ޚަބަރު / ސުޕްރީމް ކޯޓް

ފަސް އަހަރުގެ ޖަލު ހުކުމުން ޔާމީން ސަލާމަތް ވެއްޖެ

ޔާމީނަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދަން ތަހުގީގުކޮށް އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ނަމަ ދައުލަތަށް ނެގުމުގެ އިހްތިޔާރު އޮތް ކަމަށް ހުކުމުގައިވޭ

ހުކުމް ކުރުމުގެ އަޑުއެހުމަށް ވަޑައިގަތުމުގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނު ދިރިއުޅުއްވާ ހ. ދޫވެހީގެ ކުޑަދޮރަކުން ބޯދިއްކުރައްވައި ސަޕޯޓަރުންނަށް ގޮވާލައްވަނީ -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

މަނީ ލޯންޑާ ކުރިކަން ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވަކި މުދަލަކީ ނުވަތަ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ޝައްކުކުރެވޭ ހާލަތުގައި ވެސް އެ ފައިސާ އަތުގައި ބެހެއްޓުމަކީ މަނީ ލޯންޑަރިން ކަމަށް، މަނީ ލޯންޑަރިންގެ ގާނޫނާ ހަވާލާދީ ދައުލަތުން ބުނެ އެވެ. ޔާމީންގެ މައްޗަށް ދައުވާކުރީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވެ، ފަހުން އެއީ ދައުލަތުގެ ފައިސާކަން އެންގުމުން ވެސް އެ ފައިސާއިން މުއާމަލާތުކޮށް އަސްލު އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އެ ފައިސާ ޖަމާކުރަން އޭސީސީއާ އެކު ހެދި އެސްކްރޯ އެކައުންޓަށް އެ މަނިކުފާނު ޖަމާކުރެއްވީ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ބަދަލުގައި އެހެން ގޮތަކުން ހޯއްދެވި ފައިސާ އެވެ.

ޔާމީންގެ ފަރާތުން މި މައްސަލައިގައި 100 އަށް ވުރެ ގިނަ އިސްތިއުނާފީ ނުކުތާތަކެއް ހުށަހެޅި ނަމަވެސް މި ސުޕްރީމް ކޯޓުން ގިނަ ނުކުތާތަކުގައި ނިންމީ ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށް، ޔާމީނާ ދެކޮޅަށެވެ.

ޔާމީން މިނިވަންވީ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމާ މެދު ސުވާލު އުފައްދައި ހުށަހެޅި ނުކުތާގައި އެ މަނިކުފާނާ އެއްކޮޅަށް ރައުޔު އައުމުންނެވެ. އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމާ މެދު ޝައްކު އުފެދުނީ އެ ފައިސާ އެސްއޯއެފްއަށް ޖަމާކުރި ކަމަށް ބުނާ ޗެކު ނަމްބަރުތައް ދިމާނުވާތީ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް ބާތިލްކޮށް މިނިވަންކުރުމުން ސަޕޯޓަރުން އުފާ ފާޅުކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ދައުލަތުގެ ދައުވާގައި، އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ބަޔާންކޮށްފައި ވުމުން އެކަން ދައުލަތަށް ސާބިތު ކުރެވެން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

"ކަން މިހެން އޮތް އިރު މި ޝައްކުގެ އާހިރު ނަތީޖާ އަކީ އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމާ މެދު ސުވާލު އުފެދުން. މި ސުވާލަށް މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުންނާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އަހުރެންނަށް ޖަވާބެއް ނުލިބޭ،" ހުކުމުގައިވެ އެވެ.

އިސްތިއުނާފުގެ ޝަރީއަތުގެ މައިގަނޑު އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް، މި ޗެކު ނަމްބަރުތައް ދިމާނުވާކަން ފާހަގަވެގެން ސުޕްރީމް ކޯޓުން އިތުރު އަޑުއެހުމެއް ބާއްވައި ދެ ފަރާތާ ސުވާލު ވެސް ކުރި އެވެ. މިއަދުގެ ހުކުމުގައި ފާހަގަކުރީ ދަށު ކޯޓާއި ހައި ކޯޓުގެ މަރުހަލާއިން ވެސް މައްސަލަ ނިމިގެން ސުޕްރީމް ކޯޓާ ހަމައަށް އައި އިރު އެއީ ފާހަގަކުރެވިފައި އޮންނަންޖެހޭނެ ކަމަށެވެ.

ޔާމީނަށް ޖަމާވި ފައިސާ އަކީ ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ޝައްކު ކުރެވޭ ހާލަތެއް އޮތް ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ހުކުމް ކުރިޔަސް، މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރީ އެއާ ހިލާފަށެވެ.

