ސިޓީ ކައުންސިލުން ބުނާގޮތުގައި ހުޅުމާލެ އަކީ ގާނޫނީ ގޮތުން އެ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެއް. އެކަމަކު އެޗްޑީސީއަކީ ހުޅުމާލޭގެ ކަންކަން ބެލެހެއްޓުމަށް ރައީސްގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏެއް.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
08 ޑިސެމްބަރ 2021 - 14:22
މާލޭ ސިޓީ ކައުންސިލުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަޖިސްޓަރީ ކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލުކޮށް، ސިޓީ ކައުންސިލުގެ ދަށަށް މުޅި ހުޅުމާލެ ބަދަލުކުރަން ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
ސިޓީ ކައުންސިލާއި އެޗްޑީސީގެ ކޯޅުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެގޮތަށް ފާސްކުރީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ އާންމު ޖަލްސާގަ އެވެ. އެގޮތަށް ފާސްވީ އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ 12 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ގޮތަށް ފާސްކުރަން ވޯޓު ދިން މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ހެންވޭރު އުތުރު ދާއިރާގެ އައިޝަތު ނިޒްލީ ރަޝީދާއި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ހިމެނެ އެވެ.
އެޗްޑީސީ އަކީ ހުޅުމާލޭގެ ކަންކަން ބެލެހެއްޓުމަށް ރައީސްގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏެކެވެ.
މާލެ ސިޓީ ކައުންސިލުން އެޗްޑީސީ އަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ.
އެ ހުށަހެޅުން ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅުއްވައި ނަރީޝް ވިދާޅުވީ ހުޅުމާލެއަކީ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ތެރޭގައި އޮންނަ ތަނެއް ކަަމަށާއި އެތަން ކައުންސިލުގެ ދަށަށް ގެނައުމަށް ގިނަ މަަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ހުރުމުން އެކަން ހައްލުކުރުމަށް ކައުންސިލްގެ ދަށަށް އެތަން ގެނައުމަށް ކަމާ ބެހޭ އިދާރާތަކުގައި އެދިގެން ވެސް ހައްލެއް ނުލިބުނެވެ.
"ރައީސް އަށް ސިޓީ ފޮނުވިއްޖެ، ލޯކަލް ގަވަރްމަންޓް އޮތޯރިޓީ އާއި ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުވިއްޖެ. އެކަމަކު އަޅުގަނޑުމެންނަށް ހުޅުމާލޭގެ މުނިސިޕަލް ސާވިސް ހަވާލުކޮށްފައިނުވާތީ އަދި ހުޅުމާލެ ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް އިންތިހާއަށް ލިބެމުންދާތީ ތަކުރާރުކޮށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި ދަންނަވައިގެން ވެސް ހައްލެއް ނުލިބުނު،" ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ އަގުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން އެ ނިންމުން ނިންމިއިރު ހުޅުމާލޭގެ ހުރިހާ ކަމެއް ބަލަހައްޓަމުން އައީ އެޗްޑީސީންނެވެ. އެ މައްސަލައިގައި އެ ކުންފުންޏާއި ސިޓީ ކައުންސިލާ ދެެމެދު ކޯޅުމެއް އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ސިޓީ ކައުންސިލުން ބުނާގޮތުގައި ގާނޫނީ ގޮތުން ހުޅުމާލެ އަކީ ވެސް އެ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެކެވެ.
