އައްޑު އަށް ގެނައި އަސްތައް. ފޮޓޯ. އިބްރާހީމް ރަޝީދު
08 މާޗް 2021 - 10:23
މިހާރު ސޯޝަލް މީޑިއާގައި އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކައަކަށް ހަމަ ޔަގީނުން ވެސް ވާނީ އައްޑު އަށް އަސްތަކެއް ގެނައި ވާހަކަ އެވެ. މިކަން ބައެއް މީހުން ޖޯކަކަށް ނަގާ އިރު، ބައެއް މީހުން ބުނަނީ މިއީ ރިކްރިއޭޝަން ކަމަކަށް ވަރަށް ވެސް ރަނގަޅު ކަމެއް ކަމަށެވެ. އެހެންވެ "އަސް ދުއްވައިލަން އައްޑު އަށް ދާން ދަތުރު ހަދަންވީ" ކަމަށް ބުނެ ވާހަކަ ދައްކާ މީހުން ވަރަށް ގިނަ އެވެ.
މި މަސައްކަތުގެ ފަހަތުގައި އޮތް ސަދަން ސްޓެލަންސްގެ މަގުސަދަކީ ވެސް ދިވެހިންނަށް އާ ކުޅިވަރެއް ތައާރަފުކޮށް ދިނުމެވެ. ކުޅިވަރެއްގެ ގޮތުގައި، އަދި ހިދުމަތެއްގެ ގޮތުގައި އަސް ދުއްވަން ދިވެހިންނަށް ފުރުސަތު ހުޅުވައި މި ދެނީ ފޭދޫގެ އަހުމަދު އަގްލީލް އާއި މުހައްމަދު އަދުލީލެވެ.
ދެ މީހުން ގުޅިގެން މީގެ އަހަރެއްހާ ދުވަސްކުރިން ފެށި މަސައްކަތުގެ ނަތީޖާއަކާ ހަމައަށް މިހާރު މިއޮތީ އާދެވިފަ އެވެ. ދެން އޮތީ އަސް ދުއްވަން ޝައުގުވެރިވާ މީހުންނަށް އެކަމުގެ ޓްރޭނިން ހެދުމާއި ވިޔަފާރި އުސޫލުން މި ހިދުމަތް އާންމުކޮށް ހުޅުވައިލުމެވެ. އެކަމަކު އަސް ދުއްވޭނެ އަގުތަކެއް އަދި ހަމައެއް ނުޖައްސަ އެވެ.
އިންޑިއާ އިން އަސްތައް އައްޑު އަށް ގެނައީ ހޮނިހިރު ދުވަހު އެވެ. މި އަސްތައް ބައިތިއްބާފައި ވަނީ ފޭދޫ ބޮޑުމަގުގައި އޮތް ބޮޑު ހުސްބިމެއްގައި އެކަމަށް ހާއްސަކޮށްގެން ހަދާފައިވާ ތަނެއްގަ އެވެ.
"ތަން ރެޑީކުރުމުގެ މަސައްކަތް މިހާރު ވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އުންމީދަކީ ކުރިއަށް އޮތް ވިއްސަކަށް ދުވަހުގެ ތެރޭގައި ތަން ރެޑީކޮށް ނިންމާލައި، ޓްރޭނިންތަކަށް ވެސް ފުރުސަތު ހުޅުވައިލުން،" އަގްލީލް ބުންޏެވެ.
Really appreciate the strong support & love shown by you all lovely people ❤️ Im’a pat you all with love the same way I’m chucking Sophie here ❤️ pic.twitter.com/ibtBPnMIWC
— Ahmad_Aqlyl (@Ahammadhaa) March 7, 2021
އޭނާ ބުނީ އަސް ބާއްވާފައި އޮތް ތަނުގެ ތެރޭގައި ޓްރޭނިން ރިންގެއް އޮންނާނެ ކަމަށާއި ބޭރުގެ ތަޖުރިބާކާރެއްގެ އެހީގައި ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"އަސް ރައިޑަކަށް ދެވޭނީ ކޮންމެ ގޮތެއް ވެސް ވިޔަސް ޓްރޭނިންތަކެއް ހެދުމަށް ފަހު،" އަގްލީލް ބުންޏެވެ. "އަހަރެމެން މިހާރު ވާނީ ބޭރު ތެރޭގައި އަސް ދުއްވާނެ ތަންތަން ކަނޑައަޅައި، އެކަމަށް އެޕްރޫވަލް ވެސް ހޯދަން އައްޑޫ ސިޓީ ކައުންސިލަށް ވެސް ހުށަހަޅާފައި. އެހެންވީމަ ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައިމަ އަސް ދުއްވާލަން ކޮންމެ މީހަކަށް ވެސް ފުރުސަަތު އޮންނާނެ."