"ކުށުގެ ވާގިއާތައް ކަށަވަރުކުރުމެއް ނެތި މާލީ ބަޔާނުގައިވާ އިބާރާތާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވި ސިޓީ އާއި އޮޑިޓާ ޖެނެރަލްގެ ރިޕޯޓުތަކުން އަބްދުﷲ ޔާމީނަށް ޝައްކެއް ކުރެވޭނެ ކަމަށް ބަލައި ހެކި ވަޒަން ކުރުމަކީ މި ބާވަތުގެ މައްސަލަތަކުގައި ހެކި ވަޒަން ކުރެވޭނެ ގާނޫނީ އުސޫލާ އެއްގޮތަށް ވަޒަން ކޮށްފައިވާ ހެކިބަހެއް ކަމުގައި އަހުރެން ނުދެކެން،" މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒްގެ ރައުޔުގައި ވިދާޅުވި އެވެ.

ކަން މިހެން އޮތް އިރު މި ޝައްކުގެ އާހިރު ނަތީޖާ އަކީ އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމާ މެދު ސުވާލު އުފެދުން. މި ސުވާލަށް މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުންނާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އަހުރެންނަށް ޖަވާބެއް ނުލިބޭ: ފަނޑިޔާރު މަހާޒް

ޔާމީނާ ދެކޮޅަށް ހެކިބަސް ދިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކިބަހަށް ބާރު ލިބޭ ހެކިތަކެއް ހުރި ނަމަ އެ މީހުންގެ ހެކިބަހަށް ބުރަދަން ދެވޭނެ ކަމަށް ކުރިން ނިންމިޔަސް، މިއަދު ސުޕްރީމް ކޯޓުން ފާހަގަކުރީ އެ މީހުންގެ ހެކިބަހަށް ބާރު ލިބޭ ހެއްކެއް ހުކުމުގައި ފާހަގަނުކުރާ ކަމެވެ.

ކުރީގެ ރައީސް ޔާމީން މިނިވަންވުމުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އުފާފާޅުކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ދަށު ކޯޓުން ހުކުމް ކުރި އިރު ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަބެއް ކަނޑައަޅައި ޖަލު އަދަބަށް ލުއި ގޮތެއް ދީފައި އޮތީ ވެސް ގޯސްކޮށް ކަމަށް މިއަދުގެ ހުކުމުގައިވެ އެވެ. ހުކުމުގައިވާ ގޮތުން އަދަބު ކަނޑައަޅާއިރު ޖެހޭނީ ޖޫރިމަނާ އާއި ޖަލު އަދަބު ވެސް އެއް މިންވަރަކުން ބޮޑުކުރަން ނުވަތަ ކުޑަކުރާށެވެ. އެހެންވެ، ޔާމީންގެ މައްސަލައިގައި އެގޮތަށް އަމަލުކޮށްފައި ނުވުމަކީ ތަފާތުކުރުން ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެކައުންޓަށް ޖަމާވި ފައިސާގެ އަސްލު ހަގީގަތް ޔާމީނަށް އެނގޭނެ ހެކިތަކެއް ޝަރީއަތަށް ހުށަހެޅިފައިހުރި ނަމަ މި މައްސަލައިގައި ރައުޔު ތަފާތުވީސް ކަމަށާއި އެފަދަ ހެކިތަކެއް ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

"އެކައުންޓަށް ޖަމާވި ފައިސާގެ އަސްލު ހަގީގަތް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެނގޭނެ ހެކިތަކެއް ޝަރީއަތަށް ހުށަހެޅިފައިހުރިނަމަ، ނުވަތަ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކް ތަކުން އަމަލުކުރަންޖެހޭ ގަވާއިދާ އެއްގޮތަށް ބޭންކްތަކުން އަމަލުކޮށްފައިވާ އިޖުރާއަތުގެ ތެރޭގައި މާލީ އިދާރާތަކުގައި ރެކޯޑުކުރެވިފައި ހުންނާނެ ކަމަށް ގަލުކުރެވޭ މި ބުނެވުނު ޒާތުގެ ހެކި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ހުށަހެޅިފައިވީ ނަމަ، އަހުރެންގެ މި ރައުޔު ތަފާތުވީހެވެ." ހުކުމުގައިވެ އެވެ.