އެކަމަކު މި މައްސަލަ ހޫނުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ހުކުރު ދުވަހުގެ ރޭ ޖަލްސާއެއް ބާއްވާނެ ކަމަށް އިއުލާނުކުރުމާ އެކު އެޗްޑީސީގެ ހުއްދަ ނެތި ޖަލްސާ ނުބޭއްވޭނެ ކަމަށް އެ ކުންފުނިން ބުނުމުންނެވެ. ހުޅުމާލޭގެ ކަންކަން ބަލަހައްޓާ ކުންފުނިން އެހެން ބުނި ނަމަވެސް، މާލޭގެ ޑެޕިއުޓީ މޭޔަރު އަދި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު ނަރީޝް ސޮއިކުރައްވައި މިދިޔަ އާދިއްތަ ދުވަހު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީއަކުން ވަނީ ޖަލްސާ ބޭއްވުމުގެ ހުއްދަދީފަ އެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާ ބާއްވަން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނުމުން އެޗްޑީސީން ބުނެފައި ވަނީ ހިޔާ ފްލެޓް ހިމެނޭ އޭރިއާގައި ޖަލްސާ ބާއްވަން އެ ކުންފުނީގެ ހުއްދައަށް ވެސް އިދިކޮޅުން ނޭދޭ ކަމަށެވެ. އެހެންވެ އޮންނަ އުސޫލުގެ ދަށުން ހުއްދަ ހޯދުމަށް އެ ކުންފުނިން އިލްތިމާސްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހގފސ
10 December 2021
ސިޓީ ކައުންސިލްގެ ލޯގޯގެ ކުލައިންވެސް މުއިޒުގެ ހުދުމުހުތާރުކަން ފެނޭ
ސަޅިކަމެއް
09 December 2021
އަދި މާ ސަޅިވާނެ މާލެ ސިޓީ ކައުންސިލްގެ ދަށަށް އިންޑީޔާ ގެންނަން ފާސްކުރިއްޔާ!
ބަޑިތަކުރު
09 December 2021
މާލޭގައި ހުރީތީ ރައީސް އޮފީހާއި، މަޖިލީހާއި، ސިފައިންގެއާއި ފުލުހުންގެ އިދާރާވެސް ތިތާނގެ ދަށަށް ގެންނަންވީނު. ލާމަރުކަޒީ ނިޒާމާ ދެކޮޅުހެދެނީ މިހެންވާތީއެވެ. ޔުނިޓަރީ ދައުލަތަކާ ބީރަށްޓެހި ގޮތަކަށް މިހާރު ކަންކަންހިނގާގޮތުން އެ ސަރަހައްދަކުން ލިބޭ އާމްދަނީއަކުން އެ ސަރަޙައްދެއް ހިންގަން ޖެހިދާނޭވެސް ހީވާންފަށައިފިއެވެ. ސަރުކާާރުން ހިންގާ ތަރައްގީގެ ކަންކަން ހިންގަން ފަސޭހަވާނީ އެބައުޅޭ މިބައުޅޭ ކުދިންކޮޅެއް މަގުމަތިން ނަގައިގެން ބާވައެވެ.
ޓިނު
09 December 2021
ރައީސް އޮފީސް ނަގަންވީނު ކައުންސިލް އިދާރާ ހިންގަން
އުދުހޭ
09 December 2021
ސައްތައިންސައްތަ އިސްލާމީ މި ގައުމުގައި ތިއަށްވުރެ ފުލުހުން ކުރަން ރަގަޅު ކަމަކީ މިސްކިތްތަކަށް އަރާ މީހުންގެ ފައިވާންތަށް ބެލެހެއްޓުމާ މިސްކިތުގެ ހުރުމަތްކެނޑޭފަދަ އަމަލު ހިންގާ މީހުންގެ ފަރާތުން މިސްކިތްތަށް ހިމާޔަތްކުރަން ފޯރިމެރުން.
އާއްމުމީހާ
09 December 2021
ހަމަ އަތުލާފަ ރައްޔިތުން ހޮވާފަ ތިބި ކައުންސިލުން ހިންގަންވީ
ވޯލް
09 December 2021
މުއީޒުގެ މިނިސްޓަރު ކަމުގައި ކަންކުރިގޮތާ މުޅިން ދިމާ އިދިކޮޅަށް ތިކަންކުރަނީ. މިއީ ދެރަކަމެއް.
1234
09 December 2021
އެކަލޭގެ ހެދިގޮތަށް ގަބުރުސްތާނު ހަވާލުކޮށްފަ ބަހައްޓާ
ގައްދާރީ
09 December 2021
މިއީ މުއިއްޒުގެ އަގު ވައްޓާލަން މީހަކު އަޑީގަ ހުރެގެން ކުރުވާކަމެއްކަމަށް ލަފާކުރެވެނީ
ެޖެނޮސައިޑް ނާސިރު
08 December 2021
އަލުން ރަޖިސްޓާކުރާއިރު ތިތަން ވާންޖެހެނީ ހިންމަފުށީ ބަޔަކަށް، ސަބަބަކީ ތިތަން ކާރީ ހިންމަފުއްޓާ.