އައްޑު އަށް ގެންދިޔަ އަހެއްގެ މަތީގައި ކުއްޖަކު: މި އަސްތައް މިހާރު ހުރީ ކިހާ މޯލްޑިވްސްގައި. -- ފޮޓޯ/ ފަސާ
27 ޖެނުއަރީ 2022 - 18:21
މިދިޔަ އަހަރު އައްޑުއަށް ގެންދިޔަ އަސްތައް ކިހާ މޯލްޑިވްސް އަށް ގެންގޮސްފި އެވެ.
އައްޑޫގެ ސަދަން ސްޓޭލިއަންސް އިން ބުނީ ބ. އަތޮޅުގައި ހިންގާ ރިސޯޓަށް ތިން އަސް ގެންދިޔައީ އެތަނުން ލިބުނު ހުށަހެޅުމަކާ ގުޅިގެން ދެ ފަރާތުގެ މެދުގައި ހެދި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
ސަދަން ސްޓޭލިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަދުލީލު މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އައްޑު އަށް ގެންދިޔަ އަސްތައް ކިހާ މޯލްޑިވްސް އަށް ގެންދިޔަ ނަމަވެސް މި އަހަރުގެ އޮގަސްޓް ހިސާބުގައި އަނެއްކާ ވެސް އަސްތައް އައްޑު ގެންނަން ނިންމާފައިވާ ކަމަށެވެ.
"އަހަރެމެން އަސްލު އަސްތައް ގެންނަން ނިންމީ އައްޑޫގެ ޓޫރިޒަމާ ވެސް ވަރަށް ބޮޑަށް ގުޅުވާފައި އޭގެ ސަބަބުން ލޯކަލް ޓޫރިޒަމަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ގެނެވޭނެ ކަމަށް ބަލާފައި،" އޭނާ ވިދާޅުވި އެވެ.
"ނަމަވެސް އަސް ގެނެވުނު ދަނޑިވަޅަކީ ކޮވިޑްގެ ސަބަބުން އައްޑޫގެ ޓޫރިޒަމް ވެސް ވަރަށް ބޮޑަށް ހުއްޓިފައި އޮތް ވަގުތަކަށްވުމާ އެކީ އެކަމުން ނެރެން އުޅުނު ނަތީޖާ އެހާ ރަނގަޅެއް ނޫން."
އަދުލީލު ވިދާޅުވި ގޮތުގައި އޮގަސްޓް ހިސާބުގައި އަސްތައް އައްޑު ގެނެސް އޭގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭތޯ މަސައްކަތްކުރާނެ އެވެ.
އައްޑު އަށް އަސްތައް ގެންދިޔަ ފަހުން އާންމުންގެ ފަރާތުން އެކަމަށް ފުދޭ ވަރެއްގެ ތަރުހީބެއް ލިބުނެވެ. ހަވީރު ގަޑީގައި އަސް ދުއްވައިލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހާއްސަ އިންތިޒާމުތަކެއްގެ ދަށުން ހަމަޖައްސައިދީފައިވެ އެވެ.
ދާދި ފަހުން ޝިޔާމް މޯލްޑިވްސް އަށް އަސްތަކެއް ގެނެސްދިނީ ވެސް ސަދަން ސްޓޭލިއަންސްގެ ފަރާތުންނެވެ. އެ ރިސޯޓަށް ގެނައީ ހަތަރު އަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ކުއްޖެއް.
29 January 2022
އައްޑޫސިޓީގައި އަސް ހުންނާތީ މާލޭ ގޮލާމެން ހާދަ ޖެލަސް ވެއްޖެއޭދޯ. ތިހެން ބަކަ ތަޅަން ތިބެން ޖެހޭނީ މިއަންނަ އަހަރު އަހަރުމެން މިއުޅެނީ ޒެބްރާ އާއި އެލަފެންޓް ވެސް ގެންނާން. ދެނަ ލަލަލާ.
ހެވެއްނު
28 January 2022
ހިކި އަނރޫފަ ވިޔަސް ވަރިހަތާ.. އެޔަށް އަރާ ފޮޓޯ ނަގާލެވެނިކޮށް. ކޮބާތަ ސަންސިޔާމު. އާ ކުކުޅަކަށް ގާ ބިހެއް އެޅުނީމަވެސް އުޅެނީ ސިޔާމު އުޅޭހެން. ދެތިކީ ޕީ. ލޮލު..