މި ހުކުމުގައި ވަނީ ޔާމީނަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދަން ތަހުގީގުކޮށް އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ނަމަ ދައުލަތަށް ނެގުމުގެ އިހްތިޔާރު އޮތް ކަމަށެވެ. އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްނަމަ، އެ ފައިސާއާއި، އެ ފައިސާއިން އިންވެސްޓްކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާނަމަ، އެ ފައިދާއެއް ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ޔާމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ މަނިކުފާނަށް އޭރު ގަބޫލު ކުރެވުނީ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ އެ މަނިކުފާނަށް ސިޔާސީ މަސައްކަތަށް އެކި ފަރާތްތަކުން ދީފައިވާ ފައިސާ ހަވާލުކުރަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގާތުގައި އެދުމުން އަދީބު ޖަމާކުރެއްވި ފައިސާ ކަމަށެވެ. އެ ފައިސާ ޖަމާކުރީ އެސްއޯއެފުންކަން އެނގިވަޑައިގަތީ މާ ފަހުން ކަމަށާއި އެސްއޯއެފްގައި އެ މަނިކުފާނު ދަންނަ މީހަކު ވެސް ނޫޅޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

މި ހުކުމާ އެކު މިވަގުތު ޔާމީން މުޅިން މިިނިވަންވި ނަމަވެސް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެހެން ދެ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އެއީ ރ. ފުއްގިރި ދޫކުރި މުއާމަލާތާއި ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރި ދައުވާތަކެވެ. އެއިން ކޮންމެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ދައުވާއަކާއެކު ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް ކޮށްފައިވެ އެވެ.

125 ކޮމެންޓް, 265 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 2%
icon angry icon angry 37%
icon wow icon wow 2%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮހުއްތު ބެ

01 December 2021

ކުރި ވައްކަމަކީ ނުކުރާ ކަމަކަށް ވީތަ؟ (ދެކޮޅަކަށް ބުނި ވާހަކައެއް ނޫން، އަޅުގަނޑު ގެ ޙިޔާލު ފާޅުކޮށްލީ.)

The name is already taken The name is available. Register?

1983

30 November 2021

ރައިސް ޔާމިންގެ ކުޝަކީ ރާއްޖެ ތަރައްގީ ކުރުން.

The name is already taken The name is available. Register?

ހަސަނުު

02 December 2021

ނޫން ނޫން.. ކުށަކީ ވައްކަން ކުރުން..އޮޅުވާނުލާ

The name is already taken The name is available. Register?

ސުލްތޯނާ

30 November 2021

ސްޕްރީމް ކޯޓްގެ އަގު ރައްޔިތުންގެ ކުރިމަތީގަ ހިރަފުސްކޮޅަކަށް ހަދާލައިފި. ހުރި ހިތާމައެއްގެ ބޮޑުކަން.

The name is already taken The name is available. Register?

ޑއިތ

30 November 2021

ބަނާނާ ރިބަބްލިކް

The name is already taken The name is available. Register?

އިސްތިއުފާ

30 November 2021

ޕީޖީ ޝަމީމް ވަނީ ފެއިލް ވެފައޭ އޭނާ ޖެހޭނީ އިސްތިއުފާ ދޭން ޕީޖީ ޝަމީމް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

The name is already taken The name is available. Register?

ހަލާތު

30 November 2021

މިއަދުގެ މިއީ އަދުލުއިންސާފު އޮތް ހިސާބު އެނގުނު ދުވަހެއް......... ވަރަށް ދެރަ.......

The name is already taken The name is available. Register?

ޢެޑްމުންޑޯ

30 November 2021

ޜ ޔާމީން އަށް އަހަރެންގެ ހިތުގައި ދެވިފައިވާ ގަދަރާއި އިހްތިރާމް އިތުރުވެގެން ހިގެއްޖެ ، ސބަބަކީ އެމަނިުފާނަށް މިފަސް އަހަރު ރާއްޖެ އިންބޭރުގައި އުފަލުގައި ހުރުމުގެ ފުރުސަތު ލިބުނީމާވެސް ބޭރަށް ނުޮގޮސް ބޭނުނުްވީ ދިވެހިރައްޔިތުނަށް އެމަނިކުފާނަށް ކޮއްފައިވާހުކުމް އަކީ ރަގަޅުހުކުމްނޫންކަމާއި ބޮލުގައި އެޅިފައިވާ ތުހުމަތުތކާއި ބަދުނާމް ތަކަކީ ހަގީގަތެއްނޫންކަން ސާބިތުކޮއްދޭން ، މިއަދު އެކަން ދިވެހި ރައްޔިތުންނަށް ސާބިތުވެގެން މިދިޔައީ ،

The name is already taken The name is available. Register?

