އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު މުބީން އައްޔަންކޮށްފި އެވެ.
އެ ކުންފުނިން ވަނީ ޑީއެމްޑީއަކަށް މުބީން އައްޔަން ކުރިކަން އިއުލާންކޮށް، ޑިރެކްޓަރުންގެ ބޯޑާއި އެމްޓީސީސީގެ ނަމުގައި މުބީނަށް މަރުހަބާ ކިޔައިފަ އެވެ.
މުބީންގެ ލީޑާޝިޕްގައި ކުންފުންޏަށް އިތުރު ކާމިޔާބީތައް ލިބި، ކުރިއަރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެމްޓީސީސީގެ ޕޯސްޓުގައިވެ އެވެ.
މުބީން ކުރިން ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރުސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އާރްއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުމުގެ މަސައްކަތްތައް ފެށުމާ އެކު އެވެ.
މުބީނަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން ވެސް މެ އެވެ.