އޭނާ ކިޔައިދިން ގޮތުގައި މިއީ ވަރަށް ރަނގަޅަށް، ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދާނެ ކަމެކެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދޭނީ އަސްތައް ބެލެހެއްޓުމާއި އެ އެއްޗެހީގެ ރައްކާތެރި ކަމަށް ކަމަށްް އޭނާ ވިދާޅުވި އެވެ. އަސްތަކަށް ހާއްސަކޮށްގެން ޖަނަވާރުންގެ ޑޮކްޓަރެއް މިހާރު ވެސް އެބަހުއްޓެވެ. އެއީ އިނގިރޭސިވިލާތުގެ ތަޖުރިބާކާރެކެވެ.
އަގްލީލް ބުނިގޮތުގައި އައްޑޫގައި އަސް ދުއްވުން ވެގެން ދާނީ އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ވެސް ބޭނުންކުރެވޭނެ ވަސީލަތަކަށެވެ.
"އެހެންވެ ކުރިއަށް އޮތް ތަނުގައި އެކަން އެގޮތަށް ވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރެވޭ. އެހެން ވިޔަސް އަސްލު އައްޑު އަށް އަސްތައް މި ގެނައީ ހަމަ ދިވެހިންނަށްޓަކައި،" އޭނާ ބުންޏެވެ.
"އަބަދުވެސް ދިވެހިންނަށް އަހަރެމެން ވަރަށް ބޮޑު އިސްކަމެއް ދޭނަން."
އަގްލީލް ބުނީ އަސްތައް އައްޑު އަށް ގެނައުމުގައި ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. އެހެންވެ މިކަމުގެ ހުއްދަ ސަރުކާރުން ލިބުމަކީ އަސް ދުއްވުމުގެ ކުޅިވަރަކީ ރާއްޖޭގައި ކުރެވިދާނެކަމެއްކަން ސަރުކާރުން ވެސް ގަބޫލުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.
"މި ހިސާބަށް މި މަސައްކަތް ގެންނަން ހަގީގަތުގައި ވަރަށް ގިނަ ޗެލެންތަކެއް ކުރިމަތިވި. މިކަމާ ގުޅިވައިގެން އެބަހުރި ތަންކޮޅެއް ނެގެޓިވް ވާހަކަތަކެއް ވެސް ދެކެވިފައި. އެނިމަލް ރައިޓްސް އަށް ވަކާލާތުކުރާ ބައެއް މީހުން ވެސް އެބަހުރި ކަންބޮޑުވުން ފާޅުކޮށްފައި،" އަގްލީލް ބުންޏެވެ. "އެކަމަކު އެއީ މައްސަލައެއް ކަމަކަށް އަހަރެމެން ނުދެކެން. މިކަމަށް ކުރިމަތިވި ޗެލެންޖްތަކަކީ ތެދަށް ބުނަންޏާ މިކަން ކުރަން ލިބުނު އިތުރު ހިތްވަރެއް. އެހެންވީމާ އަހަރެމެން މިތިބީ މިކަން ވަރަށް ރަނގަޅަށްކުރަން. މިކަމުގައި ހަގީގަތުން ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް."
regarding the safety and well being of the horses should take note that arranging a VET, food and meds were tackled long before the horses were shipped. The government is well aware of the nature as we discussed with the relevant authorities making 2/3
— Southern Stallions (@dekunustallions) March 5, 2021
އޭނާ ބުނިގޮތުގައި އައްޑު އަށް އަސް ގެނައުމަކީ ބޮޑު އިންވެސްޓްމަންޓެކެވެ. އެކަމަކު އަދި މިއީ މި މަސައްކަތުގެ ފުރަތަމަ މަރުހަލާ އެވެ.
"ފެސިލިޓީ ވަރުގަދަކުރަން ވަރަށް ގިނަ މަސަައްކަތްތަކެއް ކުރެވޭނެ. ހަމައެއާ އެކު މިކަމަށް ބޭނުންވާ ދިވެހިން ތަމްރީނުކޮށް މުޅިން ވެސް ދިވެހިން މިކަމުގެ ތެރޭގައި ގެންގުޅުމަކީ އަހަރެމެން ވަރަށް ބޮޑަަށް ބޭނުންވާ ކަމެއް،" އަގްލީލް ބުންޏެވެ. "އެގޮތުން ވެޓުންނާއި ޓްރެއިނަރުން ތަމްރީނުކުރުމަކީ ދިވެހިންތަކަކަށް ވަޒީފާގެ އާ ފުރުސަތުތަކެއް ވެސް ހުޅުވިގެން ދާނެ ކަމެއް."
