަމުގައި އެޗްޑީސީން އިއްޔެ ފެށި ޕްރޮގްރާމުގައި އެ ކުންފުނީގެ އިސް ވެރިން ބައިވެރިވަނީ-- ފޮޓޯ: އެޗްޑިސީ

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ މަދިރިއާލާވާ ގޮތަށް ހުރި 300 އަށްވުރެ ގިނަ ތަންތަން އެ ސަރަހައްދުން ނައްތާލާފައިވާ ކަމަށެވެ.

"އިއްޔެ އަޅުގަނޑުމެން ކުރިއަށް ގެންދިޔައީ ފޭސް 1 ގައި. އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި ފޭސް 2 އަދި 3 ގައި ވެސް މަދިރި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

"މަދިރިން ރައްކާ" ނަމުގައި އެޗްޑީސީން އިއްޔެ ފެށި ޕްރޮގްރާމުގައި ބައެއް ތަންތަން ސާފުކޮށް ނަގާފައިވާ ކުނި. -- ފޮޓޯ: އެޗްޑީސީ
"މަދިރިން ރައްކާ" ނަމުގައި އެޗްޑީސީން އިއްޔެ ފެށި ޕްރޮގްރާމުގައި ބައެއް ތަންތަން ސާފުކޮށް ނަގާފައިވާ ކުނި. -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ މިއީ މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށާއި ތިމާވެށި ރައްކާތެރި ކުރުމުގެ ޒިންމާ އަށަގެންނެވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މަދިރި ނައްތާލުމަށް ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ވެސް ހުޅުމާލެ 1 އަދި 2 ގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.