މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހާ ގުޅުވައިގެން ފުލުހުންގެ ކުރު ފިލްމެއް "އިޔާރު: އަވައްޓެރި ފުލުހުން" ގެ ނަމުގައި ގެނެސްދީފި އެވެ.
ޔޫޓިއުބާއު ފުލުހުންގެ ފޭސްބުކް ޕޭޖަށް ވެސް ދޫކޮށްލާފައިވާ 15 މިނިޓްގެ މި ފިލްމަކީ ރާއްޖޭގެ މަޝްހޫރު ފަންނާނެއް ކަމަށްވާ މުހައްމަދު މުންތަސިރު (މުންކޮ) ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އަވައްޓެރި ފުލުހުންގެ ސަބަބުން މުޖުތައު ރައްކާތެރި ތަނަކަށް ބޮޑު ބާރަކަށްވާކަން ހާމަކޮށްދޭ ގޮތަށް ތައްޔާރުކޮށްފައިވާ "އިޔާރު" ގައި އެކި ކަހަލަ ހާދިސާތައް ގެނެސްދީފައިވެ އެވެ.
އެތައް ފިލްމަކާއި ޑްރާމާތަކެއްގެ ސްކްރީންޕްލޭ ލިޔެފައިވާ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ގެނެސްދިން ފުލުހުންގެ ފިލްމުގެ މައިގަނޑު ރޯލުތައް ވެސް ކުޅުނީ ވެސް ފުލުހުންނެވެ. ރާއްޖޭގެ މިހާރު ފާހަގަކޮށްލެވޭ ފިލްމު ސްޓޫޑިއޯއެއް ކަމަށްވާ އޯކޭޒް އިންކުން ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކުރި "އިޔާރު" ގެ މައި ކެމެރާމަނަކީ މަޝްހޫރު ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި) އެވެ.
އަވައްޓެރި ފުލުހުންނަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ފުލުހުންގެ ހިދުމަތްދޭން ތައާރަފުކޮށްފައިވާ ހިދުމަތެކެވެ. އެގޮތުން މި ހިދުމަތް ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ދެ އެވެ. ހާއްސަކޮށް އާބާދީ ބޮޑެތި ސަރަހައްދުތަކުގަ އެވެ.