އަގްލީލާއި އޭނާގެ ޕާޓްނަރު އަދުލީލްގެ ވިސްނުން ހުރި ގޮތަށް ބަލާ އިރު އައްޑޫގައި އަސް ދުއްވުމަކީ ހަމަ ޔަގީނުން ވެސް ޖޯޖަކަށް ހަދާކަށް ނުޖެހެ އެވެ. ދެން އިންތިޒާޒުކުރަންވީ އަސް ދުއްވައިލަން ރަސްމީކޮށް ލިބެން ފަށާނެ އިރަކަށެވެ.
"މި ވަގުތު ތިން އަސް އޮތް ކަމަށް ވިޔަސް ކުރިއަށް އޮތް ތަނުގައި އަދަދު އިތުރުކުރުމަކީ ވެސް ވިސްނުމެއް. ތިން އަހަކުން ކޭޓައެއް ނުރެވޭނެ،" އަގްލީލް ބުންޏެވެ.
"އެހެންވީމާ ރަނގަޅަށް ފަށައިގަނެވުނީމަ ކޭޓަކުރެވޭ ވަރަށް އަސް ގެނައުމުގެ ވިސްނުން އަހަރެމެން އެބަ ގެންގުޅެން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަގުލީމް (ކިޑޫ)
09 March 2021
ހަރުކަށި ފިކުރުގެ މީހުންގެ ޕީއާރު ކަންކަމުގަ ސަރުކާރުން އެހީވެ ޕްރޮމޯޓުކުރާ ސަބަބެއް ނުވިސްނޭ!
ބޮޑުވަޒީރ
09 March 2021
ތިއީ ސަރުކާރު އަޑީގައި އޮވެގެން އިންތިޚާބާއި ދިމާކޮށް ގެނައި އެެއްޗެއް. ތިއަސްތަކެެއް ގެންނަން އުޅޭ ކަމުގެ ޚަބަރު މާކުރިން އޮތީ ރައީސަކުބުނެފައި.
ކައްކާ
08 March 2021
އަަހަށްވުރެ ދިވެހިންގެ ޝައުގު ހުންނަނީ ކިނބުލަށް. ކާފު މާލޭ އިންޖީނުގޭ ކުރިމަތީ އޮތް ކިނބޫ ބަލަންވެސް ހާދަ ބަޔަކު ދިޔައޭ. އެއަށް ކާންދޭން ކުކުޅު ގަންނަން އެރަށު ބަޔަކު ފ އަތޮޅު ވިއްކާލަން ދިމާކޮށްގެން އެޅެނިކޮށް ފަޅާއަރައިގެން އެ އެނބުރުނު ގޭސްގަނޑުތެރޭ އެއަށް ހެދިއެއްޗެއް ހަދައިފި.
ސަމައިދާ
08 March 2021
ތިއީ ސުއޫދު ލީކުކޮށްލި ރިލުވާނު މައްސަލާގަ އަޑީދަޢުލަތުގެ އެއްމެ އަޑީގަ އިންކަމަށް ބުނާ "އަގުލީމު" ކިޑު ކޮށްގެން އުޅޭ ކަމެއްދޯ، ތިކަމުގެ އަޑީގަ އަނެއްކާ ފޮރުވިފަ ވަނީ ކޮންކަމެއްބާ،
މާލޭ މިނިހާ.
08 March 2021
ދެން މެދު ރާއްޖެތެރޭ މާލޭ މީހުން އައްޑޫ މީހުނާއި ދިމާލަށް މަހަށް ދާށޭ ބުނުމުގެ ބަދަލުގައި ބުނަނީ އަސް ދުއްވަން ދޭބަލާށޭ ދޯ ؟ އަދި އައްޑޫ މީހުން ފޮނިވެލާފަ އަސް ދުއްވަމުން މާލޭ މީހާ އާއި ދިމާލަށް ބުނާލެ ކަލޭމެން މަހަށް ދާށޭ. ހެހެހެހެހެހެ. ސަޅި.