ސެލްފީ
28 January 2022
ދެރަކަމެއް .. އެސޮރު ހާދަ ހިއްކޭ… މިފަދަ ރާއްޖޭގަ ނޫޅޭ ޖަނަވާރެއް ގެނެސް މިހެން ގެންގުޅެވިދާނެ އެކަމު ޕެޓް ގޮތުގަ ބަކަމޫނެއް ނޫނީ އެހެން އެއެއްޗެއް ގެނެސްބަލަ އެއްބަޔަކު ލޮލަށް ނިދިނާންނާނެ
ވޯލް
28 January 2022
ރާއްޖޭގެ ވެއްޓާ ނުގުޅެ ޖަނަވާރު ގެނެސް، ބަންދުކޮށްގެން ގެންގުޅުމަކީ ދެރަކަމެއް، އަސްފަދަ ޖަނަވާރަކީ ދުވާނެ ތަނަވަސް ޖާގަ ބޭނުންވާ އެއްޗެއް. އަދި ކާން ބޭނުންވާ ތަކެތި މިތާގައިނެތް. ޖަނަވާރު ގެނެސް ބަންދު ނުކުރިއަސް ޓޫރިޒަމް އަތް އޮތް ތަރިހީބާ ކުރިއެރުން ކުޑައެއް ނުވާނެ.
ނަންކުރާ.
29 January 2022
ރާއްޖެއަކީ ހަމައެކަނި ކ.އަތޮޅު މާލެ ކަމަށް ކަލޭނަސް ހީވާތީ ތިކަހަލަ ވާހަކަ ދައްކަމީ. މާލެއަށްވުރެން ބިންބޮޑޫ ފެހިކަންގަދަ އެތަށްރަށެއް ރާއްޖޭގައި އެބައޮތް. އަހަސް ކާންދޭ ކޯންޗެއް ނެތިގެންތޯ ކަލޭ ތިގޮތަސް ވާހަކަ ދައްކަނީ ؟ އަސް ކަނީ ހަމަ އެކަނި ބިމުން ފަޅައިގެން ނިކުންނަ ވިނައެއްނޫން އިގޭ. މޮޔަ ވާހަކަ ނުދައްކާ.
ސަލީމު އިދުރީސް
28 January 2022
ޖަނަވާރައް ހުމަތް ތެރިކޮން ހިތާމީހެއްގެ ހައިސިއްޔަތުން ރާއްޖެކަލަ ތަނެއްގަ ތިފަ ޖަނަވާރު ގެންގުމާ ދެކޮޅުހަދަން! ސަބަކީ އަސްމެން ކެއުމައް ބޭނުންވާ މާއްދާތައް ހުރި ވިނަ މިތާނެއްއިރު އަސްފަދަ ޖަނަވާރަކައް ދޭނެ ސާފު ބޯފެންފޮދެން ނެންތާކު ތިފަދަ އެއްޗެތި ގެންގުޅެވޭނެ ކަމައް ގަބޫލު ނުކުރާތި
މިސޮރު
27 January 2022
މިސޮރު ހީވަނީ ކޮންމެވެސް އަބޫ ބިން ކޮންމެވެސް މީހެއްހެން...
ޔާރާ
27 January 2022
އަބޫ ގެ މާނަ ކަލެއަށް އެނގޭތަ؟
ވިކުރަމް
27 January 2022
ދެން ކޮންމެވެސް ބަޔަކު ޖަމަލުތަކެއް ވެސް ގެންނަންވީ. ދީނީ ކަމެއް ގޮތަށް ހަދާފަ ޖަމަލު ދުއްވަން ޕްރޮމޯޓު ކުރާނީ.
ދެތިކިޕ
27 January 2022
އަސްތައް ވަރަށް ހިކި އަނަރޫފަވެފައި ތިހިރީ.. މަލްނޮރިޝްޑް
އައްޑޫ ≠ މާލޭ
27 January 2022
އަފީފޫ މާލެއަށްވެސް އަސްތަކެއް ގެނަސްދޭށޭ ސަދަން ސްޓޭލިންގައި ބުނެދީބަލަ. އަހާނުލާ ކިހިނެއް އައްޑުއާ މާލެ ހަމަހަމަވާނީ؟