މެންބަރުންބޯބުރާންތި

30 November 2021

އެއީ ހެޔޮއެދޭ ފަރާތްތަކުން އެމަނިކުފާނުގެ ކެމްޕޭނަށް ހަރަދު ކުރުމަށް ދިން ފައިސާ ؟........ ކެމްޕޭނަށް ހަރަދު ކުރުމަށް ލިބޭ ފައިސާ މަނިކުފާނު އަމިއްލަފުޅަށް އިންވެސްޓްމަންޓް އެކައުންޓް ހުޅުވާފައި އަމިއްލަ މަންފާއަށް........ ޕާޓީގެ މެންބަރުން އެމަނިކުފާނު ސަލާމަތް ވުމުން އުފާ ފާޅުކުރާއިރު ޕާޓީގެ މެންބަރުންގެ ފައިސާ އެމަނިކުފާނުގެ ޕުރައިވެޓް އެކައުންޓް ތަކުގައި އިންވެސްޓް ކޮށްގެން އުޅުނު ކަމަށް އަމިއްލަފުޅު އިއުތިރާފުން އެނގެން.......

The name is already taken The name is available. Register?

96589

01 December 2021

ފަޅޮލޭ ނުކިޔާ. އެމަނިކުފާނަކީ މުއްސަނދި ބޭފުޅެއް. އެތައް މިލިއަނެއް އަމިއްލަ އެކައުންޓުގައި ހުންނާނެ. އަދީބުއަތުގައި ހުރީ ކެމްޕޭން ފައިސާކަމަށް ވިދާޅުވީ. ދިވެހިރާއްޖޭގެ ގާނޫނުތައް މަނައެއްނުކުރޭ ކެމްޕޭން ފައިސާ ހޯދުމެއް. އަދި އެފައިސާ ދިން ފަރާތްތައް ހާމަކުރާކަށްވެސް ގާނޫނު ލާޒިމެއް ނުކުރޭ. ފިތުނަ ފަސާދަ އުފައްދާ ސަޕޯޓަރުން މަގުއޮޅުވާލަން ތިކަހަލަކަންކަން ކުރުމުން އަމިއްލަ ޒަމީރު ލަދުގަންނާނީ.

The name is already taken The name is available. Register?

އިސްތިއުފާ

30 November 2021

ތަމެން ސަރުކާރު ވަނީ އަދުލު އިންސާފު އޮޅާލާފައޭ ތަމެން އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

The name is already taken The name is available. Register?

ބޮޑުވަޒީރު ކުޅި

30 November 2021

ތިޖޫރީ ކަޅާލައި ބޮޑުގަންުޑުވަރު އަޅާ ޖަލުންވެސް ޗެލީ. ހުރިހާ ސިޔާސީ ވަގުންނަށް މަރުހަބާ! ކޮންމެ 5 އަހަރަކު ގުރުލާގެން ގައުމު ކައި ހުސްކުރޭ. ޅަދަރިން ބިތްޖެހިފަ ތިބި މޮޔަ ރައްޔިތެއް އުޅޭ ގައުމަކަށް ހައްގީ ހަމަ މިވަރު!

The name is already taken The name is available. Register?

ބޯބުރާ

30 November 2021

ޔާމީނު އުމުރުދުވަހު މިނިސްޓަރު ފެންވަރުގައި ހުރި މީހަކަށް ގަނޑުވަރުނޭޅި ކަލެޔަށްތަ އެޅެންވީ؟

The name is already taken The name is available. Register?

ދޮހުއްތު ބެ

01 December 2021

ބޯބުރާއަށް: ހަމަހަމަ ވާންޖެހޭނެ. އަނެއް ކޮޅުން ބައިތުލްމާލު ކަހާލަން މަސައްކަތް ކުރި ވަރު ސިނަމާލެބުރިޖު އެކަނިވެސް ހެކިދޭ.

The name is already taken The name is available. Register?

އިބުރާ

02 December 2021

ބަލަގަ ބޯބުރާ؛ ހަމަ އެބޭފުޅާ އެއް ނޫންތޯ ވިދާޅުވީ ދަރިން އުޅޭ ތަނުގެ ކުލި ދައްކާނެ ލާރިއެއް ނެތިގެން ފުރިހަމަ މުސާރަ ނަންގަވަން ފައްޓވަައިފި ކަމަށް. އެފަހުން އަހަރެއް ނުވެ 100 މިލިޔަން ޑލަރު ހުރީމަ ސުވާލު އުފެދެނީ. ކޮންމެ ހެން މާޒީގަ ބޮޑެތި މަގާމް ތަކެއް ފުރައިގަ ގިނަ ލާރި ނުލިބޭ ވާހަކައެއްނޫން. އެއްވެސް މޮކޮހެއްވެސް ނެތިގެން ހަމަ ނުސާރަ ނެންގެވިތާ ގިނަ ދުވަހެއް ނުވެ މިހެން ވީމަ ސުވާލު އުފެދެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454