ކައްކާ
08 March 2021
ނޫން ނޫން، މާލޭމީހުންގެ އާދަކާދަ ހުންނަނީ ތިހެނެއްނޫން، ދެން ވާނެގޮތަކީ މާލޭ ކަންމަތީ ގުރޫޕަކުން އަސްގެންނަން ބޭނުންވާނީ، ބޭނުންވެގެން ބަލާއިރު ޖެހިގެން ހުންނަގޭގަ ދަނޑުވަރިކަމާ ނޫނީ ކޮންމެވެސް އެކަހަލަ ކަމަކާބެހޭ ވަޒީރު އުޅޭނެ، އޭނަ ކައިރީ ބުނެލާއިރަށް "ގައުމީ" އަސް އެސޯސިއޭޝަނުގެ ނަމުގަ ދައުލަތުގެ ފައިސާގަނޑުން އަސްގެންނާނީ ނުއަގުގަ. ދެން "ގައުމީ" މުބާރާތުގެ ނަމުގަ އެގުރޫޕު ބޭނުންވާ ހުރިހާ ކަމެއް ދައުލަތުގެ ހަޒާނާއިން އޮޓޯއަށް އެލެވުނީ.
ކަދީދައްތަގެ މުނީރާ
08 March 2021
އޮނަރަބަލް އަފީފު ދީދީބެއާ ރަދީފްބޭމެން ރަށަށް ދާންވީ އަސްދުއްވާން.
އޮނަރަބްލް އަފީފު ދީދީ
08 March 2021
އައްޑޫ ޒުވާނުންތަކަށް ސާބަސް. ތިކަމަށް އިކޮނޮމިކް މިނިސްޓްރީ އާއި ދައުލަތުގެ ގްރީން ޓެކްސް ފަންޑުން އެހީތެރިކަން ހޯދައިގެން އިތުރު އަސް ގެނެސްގެން އައްޑޫގައި އަސް އާލާ ކުރެވޭތޯ ބެލުން ރަނގަޅު. # އައްޑުއަކީ ތިމާވެއްޓާއި ރައްޓެހި މާހައުލަކަށް ހަދާން ދި ޕްރައިޑް އޮފް އައްޑޫގެ ފަހުރުވެރި މަޤާމް ހޯދާފައިވާ ދޮންދީނި އިތުރުވެ ދޮންދީނި ބިސްއަޅާ ދިރިއުޅޭނެ މާހައުލު އިތުރު ކުރާން ގޭން އަދި ހެތެރެތެރެ ޝަންގްރިލާގައި ބަބުކެޔޮ ގަސް އިތުރު ކުރާންޖެހޭ.
ދިއްދޫމީހާ
08 March 2021
ފޮޓޯއިން ފެންނަ ހުރި މީހާއަކީ ރިލްވާންގެ މައްސަލާގަށް ހުސްނު ސޫދު ހާމަކުރި ފޮޓޯތަކުން ފެންނަ ހުރި އަދި ފަހުން ހައްޔަރުވެސް ކުރި މީހެއް
އީވާ.
08 March 2021
އަސްތައް ވަރަށް ސަޅި. ވީކެންޑަށް އަހަރުމެން އަސްދުއްވާލަން އައްޑުއަށް ދާނަން. ތިކަން ރަނގަޅު ގޮތުގައި ކުރުން ވަރަށް މުހިންމު. އެކަމަކު ހިތަށް އަރަނީ އަހަށް ވުރެން ބޮދަށް މިތަނުގައި ގަން އެއަރޕޯތްގެ ވާހަކަ ދައްކާޏް ޖެހުނީ ކީއްވެގެންތޯ އާއި ގަމާއި އެހެން އެއަރޕޯޓް ތަކާއި ދެމެދު މިހާރު މޯލްޑިވިއަންގައި ދަތުރު ނުކުރެވެނީތޯ ؟
އަދުން ..
08 March 2021
އަނެއްކާ މަޖިލީހުގެ ޙަރަދުގައިތޯ ކަމަނާ ވަދައި ގަންނަވާނީ ؟؟
ހަސަނު.
08 March 2021
ކިތަންމެހާވެސް ސަޅިކަމެއް. އެކަމަކު މައްސަލައަކީ އައްޑޫގެ ޒުވާނުންނަށް މިފަދަ ކަންކަން ކުރާން ފުރުސަތު ލިބޭ ގޮތަަށް އައްޑޫގައި އިޤްތިސޯދެއް ޤާއިމް ކޮށްދިނުމަށް މާލޭ ސަރުކާރުން މަސައްކަތް ނުކުރާ ކަމާއި އަދި އެފަދަ ކަމަކަށް ބަޔަކު އެދުނު ކަމުގައި ވިޔަސް ދުނިޔޭގެ ދެކޮޅު ދައްކައިގެން އެކަން ކުރުމަށް ހުރަސް އަޅާކަން.