ޓިއުނީޝިއާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "މޮލިންޑޯ" ޕޭސްޓްރީ، ބިޔޯންޑް ޓްރޭޑިން އިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
ބިޔޯންޑް އިން ރާއްޖެއަށް ތައާރަފު ކޮށްފައިވާ ޕޭސްޓްރީތަކުގެ ތެރޭގައި މޮލިންޑޯ ބްރޭންޑުގެ ކޭކައި ޑޯނަޓާއި ބްރައުނީސް އަދި ބްލޮންޑީސް އެވެ. މި އުފެއްދުންތައް މިހާރު އެ ކުންފުނީގެ ޝޯރޫމުން ހޯލްސޭލްކޮށް ލިބެން ހުންނާނެ އެވެ.
މޮލިންޑޯ އަކީ މިއަހަރު ޓިއުނީޝިއާގެ "ފްލެވާ އޮފް ދަ އިޔާ" ގެ އެވޯޑު ހާސިލް ކޮށްފައިވާ ބްރޭންޑެވެ. މި ބްރޭންޑުގެ 12 ބާވަތެއް މިހާތަނަށް ރާއްޖެއަށް ތައާރަފު ކޮށްފައިވާއިރު ކުރިއަށް އޮތް ތަނުގައި އިތުރު ބާވަތްތައް ތައާރަފުކުރާނެ ކަމަށް ބިޔޯންޑުން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި މޮލިންޑޯގެ ކޭކާއި ބްރައުނީ އަދި ޑޯނަޓަކީ އާއްމުކޮށް ރާއްޖޭން ލިބެން ހުންނަ ތަކެއްޗާ އަޅާބަލާއިރު ރަހައިގެ ގޮތުން މުޅިން ތަފާތު ތަކެތި ކަމަށެވެ. އެގޮތުން އެ ބްރޭންޑު ކުކީސް ޑޯނަޓަކީ ރާއްޖެއަށް އާ ފްލެވާއަކަށްވާއިރު އެއީ އެންމެ ކާމިޔާބުކަމާ އެކު ވިކޭ އުފެއްދުން ކަމަށް ވެސް ބިޔޯންޑުން ބުންޏެވެ.
ބިޔޯންޑް ޓްރޭޑިން އިން މޮލިންޑޯގެ ޕޭސްޓްރީ ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކާނީ ހެޔޮ އަގުތަކެއްގަ އެވެ. އެގޮތުން، 50 ކޭކު ހިމެނޭ ފޮއްޓެއް އެ ކުންފުނިން ހޯލްސޭލްކޮށް 160ރ. އަށް ލިބޭއިރު ރީޓޭލްކޮށް ކޭކެއް ހަތް ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ރާއްޖެއަށް ތައާރަފު ކުރާ ބްރޭންޑުތަކާއި އުފެއްދުންތަކުގެ މައުލޫމާތު ވައިބަ ކޮމިއުނިޓީ، https://buff.ly/316pPnT އިން ލިބޭނެ އެވެ. އަދި ހޯލްސޭލްކޮށް ވިޔަފާރިކުރަން ބޭނުންވާ ކަސްޓަމަރުންނަށް 9444550 ނުވަތަ 944451 އަށް ގުޅައިގެން އެކަމުގައި އެހީ ހޯދޭނެ އެވެ.
ހޯލްސޭލްކޮށް އޯޑަރު ކުރުމުން މާލެ އާއި ހުޅުމާލެ އަދި ބޯޓުތަކަށް ހިލޭ ޑެލިވަރީގެ ހިދުމަތް ލިބޭނެ އެވެ. ބިޔޯންޑް ޝޯރޫމުން ހުންނާނީ ޖަންބު މަގު ސެންޓްރަލް ކްލިނިކް ކައިރީގަ އެވެ.